ކ. މާލެ
|
11 އޮކްޓޯބަރ 2017 | ބުދަ 18:53
ޔޭޔޭ ކޮފީ ޕްރޮމޯޝަންގެ ނަސީބުވެރިން
ޔޭޔޭ ކޮފީ ޕްރޮމޯޝަންގެ ނަސީބުވެރިން
ރިޒްނާ ޒަރީރު
ޔޭޔޭ ކޮފީ ޕްރޮމޯޝަން
ޔޭޔޭ ކޮފީ ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ލެޕްޓޮޕް ހަވާލުކޮށްފި
ޕްރޮމޯޝަން ކުރިއަށްގެންދަނީ އަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް
އެއް މިލިއަން ރުފިޔާގެ އިނާމް ދޫކުރުމަށް ހަމަޖެހިފައިވޭ
ނަސީބުވެރި ފަރާތްތަކަށް ލިބެނީ ޑެލް ވޮސްޓްރޯ މަލްޓި މީޑިއާ ލެޕްޓޮޕެއް

ބީއެޗްއެމް ޓްރޭޑާސް އިން ރާއްޖެ އެތެރެކުރާ ޔޭޔޭ ކޮފީގެ "ސިޕް އެންޑް ވިން" ޕްރޮމޯޝަންގެ ދަށުން މި މަހު ހޮވާ 15 ނަސީބުވެރިން ލެޕްޓޮޕްތައް ހަވާލުކޮށްފި އެވެ.

 

އަގުބޮޑު ޕްރޮމޯޝަންގެ ފުރަތަމަ ބުރުގެ ގުރުއަތުން ހޮވުނު ފަރާތްތަކަށް އިނާމ ހަވާލުކޮށްފައިވަނީ ބީއެޗްއެމް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

 

މިޕްރޮމޯޝަންގެ ދަށުން ކޮންމެ މަހަކު ނަސީބުވެރިން ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކޮންމެ ދުވަހަކުވެސް 50 ބޯނަސް އިނާމުތަކެއް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ޑެލް ވޮސްޓްރޯ މަލްޓި މީޑިއާ 15 ލެޕްޓޮޕް ކޮންމެ މަހަކު ދޫކުރާއިރު، ބޮޑު އިނާމެއްގެ ގޮތުގައި ޑެލް އިންސްޕިރޮން ގޭމިން ލެޕްޓޮޕެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

 

މި ޕްރޮމޯޝަން ކުރިއަށްގެންދަނީ އަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށެވެ. 

 

ބީއެޗްއެމްއިން ބުނީ، ޕްރޮމޯޝަންގެ ދަށުން އެއް މިލިއަން ރުފިޔާގެ އިނާމް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

 

ބީއެޗްއެމްއިން ކުރިއަށްގެންދާ މި ބޮޑު ޕްރޮމޯޝަންގައި ބައިވެރި ވެވޭނީ ޔޭޔޭ ކޮފީ ގަތުމުން ދޫކުރާ ކޫޕަނުގައި ފޮރުވާފައިވާ ކޯޑު 5757 އަށް އެސްއެމްއެސް ކުރައްވައިގެންނެވެ.

 

އެކުންފުނިން ބުނީ މިހާތަނަށް މިޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
12 އޮކްޓޯބަރ 2017 | ބުރާސްފަތި 05:52
އަބްދުުއްލާ
ވަރައް އުފާވެއްޖެ. ޝުކުރިއްޔާ ބީއެޗްއެމް