ކ. މާލެ
|
9 އޮކްޓޯބަރ 2017 | ހޯމަ 21:07
މާރާމާރިތަކާއި ގުޅިގެން ފުލުހުން ބަޔަކު ހައްޔަރުކުރަނީ
މާރާމާރިތަކާއި ގުޅިގެން ފުލުހުން ބަޔަކު ހައްޔަރުކުރަނީ
ރާއްޖެ އެމްވީ
މާރާމާރި
މާރާމާރީތަކާއި ގުޅިގެން މިހާތަނަށް 50 މީހުން ހައްޔަރުކޮށްފިން: ފުލުހުން
ބައެއް މީހުންގެ ޝަރީއަތްތައްވެސް އަންނަނީ ކުރިއަށްގެންދަމުން
އަނަސްގެ މަރުގެ މައްސަލާގައި ހޯދަމުންދިޔަ އެންމެވެސް ވަނީ ހައްޔަރުކުރެވިފައި
ނުރައްކާތެރި ޖަރީމާތައް ހިންގާފައި އެއްވެސް މީހަކަށް ފިލާ ނުތިބެވޭނެ

މާލޭގައި ސިލްސިލާކޮށް ހިންގާ މާރާމާރިތަކާއި ގުޅިގެން މިހާތަނަށް 50 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ. ފުލުހުންގެ އިދާރާއިން އެގޮތަށް ބުނެފައިވަނީ ނެރުނު ނޫސްބަޔާނެއްގައެވެ.

 

ނޫސްބަޔާނުގައި ފުލުހުން ބުނީ، މާރާމާރީގައި މިހާތަނަށް 50 މީހަކު ހައްޔަރުކޮށް އޭގެތެރެއިން ބައެއް މީހުންގެ ޝަރީއަތްތައް ކުރިއަށްދާކަމަށެވެ. އަދި މި މީހުންގެ ތެރޭގައި މާރާމާރި ހިންގައި މީހުންމެރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާ މީހުން ހިމެނެއިރު، އެ މީހުން ހައްޔަރުކޮށްފައިވަނީ ކުށް ސާބިތުކުރުމަށް ބޭނުންވާ ހެއްކާ ޤަރީނާތާއިއެކުގައިކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

 

ފުލުހުން ބުނީ، ލިޓަސް ސާރވިސް ސެންޓަރުގެ ތެރޭގައި އަނިޔާވެރިގޮތަކަށް މަރާލި އަނަސްގެ މަރުގެ މައްސަލައާއި ގުޅިގެން ތުހުމަތުކުރެވުގެން ހޯދަމުންދިޔަ އެންމެވެސް މިހާރު ވަނީ ހައްޔަރުކުރެވިފައިކަމަށެވެ. އަދި މައްސަލައާއި ގުޅިގެން ހޯދަމުންދިޔަ އަފްރާހް އަބްދުއްރައްޒާގް ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސްޖަހާފައިވާކަން ނޫސްބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.  

 

 

އޭގެއިތުރުން މިދިޔަ މަހުގެ 29 ވަނަ ދުވަހުގެރޭ ހުޅުމާލެ ހާފްވޭ ހައުސް ކައިރިން ތުނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލާފައިވާ މައްސަލައާ ގުޅިގެން އެކަމުގައި އަމަލީގޮތުން ބައިވެރިވި މީހަކު ހައްޔަރުކޮށް މައްސަލަ ތަހުޤީޤް ކުރަމުންދާއިރު، މާރާމާރީގެ އެހެން މައްސަލަތައްވެސް ދަނީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުޤީޤްކުރަމުންކަމަށެވެ. އޭގެއިތުރުން ކ. ހިންމަފުށީގައި ފުލުހުން ހިންގި އެޕަރޭޝަނެއްގައި ވަނީ މަރުގެ މައްސަލައަކާ ގުޅިގެން ތުހުމަތުކުރޭ ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

 

ފުލުހުން ބުނީ، މާރާމާރިއާއި ރޭވިގެން ހިންގާ ކުށްތައް، ހާއްސަކޮށް ތޫނު އެއްޗެއްހި ބޭނުންކޮށްގެން ނުރައްކާތެރި ޖަރީމާތައް ހިންގުމަށްފަހު އެއްވެސް ފަރާތަކަށް ފިލާ ނުތިބެވޭނެކަމަށާއި، މިފަދަ ނުރައްކާތެރި އަމަލުތައް ހިންގާ ފަރާތްތައް ހޯދައި، އެ ފަރާތްތަކުގެ މައްޗަށް ހިންގަންޖެހޭ ތަހުޤީޤްތައް ހިންގާ ޝަރީއަތަށް ހުށައަޅާނެކަމަށެވެ. އަދި މިފަދަ މައްސަލަތައް ތަހުޤީޤްކުރުމުގައި ވަކި ފަރާތަކަށް ނުޖެހި ސާބިތުކަންމަތީ ފުލުހުން ދެމިތިބޭނެކަމުގެ ޔަޤީންކަންވެސްދޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް