ކ. މާލެ
|
9 އޮކްޓޯބަރ 2017 | ހޯމަ 18:45
ވަކީލުން ޝުޢޫރު ފާޅުކުރަނީ
ވަކީލުން ޝުޢޫރު ފާޅުކުރަނީ
ރާއްޖެ އެމްވީ
އދ - ރާއްޖެ
ޤާނޫނީ ވަކީލުން ސަސްޕެންޑްކުރުން ޤަބޫލެއް ނުކުރެވޭ: އދ
އދ. އިން މި ބަޔާން ނެރުނީ ޕީޕީއެމް އިން އދ. ގެ އިންސާނީ ހައްޤުތަކާ ބެހޭ އިސްވެރިޔާއާ ބައްދަލުކުރެއްވިތާ ހަފްތާއެއް ނުވަނީސް!

ރާއްޖޭގެ ޤާނޫނީ ވަކީލުންގެ ކަންކަން ބެލެހެއްޓުމަށް މިނިވަން ބާރ އެސޯސިއޭޝަނެއް އެކުލަވާލުމަށް ޤާނޫނީ ވަކީލުންނާއި ފަނޑިޔާރުންނާ ބެހޭ އދ. ގެ ޚާއްސަ ރެޕަޓުއަރ ޑިއޭގޯ ގާސިއާ-ސަޔާން ގޮވާލައްވައިފިއެވެ.
 

އދ. ގެ ޚާއްސަ ރެޕަޓުއަރ މިކަމަށް ގޮވާލެއްވީ ރާއްޖޭގެ ޤާނޫނީ ވަކީލުންގެ ތިން ބައިކުޅަ އެއްބައި ވަކީލުން އެއްފަހަރާ ކުއްލި ގޮތަކަށް ސަސްޕެންޑްކުރުމާ ގުޅޭ ގޮތުން، ކަންބޮޑުވުން ފާޅުކުރައްވައި ހޯމަ ދުވަހު އދ. ގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާއިން ނެރުނު ބަޔާނެއްގައެވެ. ޚާއްސަ ރެޕަޓުއަރ ޑިއޭގޯ ގާސިއާ-ސަޔާން ނެރުއްވި ބަޔާނުގައި ވިދާޅުވީ އެކުލަވާލާ ބާރ އެސޯސިއޭޝަން ވާނީ އަމިއްލަ މިނިވަންކަން ލިބިގެންވާ ވަކިފަރާތަކަށް ނުޖެހޭ ޖަމާޢަތަކަށް ކަމަށެވެ. އަދި މި އެސޯސިއޭޝަން ވާން ޖެހޭނީ ވަކީލުންގެ ހައްޤުތައް ހިމާޔަތްކޮށް، އެމީހުންގެ މިނިވަންކަން ދަމަހައްޓާ، ސުލޫކީ މިންގަނޑުތައް ހިފަހައްޓާ އެސޯސިއޭޝަނަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

ވަކީލުން ސަސްޕެންޑްކުރި މައްސަލައަށް އިޝާރާތްކުރައްވާ އދ. ގެ ސްޕެޝެލް ރެޕަޓުއަރ ވިދާޅުވީ އެހެން މީހުންނެކޭ އެއް ފަދައިން ވަކީލުންނަށް ވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ އިތުރުން ޖަމާޢަތް ހެދުމުގެ ހައްޤު ލިބިގެންވާ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ވަކީލުންގެ ހައިސިއްޔަތުން ޤާނޫނު ނެގެހެއްޓުމާ، އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގެ އިތުރުން އަދުލު އިންސާފުގެ ނިޒާމުގެ ހިންގުމުގެ މައްސަލަތަކުގައި އާއްމު ބަހުސްތައް ކުރުމުގެ ހައްޤު ވަކީލުންނަށް ލިބިގެންވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިބަޔާނުގައި ވަނީ ވަކީލުން ސަސްޕެންޑްކުރީ ވަކީލުންގެ މައްސަލަތަކުގެ ބައިނަލްއަޤްވާމީ އެންމެހާ މިންގަނޑުތަކާއި ޚިލާފަށް ކަމަށާއި، އެމީހުންގެ މިނިވަންކަން ގެއްލޭ ގޮތަށް ކަމަށެވެ. އަދި ވަކީލުން ސަސްޕެންޑްކޮށްފައި ވަނީ ޤަބޫލުކުރެވޭ ފަދަ ހަމަތަކެއްގެ މަތިން ނޫންކަން ފާހަގަކޮށް، އެމައްސަލައިގައި ވަކީލުންނަށް ޖަވާބުދާރީވެވޭނެ ފުރުސަތު ނެތްއިރު، އިސްތިއުނާފް ކުރެވޭނެ ހަމައެއް ނެތްކަން ވެސް ސްޕެޝަލް ރެޕަޓުއަރ ފާހަގަކުރެއްވިއެވެ. ހަމައެއާ އެކު މި ސަސްޕެންޝަންތަކުގެ ސަބަބުން ރާއްޖޭގެ ޤާނޫނީ ވަކީލުންގެ ކުރިމަގަށް އެޅިގެންދާ ހުރަސްތައް ފާހަގަކުރައްވައި، އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އދ. ގެ އިންސާނީ ހައްޤުތަކާ ބެހޭ ހައިކޮމިޝަނަރުގެ އޮފީހުން މިބަޔާން ނެރެފައި މި ވަނީ، ރާއްޖޭގެ މަސްރަހުގެ އެންމެ ފަހުގެ މައުލޫމާތު އދ. ގެ އިންސާނީ ހައްޤުތަކާ ބެހޭ ހައިކޮމިޝަނަރާއި ބައިނަލްއަޤްވާމީ މުޖްތަމަޢާ ހިއްސާކުރުމަށް ޕީޕީއެމްގެ އިސް ވަފުދެއް ޖެނީވާއަށް ޒިޔާރަތްކުރެއްވިތާ ހަފްތާއެއްގެ ތެރޭގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
9 އޮކްޓޯބަރ 2017 | ހޯމަ 18:49
ޖޭމު
އދ ނުބެހެވޭނެ މީ އަހަރެމެންގެ ގައުމު އަހަރެމެން ކުރާނިކަމެން އެގޭނީ އަހަރެމެންނަށް