ކ. މާލެ
|
4 އޮކްޓޯބަރ 2017 | ބުދަ 12:14
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ހިންގާ ޕްރޮގުރާމްގެ ތެރެއިން
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ހިންގާ ޕްރޮގުރާމްގެ ތެރެއިން
އިކޮނޮމިކް މިނިސްޓްރީ
ކުދިއަދިމެދު ފަންތީގެ ވިޔަފާރި
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުރި ފުރުސަތުތަކާ ގުޅޭ ހާއްސަ ޕްރޮގުރާމްތަކެއް ހިންގަނީ
ޕްރޮގްރާމްގެ ދަށުން ލޯން ހޯދުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުރި ފުރުސަތުތަކާ ގުޅޭ މައުލޫމާތު ދިނުމަށް އިކޮނަމިކް މިނިސްޓްރީ އާއި ރާއްޖޭގެ މާލީ އިދާރާތަކާ ގުޅިގެން ހާއްސަ ޕްރޮގުރާމްތަކެއް ހިންގަމުންދާ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެފިއެވެ. 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އިކޮނަމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އިކޮނަމިކް މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދާ ޕްރޮގުރާމް ހިންގުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ހަ ސަރަހައްދެއްގައި ކަމަށެވެ. 

ތައުފީގް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރި ކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަށް އެރުވުމަށްޓަކައި މާލީ އިދާރާތަކުން ވަަރަށް ގިނަ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ނަމަވެސް އެންމެ އެކަށީގެންވާ ގޮތެއްގައި އެ މައުލޫމާތުތައް ކުދި ވިޔަފާރިތަކަށް ލިބިފައި ނުވާ ކަމަށް ތައުފީގް ވިދާޅުވިއެވެ. 

ތައުފީގް ވިދާޅުވީ ބައެއް ކުދި ވިޔަފާރިތައް ވަަރށް ރަނގަޅަށް ކުރިއަށްދާ ކަމަށާއި ނަމަވެސް އެފަދަ ވިޔަފާރިތައް ކުރިއަށް ގެންދިއުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ގޮތުގައި މާލީ ހިސާބުތައް ބެލެހެއްޓިފައި ނެތުން ކަމަށް ތައުފީގް ވިދާޅުވިއެވެ. އޭގެ ސަބަބުން މާލީ އިދާރާތަކުން ލޯން ހޯދުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދަތިތަކާ ކުރިމަތި ލާން ޖެހޭ ކަމަށް ތައުފީގް ވިދާޅުވިއެވެ. 

ތައުފީގް ވިދާޅުވީ މި ޕްރޮގުރާމްގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް މާލީ ހިސާބްތައް ފަސޭހަ ކަމާއެކު ބަލަހައްޓާނެ ގޮތްތައް ދަސްކޮށްދީ އެ ވިޔަފާރިތައް އިތުރަށް ކުރިއަށް ގެންދިއުމަށް މާލީ އިދާރީތަކުގެ ތެރެއިން އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް