ކ. މާލެ
|
11 އޮކްޓޯބަރ 2017 | ބުދަ 01:57
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ
މުހައްމަދު ޝަރުހާން
މެމްބަރު މުސްތަފާ
ރިޔާސީ އިންތިހާބަށް ރައީސް ނަޝީދު ދޫކޮށްލާނެ:މުސްތަފާ
ބޭރުގެ އެންގުންތަކަށް ތަބާވާން ޖެހޭނެ
ޕީޕީއެމްގައި މެމްބަރުން ތިބީ މަޖުބޫރުން
ރިޔާސީ އިންތިހާބު ނުބާއްވައި ދިގުދަންމައެއް ނުލެވޭނެ

ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އިއްވާފައިވާާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ ގޮތައް މިނިވަން ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

 

ސަރުކާރާ އަދި އިދިކޮޅު ފަރާތްތަކާއެކު ވެސް ގާތް ގުޅުމެއް އޮންނަ މުސްތަފާ، ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި ވިދާޅުވީ ވަގުތު ޖެހޭއިރު ރައީސް ނަޝީދު ދޫކޮށްލާނެ ކަމަށެވެ. އެނޫން ގޮތެއް ނޯންނާނެ ކަން ރައީސް އަބްދުﷲ ޔާމިން ވެސް ގަބޫލުފުޅު ކުރައްވާ ކަމަށް މުސްތަފާ ވިދާޅުވި އެވެ.

 

"މީގެ ކުރިން ވިދާޅުވަމުން އައި ރައީސް ނަޝީދު ދޫކޮށްނުލާނަމޭ. ހަމަ އެންމެ ފަހު ވަގުތުވެސް ވިދާޅުވި ދޫނުކުރާނަމޭ. ޕްރެސަރު އަންނަމުން އަންނަމުން ގޮސް ފިތޭ ހިސާބަށް ދިޔައީމަވެސް ދޫނުކުރާނަމޭ. އެހެން ހުއްޓާ އެންމެ މެސެޖެއް އައީ. ރާއްޖޭގެ ފައިނޭންޝިއަލް ޓްރާސްސެކްޝަން ހުއްޓުވާލާނަމޭ. އެހާ ތަނުން ހަތަރު އުދަރެސް ފެނު އަޅަން ޖެހުނީ، އަނެއް ދުވަހު މަންޑޭލާ ފެންވަރުގައި ދޫކޮށްލަން އަންގާފައި އޮތީ،" މުސްތަފާ ވިދާޅުވި އެވެ.

 

މުސްތަފާ ވިދާޅުވީ ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން ނިންމާ ނިންމުންތަކުގެ އަސަރު ރާއްޖެއަށްކުރާނެ ކަމަށެވެ. ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފުވެގެން ރާއްޖެއަށް ނޯވެވޭނެ ކަމަށާއި އެންމެ ފަހުން ރައީސް ނަޝީދާއި ސިޔާސީ ހުރިހާ ހައްޔަރީން ދޫކޮށްލަން މަޖުބޫރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

 

ރައީސް ނަޝީދު 2018 ގެ އިންތިހާބުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޔާމީންގެ މައާފެއް ބޭނުމެއް ނުވާނެ ކަމަށް، ކުރިން އެމްޑީޕީގައި ހުންނެވުމަށް ފަހު ޕީޕީއެމް އަށް ބަދަލުވެވަޑައިގެންނެވި މުސްތަފާ ވިދާޅުވި އެވެ.

ރައީސް ނަޝީދު ދޫކޮށްލުމަށް މަޖުބޫރުވާނެކަން އެނގޭތީވެ، ރައީސް ނަޝީދަށް ހުކުމެއް ނުއިއްވާ ދޫކޮށްލެއްވުމަށް އޭރުވެސް އެދިވަޑައިގެންނެވި ކަމަށާއި އެގޮތަށް އެދިވަޑައިގަތީ ރައީސް ޔާމީން އެ މަނިކުފާނުގެ ވެރިކަން ވެސް ދަމަހައްޓަން ބޭނުންވާތީ ކަމަށް މުސްތަފާ ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ހުކުމެއް އިއްވާފައިވީ ނަމަވެސް ދުނިޔޭގެ ގައުމުތަކުން އެމަނިކުފާނަށް ރަތްދޫލައިން މަރުހަބާ ކިޔަމުންދާކަން ފާހަގަ ކުރައްވާ މުސްތަފާ ވިދާޅުވީ ރައީސް ނަޝީދަށް ކޮށްފައިވާ ހުކުމް ދުނިޔޭގެ ގައުމުތަކުން ގަބޫލު ނުކުރައްވާ ކަމަށެވެ.

 

މީގެ އިތުރުން ރިޔާސީ އިންތިހާބު ނުބާއްވައި ދިގުދަންމައި ނުލެވޭނެ ކަމަށާއި އެހެން ނަމަ ގާނޫނު އަސާސީއެއްވެސް މި ރާއްޖޭގައި ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މުޅި ދުނިޔެއާ ދެކޮޅަށް ނިކުތުމުން ގޮތް ދޫނުކޮށް އެކަކަށްވެސް ނުހިފެހެއްޓޭނެ ކަމަށް މުސްތަފާ ވިދާޅުވި އެވެ.

 

ވަކި މީހަކު ހައްޔަރުކޮށް ކަސްތޮޅު އަޅުވައިގެން ވެރިކަން ދެމެހެއްޓޭނެ ކަމަށް ހީކުރެއްވުމަކީ ކުންހީއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އަދުލު އިންސާފު ނުލިބި އެހެން އެއްޗެއް ރައްޔިތުން ބޭނުންނުވާކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހަން ސަރުކާރުން ބޭނުންވެސް ނުވާ ކަމަށެވެ.

 

"ވާނުވާއެއް އަޑުއަހާކަށްވެސް ބޭނުމެއް ނުވޭ، ހައްތަހާވެސް މި އަޑުއަހަނީ ތިމަރަފުށީ މުސްތަފާ މަގޭ ވެރިކަމާ ގުޅޭ ގޮތުން އެއްޗެކޭ ބުނެފިތޯ. އެހެންވީމަ ރައްޔިތުންކުރާ ޝަކުވާއަކަށް އަޅާލާކަށް ބޭނުމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

 

ޕީޕީއެމްގެ މަޖިލިސް މެމްބަރުންވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި އެ މެމްބަރުންވެސް ޕީޕީއެމްގައި މިހާރު ތިބެން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

 

"ރައީސް ޔާމިނަށް މަރުވާ ކަމަށްވެސް ދެއްކިދާނެ، އޭނައަށްޓަކައި ދަން ޖެހޭ ކަމަށްވެސް ދެއްކިދާނެ. އޭނާގެ ސަރުކާރު ދެމެހެއްޓުމަށް ރެއާ ދުވާލު ދާހިތްލައިގެން މަގުތައް މަތީ އުޅޭ ކަމަށް ބުނެ ރައީސް ޔާމިނަށް ދަޅަދެއްކިދާނެ، މިއީކީ ހަގީތެއްނޫން. މިކަން އިނގޭ ރާއްޖޭގެ އެންމެނަށްވެސް، މުސްތަފާ ވިދާޅުވި އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
11 އޮކްޓޯބަރ 2017 | ބުދަ 12:01
މިގޭ
މޮޔަގޮވަނީދޯ؟
11 އޮކްޓޯބަރ 2017 | ބުދަ 11:58
މިގޭ
މޮޔަގޮވަނީދޯ؟