ކ. މާލެ
|
12 އޮކްޓޯބަރ 2017 | ބުރާސްފަތި 19:18
ޑޮކްޓަރުން ތަމްރީން ކުރުމަށް ޒަކާތު ފަންޑުން ޚަރަދު ކުރުމަށް މަޝްވަރާކުރުމަަށް ބޭއްވި ބައްދަލުވުން
ޑޮކްޓަރުން ތަމްރީން ކުރުމަށް ޒަކާތު ފަންޑުން ޚަރަދު ކުރުމަށް މަޝްވަރާކުރުމަަށް ބޭއްވި ބައްދަލުވުން
ޓްވިޓަރ
ޒަކާތު ފަންޑު
ޑޮކްޓަރުން ތަމްރީން ކުރުމަށް ޒަކާތު ފަންޑުން ޚަރަދުކުރުމަށް މަޝްވަރާކޮށްފި
މިހާރުވެސް ޒަކާތު ފަންޑުގެ އެހީގައި ރާއްޖެއިން ބޭރުގައި ޑޮކްޓަރުން ދަނީ ތަމްރީން ކުރަމުން
ޒަކާތު ފަންޑުން މަތީ ތައުލީމު އެކި ދާއިރާތަކުން ކިޔެވުމަށް ސޮކޮލާޝިޕް ދޭ

ޒަކާތު ފަންޑުން ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީން ކުރުމަށް ހަރަދު ކުރުމާ ބެހޭގޮތުން އިސްލާމިކްމިނިސްޓްރީގެ އިސްވެރިންނާއި، ހެލްތް މިނިސްޓްރީގެ އިސްބޭފުޅުން މަޝްވަރާ ކުރައްވައިފިއެވެ.

 

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮއްފައިވަނީ ޑޮކްޓަރުން ތަމްރީން ކުރަން ފަށާއިރު ހުރި ދަތިތަކާއި އެހީ ބޭނުންވާ ދާއިރާތައް ދެނެގަތުމަށް ކަމަށް އިސްލާމިކް މިނިސްޓްރީ އިން މައުލޫމާތުދެއެވެ.

 

މަތީ ތައުލީމް ކިޔެވުމަށް ޒަކާތް ފަންޑުން މީގެ ކުރިންވެސް ސްކޮލާޝިޕް ދީފައިވެއެވެ. އެ ގޮތުން މި ފަހަރު ރާއްޖޭގައި އަލަށްފަށާ ސްޕެޝިއަލިސްޓް ޑޮކްޓަރުން ތަމްރީން ކުރާ ކޯސް ސްޕޮންސާކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބެނެފައިވެއެވެ.

މިހާރުވެސް ޒަކާތު ފަންޑުގެ އެހީގައި ރާއްޖެއިން ބޭރުގައި ޑޮކްޓަރީކަން ކިޔަވަން އަށް ކުދިން ތިބި އިރުގައި އެ ކުދިން ކިޔަވާ ނިމިގެން 2018 ވަނަ އަހަރު ރާއްޖެ އަންނާނެ އެވެ.



މިނިސްޓްރީން ބުނި ގޮތުގައި ޒަކާތު ފަންޑުން މަތީ ތައުލީމަށް އެކި ދާއިރާތަކުން ކިޔެވުމަށް ސޮކޮލާޝިޕް ދެއެވެ. އަދި މަތީ ތައުލީމަށް އިއުލާން ކުރުމާއެކު ސޮކޮލާޝިޕް ހޯދުމަށް ހުށައެޅޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
12 އޮކްޓޯބަރ 2017 | ބުރާސްފަތި 20:00
ފަގީރުކަލޯ
ކޮންމެ ފަންޑަކުން ދިނަސް ތި ކުރާ ޙަރަދު އަނބުރާ ދައްކަން ޖެހޭނެ އުސޫލެއް ހަދަން ޖެހޭނެ. ތިއީ ރައްޔިތުންގެ ފައިސާ. ތިމީހުން ކިޔަވައިގެން ރާއްޖެ އަންނަނީ މަދު ބައެއް. ސިޓިޒަންޝިޕް ހޯދައިގެން އެހެން ގައުމުތަކަށް ހިނގައިދާނެ. ރާއްޖެއަޔަސް ސަރުކާރު ހޮސްޕިޓަލުގައި މިބަލަނީ ދުވާލަކު 10މީހުން