ކ. މާލެ
|
4 އޮކްޓޯބަރ 2017 | ބުދަ 09:12
އިކޮނަމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް
އިކޮނަމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް
ރިޒްނާ ޒަރީރު
އެސްއެމްއީ ލޯން
އެސްއެމްއީ ލޯނަށް އެދި 200 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި
ސްކީމްގެ ދަށުން މި އަހަރު ދޫކުރަން ހަމަޖައްސާފައި ވަނީ 38 މިލިއަން ރުފިޔާ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް ނުވަތަ ފެށުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ "އެސްއެމްއީ ލޯން" ސްކީމަށް އެދި 200 އަށް ވުރެ ގިނަ ފަރާތުން މިހާތަނަށް  ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެފިއެވެ. 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އިކޮނަމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް ވިދާޅުވީ އެސްއެމްއީ ލޯނަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދަށް ހަމަވާނެ ކަމަށެވެ. 

ތައުފީގް ވިދާޅުވީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށް ކޮމެޓީ އަށް ފޮނުވުމަށް ފަހު އެ ދެ މަސް ދުވަސް ތެރޭގައި ޕްރޮޕާސަލްތައް ދިރާސާކޮށް ނިމޭނެ ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ލޯން ލިބުނު ފަރާތްތަކަށް އެކަން އަންގާ ލޯން ހަވާލު ކުރެވޭނެ ކަމަށް ތައުފީގް ވިދާޅުވިއެވެ. 

ތައުފީޤު ވިދާޅުވީ އެސްއެމްއީ ލޯން ސްކީމްގެ ދަށުން މި އަހަރު ދޫކުރަން ހަމަޖައްސާފައި ވަނީ 38 މިލިއަން ރުފިޔާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި އެސްއެމްއީ ލޯން ސްކީމްގެ ދަށުން ފައިނޭންސް ކުރެވޭ އެންމެ މަތީ އަދަދަކީ ވަކިފަރުދަކު ކުރާ ވިޔަފާރިއަކަށް ނަމަ ފަސްލައްކަ ރުފިޔާ އެވެ. ފާޓްނާޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ 1.5 މިލިއަން ރުފިޔާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް