ކ. މާލެ
|
11 އޮކްޓޯބަރ 2017 | ބުދަ 12:08
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ހެޑް އޮފީސް
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ހެޑް އޮފީސް
ރާއްޖެ އެމްވީ
އެސްޓީއޯގެ އޮނިގަނޑު
އެސްޓީއޯގެ މުސާރައިގެ އޮނިގަނޑާއި މުވައްޒަފުންގެ އަދަދު މުރާޖައާކޮށް ބަދަލު ގެންނަނީ
މުރާޖައާ ކުރުމުގެ މަސައްކަތް ކުރާއިރު ބައެއް މުވައްޒަފުންގެ މުސާރައިން ބައެއް ކެނޑިފަ
ވަޒީފާއިން ވަކިވުމަށް ބައެއް މުވައްޒަފުންނަށް ކުންފުނިން އަންގަމުންދާ ކަމަށް ބުނޭ
އެސްޓީއޯ އަށް މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 115.9 މިލިއަން ރުފިޔާގެ ފައިދާ ވި

ޚަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑާއި މުވައްޒަފުންގެ އަދަދު މުރާޖައާކޮށް ބަދަލުތަކެއް ގެންނަން، ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ނިންމައިފިއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަހީރު ސޮއިކުރައްވައި މިމަހުގެ 4 ވަނަ ދުވަހު ނެރުނު މެމޯއެއްގައި ބުނެފައިވާ ގޮތުން ކުންފުނީގެ ހިންގުން ހަރުދަނާކޮށް ވިޔަފާރި ސްޓްރީމްލައިން ކުރުމަށްޓަކައި އެ ކުންފުނިން ވަނީ ރިސްޓްރަކްޗަރ ކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި އެ މަސައްކަތް ކުރިއަށްދާއިރު، ކުންފުނީގެ ހިންގުމުގެ ޚަރަދު ކުޑަކުރެވޭނެ ދާއިރާތައް ދެނެގަނެ ޚަރަދުކުޑަކުރުމަށް ކުރެވެން ހުރި މަސައްކަތް ކުރެވެމުންދާ ކަމަށްވެސް މެމޯގައި ބުނެފައިވެއެވެ.

އެގޮތުން ކުންފުނީގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށްޓަކައި ކުންފުނީގެ މުސާރައިގެ އޮނިގަނޑު މުރާޖައާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޝަހީރު ސޮއިކުރައްވާ ނެރެފައިވާ މެމޯގައި ބުނެފައިވެއެވެ.

މެމޯގައި ބުނެފައިވާ ގޮތުން ހިންގުމުގެ އޮނިގަނޑު ރިސްޓްރަކްޗަރ ކުރުމާއި، މުސާރައިގެ އޮނިގަނޑު މުރާޖައާކުރުމުގެ މަރުހަލާގެ ތެރޭގައި މުވައްޒަފުން މަސައްކަތް ކުރަމުންދާ ޑިޕާޓްމަންޓްތައް ބަދަލުކުރެވި، މުވައްޒަފުންގެ އަދަދު މުރާޖައާ ކުރުމަކީ އެކަށީގެންވާ ކަމެކެވެ. 

އަލަށް އެކުލަވާލާ ޑިޕާޓްމެންޓްތަކުގެ އާ އޮނިގަނޑުގައި ނުހިމެނޭ މުވައްޒަފުންނަށް ކުންފުނީގެ އެހެން ދާއިރާތަކުން ވަޒީފާ ހަމަޖައްސަައިދިނުމުގެ މަސައްކަތް ކުރެވޭނެ ކަމަށްވެސް މެމޯގައި ބުނެފައިވެއެވެ.

މިފަދަ މެމޯއެއް ނެރެފައިވާއިރު، މިމަހުގެ މުސާރަ ދިންއިރު ބައެއް މުވައްޒަފުންނަށް ބޮޑެތި އަދަދުތައް އުނިކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ރާއްޖެއެމްވީއާ ވާހަކަ ދެއްކި ބައެއް މުވައްޒަފުން ބުނި ގޮތުގައި މުސާރައިން 1،400 ރުފިޔާ އުނިވި މީހުން ވެސް އެބަތިއްބެވެ.

މީގެ އިތުރުން ވަޒީފާއިން ވަކިވުމަށް ބައެއް މުވައްޒަފުންނަށް އަންގަމުންދާ ކަމަށްވެސް މުވައްޒަފުން ބުނެއެވެ. އަދި ވަކިވާ މުވައްޒަފުންނަށް އެހެން ތަންތަނުން ވަޒީފާ ހޯދުމުގައި އެހީތެރިވެދޭނެ ކަމަށް ބުނަމުންދާ ކަމަށް ވެސް ބުނެއެވެ.

ޚަރަދު ކުޑަކުރުމަށް މުވައްޒަފުންގެ މުސާރައާއި މުވައްޒަފުންގެ އަދަދު މުރާޖައާ ކުރުމުގެ މަސައްކަތް އެސްޓީއޯއިން ކުރަމުންދާއިރު، މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނު އިރު ފައިދާގެ ގޮތުގައި އެކުންފުންޏަށް 115.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ފައިދާގެ ގޮތުގައި ލިބުނީ 54 މިލިޔަން ރުފިޔާއެވެ. ފުރަތަމަ ކުއާޓަރުގައި ލިބުނު 61 މިލިޔަން ރުފިޔާއާ އެކު، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެކުންފުންޏަށް ލިބުނީ ޖުމްލަ 115.9 މިލިޔަން ރުފިޔާގެ ފައިދާއެކެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓު ދައްކާ ގޮތުން އެކުންފުންޏަށް ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 1.9 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. އެއީ ފުރަތަމަ ކުއާޓަރުގައި ލިބުނު 1.8 ބިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 7.8 އިންސައްތަ އިތުރު އަދަދެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
12 އޮކްޓޯބަރ 2017 | ބުރާސްފަތި 11:33
ކަމަނަ
ހުސް ބޭކާރު ވާހަކަ ތިޔަ ދައްކަވަނީ. ރަނގަޅަށް މައުލޫމާތު ސާފުކޮއްގެން ހަބަރު ލިޔޭ! އެސްޓީއޯއަކީ މުވައްޒަފުންނަށް ނުހަނު ރަނގަޅަށް ކަންކަން ކޮށްދެމުން އަންނަ ކުންފުންޏެއް!
11 އޮކްޓޯބަރ 2017 | ބުދަ 16:43
shakee
keeh kuraa nee.. dhakka van huri dhuvaheh dhakkaga afa gendhavaa ny.. dhen aih jahaa. yaamin 2018 yageen.
11 އޮކްޓޯބަރ 2017 | ބުދަ 16:43
Musaara
Keehvetha dhogu habaru fathuranee. Midhiya mahu STO in musaara dhinee rangalhah. Habaru liyaairuves rangalhu habareh liyan neygey mimeehunnah.
11 އޮކްޓޯބަރ 2017 | ބުދަ 15:06
މާލިއްޔަތު
ނޯ ކޮމެންޓްސް
11 އޮކްޓޯބަރ 2017 | ބުދަ 13:31
އެބުނާ
މިއާޓިކަލް ލިޔުނު މީހަކަށް ބުނެލަންއޮތީ ނުހައްދަވާ ވާހަކަ ލިޔާތީއޭ މައްސަލައަކީ. އަހަރުންގެ އުޅޭ އެސްޓީއޯ ސޮރަކަށް ނުލިބޭ ހަމަގައިމުވެސް.
11 އޮކްޓޯބަރ 2017 | ބުދަ 12:51
މަރުމޯލު
އަޅެ ފަހެ މައުލޫމާތު ލިބުނުގޮތާމެދުވެސް ޝައްކު. ސްޓާފުންގެ މުސާރަ ލިބުނުއިރުވެސް މަދޯ! މިމަހުގެ މުސާރަ އަދި ނުވެސް ދޭނެއެއްނުންތަ. ހަގީގަތް ރަނގަޅަށް ހޯދާފަ ވާހަކަދައްކަމާދޯ. އެއްވެސް ސްޓާފެއް ކައިރި ހިއެއްނުވޭ ބުނިހެނެއްވެސް ވަކިވެގެން ދާށެކޭ