ކ. މާލެ
|
3 އޮކްޓޯބަރ 2017 | އަންގާރަ 12:59
އެމްއައިޓީޑީސީން ތަރައްޤީ ކުރާ ބަރެސްދޫގެ ކުރެހުމެއް
އެމްއައިޓީޑީސީން ތަރައްޤީ ކުރާ ބަރެސްދޫގެ ކުރެހުމެއް
ބަރެސްދޫ
ބަރެސްދޫ
ބަރެސްދޫގެ ޕްރޮޖެކްޓްގެ ބައެއް އިމާރާތްތަކުގެ ކުރެހުންތައް ފާސްކޮށްފި
ބަރެސްދޫ ތަރައްޤީކޮށް ނިމޭއިރު 3000 އެނދާއެކު، ރިޒޯޓެއްގައި ލިބޭނެ ހުރިހާ ޚިދުމަތްތަކެއް ލިބެން ހުންނާނެ

މޯލްޑިވްސް އިންޓަރގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ލ. ބަރެސްދޫގައި ތަރައްޤީކުރާ އިންޓަރގްރޭޓެޑް ގެސްޓް ހައުސް ޕްރޮޖެކްޓްގެ ބައެއް ކުރެހުންތައް ފާސްކޮށްފި އެވެ.

ވޯޓަރ ސްޕޯޓްސް އަދި ޑައިވް ސެންޓަރތަކާއި ތިއޭޓަރ، އާކޭޑްސް އަދި ތީމް ޕާކްތަކާ އެކު ތަރައްޤީކުރާ ބަރެސްދޫގެ ބީޗް ކްލަބާއި ބާ އަދި ސްޕާ އާއި ވެލްނަސް ސެންޓަރުގެ އިތުރުން ރެސްޓޯރަންޓްތަކުގެ ކޮންސެޕްޓްގެ ކުރެހުންތައް ފާސްކޮށް ނިމިފައިވާ ކަމަށް އެމްއައިޓީޑީސީން ބުނެއެވެ. ގެސްޓްހައުސް އައިލެންޑެއްގެ ގޮތުގައި ތަރައްޤީ ކުރާ މިރަށުގެ ހުރިހާ ތަނެއް އިމާރާތް ކުރާނީ އެމްއައިޓީޑީސީން ކަމަށާއި، އެހެންނަމަވެސް ބަރެސްދޫގައި އިންވެސްޓް ކުރާ ފަރާތްތައް ބޭނުންވާ ގޮތަކަށް އިމާރާތްތައް ފަރުމާ ކުރުމުގެ ފުރުޞަތު ދޭނެ ކަމަށް އެމްއައިޓީޑީސީން ބުނެ އެވެ.

 

 

ބަރެސްދޫގައި 11 ރެސްޓޯރަންޓް ހެދުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ރެސްޓޯރަންޓެއްގެ ބޮޑު މިނުގައި 5700 އަކަ ފޫޓު ހުންނާނެ ކަމަށް އެމްއައިޓީޑީސީން ހާމަ ކުރެއެވެ. އަދި ކޮންމެ ރެސްޓޯރަންޓަކުން އެއްފަހަރާ 250 މީހުންނަށް ޚިދުމަތް ދެވޭނެ ކަމަށް އެކުންފުނިން ބުނެ އެވެ. މީގެ އިތުރުން ބަރެސްދޫގައި 3800 އަކަ ފޫޓުގެ ތިން ސްޕާ އަކާއި، 5000 އަކަ ފޫޓުގެ ތިން ބީޗް ކްލަބް ޤާއިމް ކުރާނެ ކަމަށް އެކުންފުނިން މަޢުލޫމާތު ދެއެވެ. މިހުރިހާ ތަނަކީ ވެސް އިންވެސްޓަރުންނަށް ހުޅުވާލެވިފައިވާ ތަންތަން ކަމަށް އެކުންފުނިން ބުނެއެވެ.

ބޮޑު މިނުގައި 72 ހެކްޓަރު ހުންނަ ބަރެސްދޫ ތަރައްޤީކޮށް ނިމޭއިރު 3،000 އެނދުގެ ޖާގަ އާއެކު، ރިޒޯޓެއްގައި ދޭ ހުރިހާ ޚިދުމަތެއް ލިބެން ހުންނާނެ ކަމަށް އެމްއައިޓީޑީސީން ބުނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް