ކ. މާލެ
|
9 އޮކްޓޯބަރ 2017 | ހޯމަ 17:50
ރައްޔިތުންގެ މަޖިލީހުގެ ޕްރެސް ކޮންފްރެންސް
ރައްޔިތުންގެ މަޖިލީހުގެ ޕްރެސް ކޮންފްރެންސް
ފާތިމަތު ޝަނާ މުހައްމަދު
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ
އަމީން އާންމާއި ކައުންސެލް ޖެނެރަލް ވެސް ގާނޫނާ ހިލާފު އަމަލުތަކަށް ސަޕޯޓްކުރާކަމުގައިވާ ނަމަ ދައުވާކުރާނަން: މެންބަރުން
މަޖިލީހުގައި ޖަލްސާތައް ކުރިއަށްދަނީ ގާނޫނާ ހިލާފަށް
އަމީން އާންމަކީ މިނިވަންކަމާ އެކު މަސައްކަތް ކުރަންޖެހޭ ފަރާތެއް
މަޖިލީހުގެ ހުރިހާ ބާރެއް ވަނީ ނިގުޅައިގަނެފައި

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި މަސީހު އިންނަވައި ގާނޫނާ ހިލާފަށް ހިންގަވާ ކަންކަމުގައި މަޖިލީހުގެ އަމީންްއާންމާއި ކައުންސެލް ޖެނެރަލް ހިތްވަރުދޭ ކަމުގައިވާ ނަމަ، ދައުވާ އުފުލާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެ އެވެ.

މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ، މަޖިލީހުގައި މިހާރު ހިންގަމުންދާ ގާނޫނު އަސާސީއާ ހިލާފު ކަންކަމާ ގުޅިގެން މަޖިލީހުގެ އަމީން އާންމާއި މަޖިލީހުގެ ކައުންސެލް ޖެނެރަލްއާ ވެސް ބައްދަލު ކުރެއްވި ކަމަށެވެ. އެގޮތުން އަމީން އާންމާއި ވަރަށް ސާފުކޮށް ސުވާލުތައް ކުރި ކަމަށާއި އެހެން ނަމަވެސް އެންމެ އެދެވޭ ޖަވާބުތަކެއް ދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ގިނަ ސުވާލުތައް އަމާޒު ކުރިން މަޖިލީހުގެ އަމީން އާންމަށް. އެގޮތުން ކީއްވެގެންތޯ މަޖިލީހުގެ ޗެމްބަރަށް ނުވަދެވުނީ. ކީއްވެގެންތޯ މަޖިލީހުގެ އެތެރޭގެ ބައެެއް އިންޓާނަލް މެމޯތަކުގައި ސޮއިކުރައްވާފައިވަނީ. ކީއްވެގެންތޯ މަޖިލީހުގެ މެންބަރު ފާރިސް މައުމޫނަށް މަޖިލީހުގެ ޖަލްސާތަކަށް ވަދެވޭނެ އިންތިޒާމުތައް ހަމަޖައްސާނުދެނީ. ކޮބާތޯ އަމީން އާންމު ގަބޫލު ކުރައްވާ ގޮތަކީ. މިކަމަށް ޖަވާބުދެއްވަމުން އަމީން އާންމު ވިދާޅުވީ، އެމަނިކުފާނު ގަބޫލު ކުރާ ގޮތާއި އަމަލު ކުރާ ގޮތް ތަފާތުވާނެ ކަމަށް. މިއީ އަޅުގަނޑުމެން ހިތާމަ ކުރައްވާ ކަމެއް. ވަރަށް ކަންބޮޑުވާ ޖަވާބެއް ދެއްވީ. އަމީން އާންމަކީ މަޖިލީހުގެ މެންބަރުން ވޯޓުލައްވައިގެން ހޮއްވަވާ މަގާމެއް. އެމަނިކުފާނުގެ މަސްއޫލިއްޔަތެއް ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދިއުން." ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ މަޖިލީހުގެ ގަަވައިދުތަކާ އުސޫލުތަކާ އެއް ގޮތްވާ ގޮތުގެ މަތިން ކަންކަން ކުރެވެމުން ނުދާ ކަން މި ބައްދަލުވުންތަކުން އެނގިގެން ދިޔަ ކަމަށެވެ.

މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، ކައުންސެލް ޖެނެރަލްގެ ވާހަަކަ ހުރި ގޮތުން ކޮންމެވެސް ވަރެއްގެ ހިތްވަރެއް މަޖިލީހުގެ މެންބަރުންނަށް ލިބިގެންދިޔަ ކަމަށެވެ. ރޮޒެއިނާ ވިދާޅުވީ، ކައުންސެލް ޖެނެރަލްއާ ބައްދަލުކޮށް، ފާރިސް މައުމޫނަށް ޖަލްސާތަކުގައި ބައިވެރިވޭނެ އިންތިޒާމުތައް މަޖިލީހުގެ އިދާރާއިން ހަމަޖައްސާ ނުދެއްވާ މައްސަލައިގައި އަމަލު ކުރާނެ ގޮތް މަސީހު ކިޔާދީފައިވާ ކަމަށެވެ. އެގޮތުން ޖަލްސާއަށް ވަޑައިގަތުމަކީ މަޖިލީސް މެންބަރުންގެ ހައްގެއް ކަަމަށާއި އެ ހައްގު ހޯދުމަށް މަސައްކަތް ކުރަންޖެހޭނީ އެ މެންބަރަކު އަމިއްލައަށް  ކަަމަށް ކައުންސެލް ޖެެނެރަލްއަށް އަންގާފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

" މަސީހު މިހެން ވިދާޅުވި ނަމަވެސް، ކައުންސެލް ޖެނެރަލް އެއްބަސްވެ ވަޑައިގަންނަވާ އެ ހައްގުތައް މެންބަރުންނަށް ހޯދާދިނުމަކީ، މަޖިލީހުގެ ޒިންމާއެއް ކަމަށް. މަޖިލީސް އިދާރާއިން އެކަންކަން ކުރަންޖެހޭނެ ކަމަށް. އެހެންކަމުން ސީދާ ކައުންސެލް ޖެނެރަލްގެ ވިސްނުމާ ހިލާފަށް މަސީހު ކަންކަން ކުރައްވަމުން ގެންދަވަނީ. މިފަދަ މައްސަލަތަކާ ހުރެ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް ހުށަހަޅަންޖެހުނީ. ތަކުރާރުކޮށް މަޖިލީހުގެ ގަވައިދުތަކާ ހިލާފަށް ކަންކަން ކުރައްވާ، މަޖިލީސް މެންބަރުންގެ ގާނޫނީ ހައްގުތަކަށް އަރައިގަތުމައި މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އަޅައި މަޖިލީހުގެ ބާރުތައް ކަނޑުވާލާ، މުޅި އިންސްޓިޓިއުޓް ހަލާކު ކުރަމުން ގެންދާތީ،" ރޮޒެއިނާ ވިދާޅުވި އެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވީ، އަމީން އާންމު މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދާރީ ވާންޖެހޭ ކަމަށާއި އެހެންނަމަވެސް އަަމަލުތައް ފެނިގެންދަނީ އެހެން ގޮތަކަށް ކަމަށެވެ. ޒިންމާދާރު މަގާމުތަކުގައި ތިބޭ ފަރާތްތަކުން، މިނިވަންކަމާ އެކު މަސައްކަތްތައް ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

" މަޖިލީހުގެ ހުރި ބާރުތައް ވަކިވަކިން ނަގަމުންދަނީ. އަދި މިހާރު މަޖިލީހުގެ ބާރު އޮތީ ކަނޑާލާފައި. މިފަދަ މާހައުލެއްގައި މަސައްކަތް ކުރަންޖެހެނީ. މަޖިލީހުންގެ މަސައްކަތްތަކެއް ނުކުރެވޭ، މިނިވަން މުއައްސަސާތަކުންވެސް މަސައްކަތްތަކެއް ނުކުރޭ،" މުސްތަފާ ވިދާޅުވި އެވެ.

މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވީ، ކައުންސެލް ޖެނެރަލް އާއި އާމީން އާންމަކީ މުސްތަގިއްލު ދެ މަގާމު ކަމަށްވާ އިރު، އެއްވެސް މީހެއްގެ ނުފޫޒެއް ނެތި އެދެ ފަަރާތުން މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ. އަދި މަސައްކަތް ކުރުމުގައި ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން، ކަންކަން ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

" އަމީން އާންމަކީ އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރަންޖެހޭ. އަދި މެންބަރުންނާ މެދު އިންސާފުން މަސައްކަތް ކުރަންޖެހޭ،" އަނާރާ ވިދާޅުވި އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
9 އޮކްޓޯބަރ 2017 | ހޯމަ 18:31
މީރާ
ކީވެ ތިތެނީ އަވަށް މައްސަލަޖައްސާ އެވެސްކަމެން ނުކުރެވޭބައެއްތީ ފޮނި އަގަތަޅާނީ ރަންޑި އުޅޭގޮތަށް އުޅެނީ