ކ. މާލެ
|
10 އޮކްޓޯބަރ 2017 | އަންގާރަ 00:47
އެމްޕީއެލް: 3 ލައްކަ ރުފިޔާ ވަނީ ގެއްލިފައި
އެމްޕީއެލް: 3 ލައްކަ ރުފިޔާ ވަނީ ގެއްލިފައި
މުހައްމަދު ޝަރުހާން
އޮޑިޓް ރިޕޯޓް
އެމްޕީއެލްއިން އައްޑޫގައި ކޮށްދޭ ދަތުރުތަކަށް ލިބުނު 3 ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލިއްޖެ
ފެރީ ދޯންނާއި ލޯންޗް ކުއްޔަށް ހިފާފައިވާ ފަރާތްތަކާއި ދަތުރުތަކުގެ ތަފްސީލް އެއުޅަނދުތަކުގެ ދުވަހު ޔައުމިއްޔާ ފިޔަވާ އެހެން އެއްވެސް ލިޔުމަކުން ފެންނަން ނެތް
ރަސީދު ނުހަދާވެސް ފައިސާގެ މުއާމަލާ ހިންގާފައިވޭ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އައްޑޫގައި ދޭ ދަތުރު ފަތުރުގެ ޚިދުމަތުން އެކުންފުންޏަށް ލިބެންޖެހޭ 3 ލައްކައަށްވުރެ ގިނަ ރުފިޔާއަށް ވީ ނުވީއެއް ނޭނގި ގެއްލިފައިވާކަން ހާމަވެއްޖެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޑެޓުން އައްޑު އަތޮޅުގައި ދަތުރު ފަތުރުގެ ޚިދުމަތް ދެމުން ގެންދާ ސަދަން ޓްރާންސްޕޯޓް ލިންކުގެ ޚާއްޞަ އޯޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެސްޓީއެލްއިން 350،958 ރުފިޔާ ގެއްލިގައިވާ ކަމަށެވެ. މި ރިޕޯޓަކީ 21 ޑިސެމްބަރު 2015 އިން ފެށިގެން 31 މެއި 2016 އާއި ދެމެދުގެ މުއްދަތުގެ ޚާއްސަ އޯޑިޓް ރިޕޯޓެކެވެ.

އެ އޯޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެފައިސާ އެމްޕީއެލްގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވާ ކަމަށާއި އެފައިސާ އެސްޓީއެލްގައިވެސް ފެންނަން ނެތްކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ރަސީދުތަކުން ބަލައިގެންފައިވާ 246،958 ރުފިޔާއާއި ރަސީދު ނުހަދައި ބަލައިގެންފައިވާ ފައިސާގެ ތެރެއިން އަމިއްލަ އެކި ފަރުދުންގެ އެކައުންޓަށް ޖަމާކޮށްފައިވާ، 67،000 ރުފިޔާގެ އިތުރުން ރަސީދު ނުހަދައި ބަލައިގެންފައިވާ 12،000 ރުފިޔާއާއި އަމިއްލަ ފަރާތްތަކަށް ކޮށްދީފައިވާ ދަތުރު ތަކަކަށް ލިބިފައިވާ 25،000 ރުފިޔާކަމަށް އޯޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

އޯޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފެރީ ދޯންޏާއި ލޯންޗް ކުއްޔަށް ހިފާފައިވާ ފަރާތްތަކާއި ދަތުރުތަކުގެ ތަފްސީލް އެއުޅަނދުތަކުގެ ދުވަހު ޔައުމިއްޔާ ފިޔަވާ އެހެން އެއްވެސް ލިޔުމަކުން ފެންނަން ނެތްކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް