ކ. މާލެ
|
12 އޮކްޓޯބަރ 2017 | ބުރާސްފަތި 15:31
އެސްއެމްއީ ލޯނަށް އެދި ހުށަހަޅަން ކިއުގައި ތިބި ފަރާތްތައް
އެސްއެމްއީ ލޯނަށް އެދި ހުށަހަޅަން ކިއުގައި ތިބި ފަރާތްތައް
ރިޒްނާ ޒަރީރު
އެސްއެމްއީ ލޯން
އެސްއެމްއީ ލޯނަށް 700 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި
މި އަހަރު ދޫކުރަން ހަމަޖައްސާފައި ވަނީ 38 މިލިއަން ރުފިޔާ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް ނުވަތަ ފެށުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ "އެސްއެމްއީ ލޯން" ސްކީމަށް އެދި 700 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު މުމްތާޒް ވިދާޅުވީ އެސްއެމްއީ ލޯނަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮކްޓޯބަރ 4 ވަނަ ދުވަހަށް ހަމަވިއިރު 700 އަށްވުރެ ގިނަ ފަރާތްތަކުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

މުމްތާޒް ވިދާޅުވީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށް ކޮމެޓީ އަށް ފޮނުވުމަށް ފަހު ދެ މަސް ދުވަސް ތެރޭގައި ޕްރޮޕާސަލްތައް ދިރާސާކޮށް ނިމޭނެ ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ލޯން ލިބުނު ފަރާތްތަކަށް އެކަން އަންގާ ލޯނު ހަވާލު ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެސްއެމްއީ ލޯން ސްކީމްގެ ދަށުން މި އަހަރު ދޫކުރަން ހަމަޖައްސާފައި ވަނީ 38 މިލިއަން ރުފިޔާއެވެ.

އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި އެސްއެމްއީ ލޯން ސްކީމްގެ ދަށުން ފައިނޭންސް ކުރެވޭ އެންމެ މަތީ އަދަދަކީ ވަކިފަރުދަކު ކުރާ ވިޔަފާރިއަކަށް ނަމަ ފަސްލައްކަ ރުފިޔާ އެވެ. ފާޓްނާޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ 1.5 މިލިއަން ރުފިޔާ އެވެ.

މުމްތާޒް ވިދާޅުވީ ފޯމް ބަލައިގަތުމުގެ މުއްދަތު އޮކްޓޯބަރ 4 ވަނަ ދުވަހާ ހަމައަށް އިތުރުކުރީ ވެސް ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުގެ އެދުމުގެ މަތިން ކަމަށާއި މި ފަހަރު ލޯނަށް އެދި ހުށަހަޅާފައިވާ ނިސްބަތަކީ ގިނަ އަދަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މިއީ އެސްއެމްއީ ލޯނަށް ލިބިގެންދިޔަ ބޮޑު ތަރުހީބެއް ކަމަށް މުމްތާޒް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް