ކ. މާލެ
|
12 އޮކްޓޯބަރ 2017 | ބުރާސްފަތި 20:31
ނާޒިމް ކުރައްވާފައިވާ ޓްވީޓް ގައި، އެޓޭޗްކުރައްވާފައިވާ ބައްޕާފުޅު މ. ނިޔަނދުރުގޭ މުހައްމަދު މަނިކުގެ ޅެން
ނާޒިމް ކުރައްވާފައިވާ ޓްވީޓް ގައި، އެޓޭޗްކުރައްވާފައިވާ ބައްޕާފުޅު މ. ނިޔަނދުރުގޭ މުހައްމަދު މަނިކުގެ ޅެން
ޓްވިޓަރ
ކުރީގެ މެންބަރު ނާޒިމް
ހަތަރު އަހަރު ފަހުން ކުރީގެ މެންބަރު ނާޒިމް ކުރެއްވި ޓްވީޓް: އެންމެނަށް ފިލާވަޅެއް!
ތިމާގެ މުޅި ހަޔާތް އެހެން މީހަކަށް ދިނަސް ބަދަލުގައި ލިބޭނީ ތެޔޮ ހަމެއް ކަމަށް އަސަރުގަދަ ޅެމުގައި ވޭ
ނާޒިމްގެ ބައްޕާފުޅު ނިޔަނދުރު މުހައްމަދު މަނިކަކީ ރާއްޖޭގެ މަޝްހޫރު ޅެންވެރިއެއް
އެ ޅެމުގައި ބުނެފައި އޮންނަނީ ދުނިޔޭގައި ހަގީގަތް ހޯދުމާއި އަސްލަށް ބަލާ މީހަކު ނުހުންނާނެ ކަމަށް

25  އަހަރުގެ ޖަލު ހުކުމެއްގައި ހުންނަވައި، ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ، ރާއްޖެއިން ބޭރުގައި ހުންނަވާފައި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ކުރެއްވި ޓްވީޓަކުން އެންެމެނަށް ހައިރާންކަން ލިބިއްޖެއެވެ.

 

ޓްވީޓެއް ނުކުރައްވާތާ ހަތަރުވަރަކަށް އަހަރުފަހުން ބުދަ ދުވަހުގެރޭގެ ވަގުތެއްގައި އޭނާ ކުރައްވާފައިވާ ޓްވީޓް ގައި، ބައްޕާފުޅު މ. ނިޔަނދުރުގޭ މުހައްމަދު މަނިކުގެ ޅެމެއް އެޓޭޗް ކުރައްވާ ވިދާޅުވެފައި ވަނީ، މީ "އެންމެނަށް ފިލާވަޅެއް" ކަމަށެވެ.

 

ޅެމަކުން އޭނާގެ ހާލަތު ބަޔާން ކުރައްވަމުން ނާޒިމް ވަނީ ވަރަށް ގިނަ އިހްސާސްތައް ބަންޑުން ކޮށްލައްވާފައެެވެ.

 

އެ ޅެމުގައި ބުނެފައި އޮންނަނީ ދުނިޔޭގައި ހަގީގަތް ހޯދުމާއި އަސްލަށް ބަލާ މީހަކު ނުހުންނާނެ ކަމަށާއި ޝުކުރުވެރިވާނެ ކަމަށް ހިތާ ޖާނުން ފިދާވިޔަސް މަކަރު، ޔަހޫދީ، އޮޅުވާލުން ނޫން އެއްޗެއް ނޯންނާނެ ކަމަށެވެ. އެއީ ދުނިޔޭގެ ޤާނޫނު ކަމަށް ޅެމުގައި ބުނެފައިވެއެވެ.

 

ތިމާގެ މުޅި ހަޔާތް އެހެން މީހަކަށް ދިނަސް ބަދަލުގައި ލިބޭނީ ތެޔޮ ހަމެއް ކަމަށް އަސަރުގަދަ ޅެމުގައި ބުނެފައި ވެއެވެ.

 

މަތީ ދަރަޖައިގެ ޝަރަފެއް އިއްޒަތާ ލިބިގެން އުޅޭ އިރު އަތް މަތީގައި އެމީހަކު ގެންގުޅެ ތައުރީފު ވެސް މީހުން ކުރާނެ ކަމަށާއި ނަމަވެސް ކުރިން އޮތް އިއްޒަތާ ގަދަރާ މަގާމު ގެއްލިގެން ދިޔުމުން، މުޅީން އަބުރު ނަމަވެސް ހިރަފުހާއި ވެއްޔާ މޮޑެލާނެ ކަމަށް ޅެމުގައި ބުނެފައިވެއެވެ.

 

ތިމާގެ މުދާ ގިނަވެފައި، ދިރިއުޅުން ފަސޭހަނަމަ ރަހުމަތްތެރިން ވަރަށް އޮންނާނެ ކަމަށާއި ނަމަވެސް ތިމާގެ ދިރިއުޅުން ބަރުބާދުގެ ފަގީރުވާ ދުވަހު ރޮމުން ހިނގިޔަސް އެކުވެރިޔަކު ނުހުންނާނެ ކަމަށް ޅެމުގައި ބުނެފައިވެއެވެ.

 

ނާޒިމްގެ ބައްޕާފުޅު ނިޔަނދުރު މުހައްމަދު މަނިކަކީ ރާއްޖޭގެ މަޝްހޫރު ޅެންވެރިއެކެވެ. ނާޒިމް ވެސް ކޮންމެވެސް ވަރަކަށް ޅެން ހައްދަވައެވެ.

 

ރައީސް ޔާމީންގެ ބެސްޓް ފްރެންޑްގެ ގޮތުގައި ގިނަބަޔަކަށް އެނގިފައިވާ ނާޒިމް ޖަލަށް ލާން ޙުކުމް ކުރީ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ އޭޕްރިލް 06 ވަނަ ދުވަހު ސުޕްރީމް ކޯޓުންނެވެ. އޭނާ ޖަލަށްލާފައިވަނީ އުމުރަށެވެ.

 

ބޭސްފަރުވާ އަކަށް ނާޒިމް ސިންގަޕޫރަށް ވަޑައިގެންނެވީ 2016 ވަނަ އަހަރުގެ މާޗް މަހުގައެވެ. ނަމަވެސް އޭގެ ފަހުން ނާޒިމްގެ ޚަބަރެއްވެފައި ނުވާތީ، ސަރުކާރުން އެނާ ފިލަން ފުރުސަތުދިނީ ކަމަށް ގިނަބަޔަކު ގަބޫލް ކުރެއެވެ. އަދި އޭނާ މިވަގުތު ހުންނެވި ވަކި ގައުމެއް ވެސް ނޭނގެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް