ކ. މާލެ
|
10 އޮކްޓޯބަރ 2017 | އަންގާރަ 11:26
އަބްދުލް ރަޝީދު މުހައްމަދު
އަބްދުލް ރަޝީދު މުހައްމަދު
ރާއްޖެ އެމްވީ
ގައިދީއަކު ނިޔާވުން
މެއި ޑޭ މުޒާރާއާ ގުޅިގެން ޖަލު ހުކުމް ތަންފީޒު ކުރަމުންދިޔަ ދުވަސްވީ މީހަކު މަރުވެއްޖެ
އަބްދުލް ރަޝީދު ވަރަށް ބޮޑަށް ބަލިވެގެން ހޯމަ ދުވަހު ވަނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި
އަބްދުލް ރަޝީދު ދިޔައީ ފަސް އަހަރުގެ ހުކުމެއް ތަންފީޒުކުރަމުން
ކަރެކްޝަނުން ބުނަނީ އެޑްމިޓްކުރީ ބޭރަށް ހިންގާތީ ކަމަށް

މެއި ޑޭ މުޒާހަރާގައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ޖަލަށްލާފައި ހުރި އަބްދުލް ރަޝީދު މުހައްމަދު ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް މަރުވެއްޖެ އެވެ.

މިކަން އޭނާގެ އައިލާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ. އޭނާ މަރުވެފައިވަނީ އަންގާރަ ދުވަހުގެ ހެނދުުނު 10:30 ހާއިރު އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށެވެ.

މިކަމާ ގުޅޭ ގޮތުން ކަރެކްޝަނަލް ސަރވިސަސްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، އުމުރުން 51 އެ އަހަރުގެ އަބްދުލް ރަޝީދު މުހައްމަދު، ބޭރަށް ހިންގާތީ ހޮސްޕިޓަލަށް ގެނެވުނީ، ހޯމަ ދުވަހު ކަމަށެވެ.

މޭޑޭ މުޒާހަރާގައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި އަބްދުލް ރަޝީދުގެ މައްޗަށް ފަސް އަހަރުގެ ހުކުމެއް ކުރެވުނު އިރު، އޭނާގެ ހުކުމް ތަންފީޒުކޮށް ނިމެނީ އަންނަ އަހަރުގެ ފެބްރުއަރީ 18 ގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
10 އޮކްޓޯބަރ 2017 | އަންގާރަ 14:10
ޙަމަދު
Mashah fennanee maruvefa oiy gaburuves hukumuge mudhdhathu hamavandhen karekshange belumuge dhashuga baavvan.
10 އޮކްޓޯބަރ 2017 | އަންގާރަ 13:25
ނިކަމެތިން
ތި މަރު ގެ ޒިންމާ ނަގަން ޖެހޭނީ ނުހައްގުން ހިކުމް ކުރާ ގާޒީން! ބޮޑެތި ކުއްވެރިން ތިބީ ސިޔާސީ މަގާމުތަކުގައި. ނިކަމެތިން ޖަލުގައި މަރު.