ކ. މާލެ
|
10 އޮކްޓޯބަރ 2017 | އަންގާރަ 14:32
އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް
އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް
މުހައްމަދު ޝަރުހާން
އެމްޑީޕީ
ޕާޓީގެ ރަޖިސްޓްރީގައިވާ އެއްވެސް ގޮތްޕެއް ނުއުވޭނެ: އެމްޑީޕީގެ ޗެއަރޕަރސަން
ޗެއަރޕާރސަންގެ ނައިބުންގެ އިންތިޚާބުގައި ވޯޓު ނުލެވޭ ގޮފިތަކަށް ވެސް ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ: ހަސަން ލަތީފް

އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބުންގެ އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ނުލިބުނު ގޮފިތަކަށް ވެސް ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޕާޓީގެ ޗެއަރޕަރސަން އަލް އުސްތާޛް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަށް ގޮފިތައް ހެދުމަށް ޖޫން މަހު ހުޅުވާލުމާއި ހަމައިން ފެށިގެން ގިނަ އަދަދެއްގެ ގޮފިތައް އުފައްދައި، ގޮފިތަކުގެ ހިންގާ ކޮމިޓީތައް އިންތިޚާބު ކޮށްފައިވާ ކަމަށެވެ. އާ ގޮފިތައް ހެދުމަށާއި، ކުރީގައި ހުރި ގޮފިތައް ތަރުތީބު ކުރުމަށް ޖޫން މަހުގެ 10ވަނަ ދުވަހު އެމްޑީޕީއިން ދީފައިވަނީ ޖުލައި 16ވަނަ ދުވަހުގެ ނިޔަލަށެވެ. ގޮފިތައް ހެދުމަށާއި ތަރުތީބު ކުރުމަށް އޭރު އެމްޑީޕީ އިން ހުޅުވާލީ އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ވަމުންދިޔަ ތައްޔާރީތަކުގެ ތެރެއިންނެވެ. އެމްޑީޕީގެ އަސާސީ ޤަވާޢިދު ބުނާ ގޮތުން ކޮންގްރެސްގައި ބައިވެރިވެވޭނީ އެޕާޓީގެ ގޮފިތަކުން އިންތިޚާބުކުރެވިގެން އަންނަ މެމްބަރުންނަށެވެ. އަދި އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބުންނަށް ވޯޓު ލެވޭނީވެސް ހަމައެކަނި ކޮންގްރެސްގައި ބައިވެރިވާ މެމްބަރުންނަށެވެ.

އާ ގޮފިތައް ހެދިނަމަވެސް، ކުރިން ހުރި ގޮފިތަކުގެ ތެރެއިން 30 މެމްބަރުން ހަމަވާ އެއްވެސް ގޮތްޕެއް ނުއުވޭނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. ހަސަން ލަތީފް ވިދާޅުވީ ގޮފިތައް ނުއުވޭކަމަށާއި، އެހެން ނަމަވެސް ޗެއަރޕަރސަންގެ ނައިބުންގެ އިންތިޚާބުގައި ވޯޓު ލެވޭނީ އަލަށް އުފެދުނު ގޮފިތަކުގެ ރައީސުންނާއި އަދި ކުރިން ހުރި ގޮފިތަކުގެ ތެރެއިން ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށް ފަހު ޕާޓީގެ އޮފީހަށް އެންގި ގޮފިތަކުގެ ރައީސުންނަށް އެކަނި ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ މިއިންތިޚާބުގައި ވޯޓު ނުލެވުނަސް، ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ކޮންމެ ގޮތްޕަކަށް ވެސް އެބަ އޮތް ކަމަށާއި، 30 މެމްބަރުން ހަމަނުވާ ގޮފިތަކުން، މެމްބަރުން ހަމަކޮށް، އިންތިޚާބު ބޭއްވުމަށް ފަހު ޕާޓީގެ އޮފީހަށް އެއްގެވުމުން އެފުރުސަތު އޮންނާނެ ކަމަށެވެ.  އެމްޑީޕީގެ ގޮފިތަކުގެ މިހާރުގެ ޖުމްލައަކީ 624 އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް