ކ. މާލެ
|
13 އޮކްޓޯބަރ 2017 | ހުކުރު 11:11
އެމްޑީޕީން އައްޑޫ ސިޓީގައި ބާއްވާފައިވާ ޖަލްސާއެއް. ފައިލް
އެމްޑީޕީން އައްޑޫ ސިޓީގައި ބާއްވާފައިވާ ޖަލްސާއެއް. ފައިލް
ރާއްޖެއެމްވީ
އައްޑޫ ސިޓީ ޖަލްސާ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިރޭ އައްޑޫ ސިޓީގައި ޖަލްސާއެއް ބާއްވަނީ
މިރޭގެ ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00 ގައި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އައްޑޫ ސިޓީގައި މިރޭ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާ އައްޑޫ ސިޓީގައި ބާއްވަން ނިންމާފައި ވަނީ ހިތަދޫ ބޮޑު މަގު އެމްޑީޕީ ހަރުގޭގައެވެ. މި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރާ އެންމެހާ ރައްޔިތުން ބައިވެރިވުމަށް ވަނީ ގޮވާލާފައެވެ. މިރޭގެ ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 9:00 ގައެވެ.

މިޖަލްސާގައި އެމްޑީޕީގެ ފަރާތުން ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލް ހިސާން ހުސެއިންނާއި، އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރ އަފީފް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު އަސްލަމް ބައިވެރިވާއިރު ޖުމްހޫރީ ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެއިންނާއި އެޕާޓީގެ ނައިބު ލީޑަރ ޑރ. ހުސެއިން ރަޝީދުގެ އިތުރުން އަދާލާތު ޕާޓީގެ ފަރާތުން ޑރ. އަބްދުﷲ މަޖީދު ބައިވެރިވަޑައިގަންނަނާއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ޖަލްސާގައި ވާހަކަ ދައްކަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ޖަލްސާއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފާރިސް މައުމޫން ގޭބަންދަށް ބަދަލުކުރުމަށް ފަހު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އަތޮޅުތެރޭގައި ބާއްވާ ފުރަތަމަ ޖަލްސާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް