ކ. މާލެ
|
9 އޮކްޓޯބަރ 2017 | ހޯމަ 16:47
ރައީސް މައުމޫން
ރައީސް މައުމޫން
އަލީ ޔޫސުފް
ރައީސް މައުމޫންގެ ޓްވީޓް
މަސީހުގެ ރިޔާސަތުގައި އިންނަވާ ޖަލްސާތައް ޤާނޫނާ ޚިލާފް: މައުމޫން
މަސީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުގެ އަޣުލަބިއްޔަތު ވަނީ ސޮއިކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުބާރު ގެއްލިފައިވާ ބޭފުޅަކު ރިޔާސަތުގައި އިންވައިގެން ބާއްވާ ޖަލްސާއެއް ޤާނޫނު އަސާސީއާ ޚިލާފްވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ. ރައީސް މައުމޫން މިމޭރުމުން ޓްވީޓްކުރައްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް 46 މެމްބަރުން ސޮއިކުރައްވައި މަޖިލީހަށް މީގެ ކުރިން ވައްދާފައި ވެއެވެ. މަޖިލީހުގެ ސާފު މެޖޯރިޓީ ޕީޕީއެމްއަށް ގެއްލުނު ނަމަވެސް، ޤާނޫންތަކަށް ގެނެވުނު ބަދަލުތަކާ އެކު ޕީޕީއެމް ގެންދަނީ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް އަދިވެސް މަސައްކަތްކުރަމުންނެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހުގެ އަޣުލަބިއްޔަތު މެމްބަރުން ސޮއިކުރައްވާފައި ވާތީ، އަދި އެމައްސަލަ އެޖެންޑާކުރުމަށް ރިޔާސަތުން ދެކޮޅު ހަދާފައިވާތީ މަޖިލީހުގެ ޖަލްސާތައް ސައްހަނުވާނެ ކަމަށް އިދިކޮޅު މެމްބަރުން ދަނީ ބުނަމުންނެވެ. އަދި މިމައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވުމުގެ އެންމެ ކުރީގައި ހުންނެވި އެއްބޭފުޅަކީ ރައީސް މައުމޫނެވެ. އަދި ރައީސް މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހުންނެވީ މެމްބަރުންނަށް ރިޝްވަތު ދިންކަމުގެ ތުހުމަތެއްގައި ޖަލު ބަންދެއްގައެވެ. އެމަނިކުފާނު ޖަލުގައި ހުންނަވާތާ މިހާރު ދެ މަހަށް ވުރެ ގިނަ ދުވަސްވަނީ ވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް