ކ. މާލެ
|
12 އޮކްޓޯބަރ 2017 | ބުރާސްފަތި 02:30
ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް  އައްބާސް އިބްރާހީމް އަށް އަރުވަނީ
ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް އައްބާސް އިބްރާހީމް އަށް އަރުވަނީ
މުހައްމަދު ޝަރުހާން
ނޫސްވެރިންނަށް އެވޯޑް ދިނުން
ނޫސްވެރިންނަށް އެވޯޑް ދީފި
އެވޯޑް ދީފައިވަނީ 2016 ވަނަ އަހަރުގައި އެކި ދާއިރާތަކުން ހޮވުނު ނޫސްވެރިންނަށް

ނިމިގެން ދިޔަ 2016 ގެ ނޫސްވެރިކަމުގެ އެކި ދާއިރާތަކުން އެންމެ މޮޅު ނޫސްވެރިންނަށް އެވޯޑް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދީފި އެވެ.

މިދިއަ އަހަރުގެ އެންމެ މޮޅު ފޮޓޯގްރާފަރަކަށް ހޮވުނީ ސަން އޮންލައިންގެ ފަޔާޒު މޫސާ ހޮވުނުއިރު، އެންމެ މޮޅު ވީޑިއޯ ޖާނަލިސްޓަކަށް ހޮވުނީ ވީޓީވީގެ އާމިނަތު އަމީނާ (އަނާ) އެވެ.

އިޖުތިމާއީ ދާއިރާގެ އެންމެ މޮޅު ނޫސްވެރިޔަކަށް މިހާރު ނޫހުގެ އާސިޔަތު މުހައްމަދު ސައީދު ހޮވުނުއިރު، 2015 އާސިޔަތު އަށް ވަނީ ވިޔަފާރީގެ ދާއިރާއިން ނޫސްވެރިކަމުގެ އެވޯޑް ލިބިފަ އެވެ.  
ދެ ހާސް ސޯޅަވަނަ އަހަރުގެ ވިޔަފާރިއާ އިގްތިސޯދުގެ ދާއިރާއިން ނޫސްވެރިކަމުގެ އެވޯޑް ހޯދީ ސަން އޮންލައިންގެ އިބްރާހިމް މާހިލް ހޯދިއިރު، ޝަރުއީ އަދި ގާނޫނީ ދާއިރާއިން ނޫސްވެރިކަމުގެ އެވޯޑު ލިބުނީ މިހާރު ނޫހުގެ މުއިއްޒު އިބްރާހިމެވެ. އަދި ކުޅިވަރުގެ ދާއިރާއިން އެވޯޑް މިފަހަރު ކާމިޔާބުކުރީ މިހާރު ނޫހުގެ އައްޒާމް އަލިފުޅެވެ. ސިޔާސީ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔަކަށް ހަވީރު ނޫހުގެ އަލީ ނާފިޒު ހޮވުނުއިރު، މި އަހަރު އޭނާ ވަނީ މިހާރު ނޫހުން ވަކިވެފަ އެވެ.

މި އަހަރު އަލަށް ތައާރަފުކުރި އެންމެ މޮޅު ފީޗާ ލިޔުނު ނޫސްވެރިޔާގެ އެވޯޑް މިހާރު ނޫހުގެ ނިއުމަތުﷲ އިދުރީސް އެވެ. ނިއުމަތުﷲ ވަނީ ކުރިން ހަވީރާއި އަވަހުގައި ވެސް މަސައްކަތްކޮށްފަ އެވެ.

އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑް ލިބުނީ އަވަސްގެ މޫސާ ރަޝީދަށެވެ. އޭނާއަށް ލިބުނު އެވޯޑް ހަދިޔާކުރީ ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާނެވެ.

މީގެ އެންމެ ދެ އަހަރުކުރިން ނޫސްވެރިކަމާ ގުޅުނު މިހާރު އުމުރުން 23 އަހަރުގެ މޫސަ ބުނި ގޮތުގައި އޭނާގެ އެވޯޑް ރިލްވާނަށް ހަދިޔާކުރީ "ރިލްވާނަށް އެވޯޑެއް ހައްގުވާކަމަށް ގަބޫލުކުރާތީ" އެވެ.

ކަންކަމުގެ ހަގީގަތް ހޯދުމަށް މަސައްކަތްކޮށް، ގޮންޖެހުންތައް ތަޖުރިބާކުރަން ޖެހުނު ރިލްވާންގެ ކުޅަދާނަކަން ތް އާދަޔާ ހިލާފަށް ރަނގަޅުކަމަށް މޫސަ ބުންޏެވެ. 

ނޫސްވެރިކަމުގައި ކުރެއްވި ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ލައިފް ޓައިމް އެވޯޑް މިފަހަރު ލިބިފައިވަނީ އައްބާސް އިބްރާހިމަށެވެ.

މިރޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވީ ކުރީގެ ނޫސްވެރިޔާ އަދި ކުރީގެ ވަޒީރު ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ އައްބާސް އިބްރާހިމަށެވެ. އޭނާއަކީ މަޝްހޫރު ނޫސް އާފަތިހުގެ މަސްއޫލުވެރިޔާ އެވެ.
ނޫސްވެރި ކަމުގެ އެވޯޑް ލިބުނު ކޮންމެ ކެޓަގަރީއަކަށް ގިނަ އިނާމްތަކެއް ވެސް ލިބުނެވެ. އޭގެ ތެރޭގައި ބީއެމްއެލްއިން 15000ރ. ހުށަހަޅާފައި ވެއެވެ. ދިރާގުން އެއް އަހަރު ދުވަހުގެ އިންޓަނެޓް ޕެކޭޖެއް ދިނެވެ. އިންޑިއާ ހައިކޮމިޝަނުން އިންޑިއާ އިންޑިއާ ދަތުރެއް ދިނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް