ކ. މާލެ
|
12 އޮކްޓޯބަރ 2017 | ބުރާސްފަތި 19:53
ގެއްލިގެން ހޯދަމުންދާ ޑިންގީ
ގެއްލިގެން ހޯދަމުންދާ ޑިންގީ
އެމްއެންޑީއެފް
އެމްއެންޑީއެފް
ތިން މީހުންނާއެކު ގެއްލިގެން ހޯދަމުން ދިޔަ ޑިންގީ ފެނިއްޖެ
މި ޑިންގީ ގެއްލުނުކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 11:17 ގައި
މި ޑިންގީ ދަތުރުކުރީ ޅ. ހިންނަވަރުން ނ.މިލަދޫ އަށް
ޑިންގީ ފެނުނީ ނ މަނަދޫއާ ދިމާލު ބޭރުން ކޯސްޓްގާޑް ހާބަރަ ކްރާފްޓް ލޯންޗަކަށް

ތިން މީހުންނާއެކު ގެއްލިގެން ހޯދި  ޑިންގީ ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ޑިންގީ ފެނިފައި ވަނީ ކޯސްޓަގާޑްގެ ހާބަރ ކްރާފްޓް ލޯންޗަކަށް ނ މަނަދޫއާ ދިމާލު ބޭރުން ކަމަށެވެ.

އާޒިމް ވިދާޅުވީ މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު އެއިން ދަތުރުކުރި މީހުންގެ ހާލު ރަނގަޅު ކަމަށް ބެލެވޭ ކަމަށާއި ފޯނުގެ ރޭންޖް ކެނޑިފައި ވާތީ އަދި ސާފު މައުލޫމާތު ނުލިބޭ ކަމަށެވެ.

މި ޑިންގީ ފެނިފައި މިވަނީ އިރުއޮއްސުމާއެކު ޑިންގީ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ގެ ފާސްޓަރ އިންޓަރސެޕްޓް ކްރާފްޓް (އެފްއައިސީ) "ވެލާނާ" ލޯންޗް ހަރަކާތްތެރިވަމުން ދަނިކޮށެވެ. އެލޯންޗަކީ ނައިޓް ވިޝަން ކެމެރާ (ރޭގަނޑަށް ދުރު ފެންނަ) ޤާބިލްކަން ލިބިފައިވާ ލޯންޗެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ޅ. ހިންނަވަރުން ނ.މިލަދޫ އަށް 3 މީހުންނާއި އެކު ދަތުރުކުރަމުން ދިޔަ 18 ފޫޓުގެ ޑިންގީގެ ހަބަރެއް ނުވެގެން އުޅޭކަމުގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ބުރާސްފަތި ދުވަހު  11:17 ހާއިރު  ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
13 އޮކްޓޯބަރ 2017 | ހުކުރު 13:45
ގާޒީ
Ahgamuga hutaathoa fenunee