ކ. މާލެ
|
11 އޮކްޓޯބަރ 2017 | ބުދަ 23:11
އަނަސްގެ މަރާ ގުޅިގެން އަނަސްގެ ރަށުގައި ބޭއްވި އެއްވުމެއްގެ ތެރެއިން
އަނަސްގެ މަރާ ގުޅިގެން އަނަސްގެ ރަށުގައި ބޭއްވި އެއްވުމެއްގެ ތެރެއިން
ނާޝިްތްސް ފޮޓޯސް
އަނަސްގެ މަރު
އަނަސްގެ މަރާ ގުޅިގެން ކުޑަކުއްޖެއްގެ މައްޗަށް ދައުވާ އުފުލައިފި
އެކުއްޖާގެ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރޭ
އޭނާގެ މައްޗަށް ދައުވާ ކުރަނީ ގަސްދުގައި މީހަކު މެރިކަމުގެ ދައުވާ

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ވަޅިން ހަމަލާދީ މުހައްމަދު އަނަސް މަރާލި މައްސަލައިގައި އުމުރުން 17 އަހަރުގެ ކުއްޖެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފިއެވެ.

ޖުވެނައިލް ކޯޓުން ބުނެފައިވާ ގޮތުގައި އެ ކުއްޖާގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

އެހެންނަމަވެސް ކުށުގެ ތުހުމަތު ކުރެވޭ ކުޑަކުދިންގެ މައުލޫމާތު އާންމުކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށްވާތީ އެކުއްޖާގެ މައުލޫމާތު ހާމަކޮށްފައިނުވެއެވެ.

ޖުވެނައިލް ކޯޓުން ބުނި ގޮތުގައި އެ ކުއްޖާގެ މައްސަލަ އެ ކޯޓަށް ހުށަހެޅީ މިމަހުގެ އަށްވަނަ ދުވަހުއެވެ.

ރ މީދޫ، ފެންފިޔާޒުގެ، އުމުރުން 25 އަހަރުގެ މުހައްމަދު އަނަސް އަކީ އަލިފުށީގައި ދަތުރުކުރާ ލޯންޗެއްގެ ކެޕްޓަނެކެވެ. އޭނާ މަރާލާފައިވަނީ ދަތުރެއްގައި މާލެ އައިސް ހުއްޓައެވެ. އަނަސްއަށް ހަމަލާދީފައިވަނީ ގުރޫޕަކުންނެވެ.

އަނަސްގެ މަރާއި ގުޅިގެން ތުހުމަތުގައި ތ ކިނބިދޫ، ގުލްފާމުގެ 21 އަހަރުގެ މުޙައްމަދު ސާޒްވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި މިއަހަރުގެ އޮކްޓޫބަރު މަހުގެ އަށްވަނަ ދުވަހު، މ. ލޮނުމިދިލިގެ އަފްރާހު އަބްދުލް ރައްޒާގު ވަނީ ހައްޔަރުކޮށްފައެވެ. އަފްރާހު އަބްދުލް ރައްޒާގުވެސް ހައްޔަރުކުރީ އަނަސްގެ މަރާއި ގުޅިގެން ތުހުމަތުގައި ކަމަށް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް