ކ. މާލެ
|
11 އޮކްޓޯބަރ 2017 | ބުދަ 16:40
ޕާސްޕޯޓް ކާޑު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޕާސްޕޯޓް ކާޑު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ޕާސްޕޯޓް ކާޑު
ޕާސްޕޯޓް ކާޑުން ފައިސާގެ މުއާމަލާތްތައް ކުރެވޭ އިންތިޒާމު ބީއެމްއެލްއިން ހަމަޖައްސައިދެނީ
އިލެކްޓްރޯނިކް ޕާސްޕޯޓް ދޫކޮށްފައިވާ ފަރާތްތަކަށްވެސް މިކާޑު ލިބޭނެ
ކާޑު ހެއްދެނީ އަލަށް ޕާސްޕޯޓް ހައްދަވާ ފަރާތްތަކަށް
މި ކާޑަކީ ގިނަ ހިދުމަތްތަކެއް ހޯދޭ ކާޑެއް

ދިވެހިންނަށް އަލަށް ދޫކުރަން ފަށާ ޕާސްޕޯޓް ކާޑު މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ހިންގޭނެ އިންތިޒާމް ބޭންކް އޮފް މޯލްޑިވްސްއިން ހަމައްޖައްސައިދިނުމަށް ނިންމައިފިއެވެ.

 

މި އާ ކާޑު ރަސްމީކޮށް އިފްތިތާހުކޮށްފައި ވަނީ ރައީސް އޮފީހުގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އެވެ.

 

ޕާސްޕޯޓް ކާޑު ވެގެންދާނީ ބައިނަލް އަޤްވާމީ އައިޑީކާޑެއްގެ އިތުރުން ބީއެމްއެލްގައިވާ ކާޑުގެ ވެރިފަރާތުގެ ބޭންކް އެކައުންޓާ ވެސް ގުޅުވާލެވޭ ކާޑަކަށެވެ. އެހެންކަމުން މިކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ވިޔަފާރިތަކަށް ފައިސާ ދެއްކުމަށާއި އޭޓީއެމްތަކުން ފައިސާ ނެގުމަށް ވެސް ބޭނުންކުރެވޭނެއެވެ.

 

މިކާޑު ތައާރަފް ކުރުމާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ "ރާއްޖޭގެ އިމިގްރޭޝަން އާއި ގުޅިގެން، ރައްކާތެރި އަދި ޒަމާނީ މި އައު ޕާސްޕޯޓްކާޑު ތައްޔާރުކުރުމުގައި ބައިވެރިވެވުނު ކަމީ ބޭންކަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ދިވެހިންނަށް، ރާއްޖޭން ބޭރުގައި އައިޑީކާޑެއްގެ އިތުރުން ފައިސާ ދެއްކުމަށާއި ފައިސާ ނެގުމަށް މި ކާޑު ބޭނުންކުރެވޭނެ."

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް