ކ. މާލެ
|
11 އޮކްޓޯބަރ 2017 | ބުދަ 11:29
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް
ރާއްޖެއެމްވީ
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކާސްޓިން ކޮމިޝަނަކީ މިނިވަން މީޑިއާގެ 'ސީރިއަލް ކިލަރ'އެއް: އިންތި
ލާހިކު ކުޅަދާނެއެއް ނޫން އެބޭފުޅުންނަށް ސަލާމަތްވެވަޑައިގަންނަވަން: އިންތި

ބްރޯޑްކާސްޓިންގ ކޮމިޝަނަކީ މިނިވަން މީޑިއާއަށް ހުރަސްއަޅަމުންދާ ތަނެއްކަމަށް ސިފަކޮށް، އެކޮމިޝަނަކީ މިނިވަން މީޑިއާއެއްގެ 'ސީރިއަލް ކިލަރ'އެއްކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޚަބަރު ފީތާ ޕްރޮގްރާމްގައި، ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެޓީވީ 5 ލައްކަ ރުފިޔާއިން ޖޫރިމަނާކުރި މައްސަލައިގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ އެކޮމިޝަންގެ މެމްބަރުން ގެންދަނީ ސިލްސިލާ ގޮތެއްގައި މިނިވަން މީޑިއާ ނެތިކޮށްލަމުންކަމަށެވެ. އަދި ރާއްޖެ ޓީވީއަށް އައި އެކި ހަމަލާތަކުގެ އިންސާފު ހޯދައިނުދީ ފުލުފުލުގައި ރާއްޖެ ޓީވީ ޖޫރިމަނާކުރުމުގެ ހައްޤު ބްރޯޑްކޮމްއަށް ނޯންނާނެކަމަށް އިންތި ވިދާޅުވިއެވެ.

ރާއްޖެ ޓީވީ ޖޫރިމަނާކުރި މައްސަލައަކީ ތާކުންތާކު ނުޖެހޭ މައްސަލައެއްކަމަށްވެސް އިންތި ސިފަކުރެއްވިއެވެ. "މިބޭފުޅުންގެ އެއްވެސް ނިންމުމެއް މި ރާއްޖޭގެ ޤާނޫނުގެ ފޮޅުވަތަކަށް ނާރާނެ. ރާއްޖޭގެ ޤާނޫން އަސާސީގެ ފޮޅުވަތަކަށް ނާރާނެ. މީޑިއާގެ މިނިވަކަންކަމޭ ބުނާ ފޮޅުވަތަކަށް ނާރާނެ. ނާރާނެ ނޫންތޯ، ސަރުކާރުގެ ޖަގަހަތަކުގައި ދިދަ ފަހަންތިބި ކުދިންކޮޅެކޭ ކޮމިޝަނަށް ލާފައި"، އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ މަޖިލީހުގެ ކޮމިޓީގައި ދެއްކެވި ވާހަކަތަކުން، އެކޮމިޝަންގައި ތިއްބެވި ބޭފުޅުންގެ ނާޤާބިލްކަން އެނގިގެން ދިޔަކަމަށާއި، އެބޭފުޅުންގެ ވިސްނުން ހުރި ގޮތް އެނގިގެން ދިޔަކަމަށެވެ. ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުން ސިޔާސީ ގޮތުން ވަރަށް ބޮޑަށް ސަރުކާރު ފަޅިއަށް ޖެހިގެން މަސައްކަތްކުރާކަމަށް ތުހުމަތުކުރެވޭއިރު، އެކޮމިޝަންގެ މެމްބަރުން ސަރުކާރުގެ އެކި އިވެންޓްތަކުންނާއި ޕީޕިއެމްގެ އެކި ހަރަކާތްތަކުން ދަނީ ފެންނަމުންނެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެ ޓީވީއަށް ކުރަމުންދާ ދުއްތުރާތަކަށް އިޝާރާތްކުރައްވައި އިންތި ވިދާޅުވީ މިފަދަ ފިޔަވަޅުތަކެއް އަޅުއްވާފައި ބްރޯޑްކޮމްގެ މެމްބަރުންނަށް އެކަމުން ރެކިވަޑައިނުގަނެވޭނެކަމަށެވެ. "ލާހިކު ކުޅަދާނެއެއް ނޫން އެބޭފުޅުންނަށް ސަލާމަތްވެވަޑައިގަންނަވަން. ޤާނޫން އަރާ ހަމަކުރާނެ. އަޅުގަނޑުމެން އެކަމެއް ދުލެއް ނުކުރާނެ. ކޮމިޝަނުގައި އެތިއްބެވީ ސިޔާސީ މަޤްސަދެއް ހާސިލްކުރުމަށް މިނިވަން މީޑިއަށް ބޮޑެތި ހަމަލާތަކެއް ދިން ބައެއް"، އިންތި ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް