ކ. މާލެ
|
2 އޮކްޓޯބަރ 2017 | ހޯމަ 18:46
"އެލްމޯބައިލް ޕްލަސް ޓޫ"ގެ ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
"އެލްމޯބައިލް ޕްލަސް ޓޫ"ގެ ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސިމާހާ ނަސީމް
އެލް މޯބައިލް
އެލް މޯބައިލްގެ އައު ފިހާރައެއް އަނެއްކާވެސް ހުޅުމާލޭގައި ހުޅުވައިފި
"އެލްމޯބައިލް ޕްލަސް ޓޫ" އިން ގޭތެރޭގައި ގެންގުޅޭ ސާމާނާއި މޯބައިލް ފޯންތައް ލިބެން ހުންނާނެ

އެލް މޯބައިލްގެ އައު ފިހާރައެއް "އެލް މޯބައިލް ޕްލަސް ޓޫ"ގެ ނަމުގައި ހުޅުމާލޭގައި ހުޅުވައިފި އެވެ.

އެލް މޯބައިލްގެ މެނޭޖަރ ހަސަން ރިފާއު ވިދާޅުވީ އެލް މޯބައިލްގެ ދެވަނަ ފިހާރަ ހުޅުވީ ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ހުޅުމާލެ ޗައިނާ ފުލެޓްތައް ހުންނަ ސަރަހައްދުގައި ކަމަށެވެ.

"އެލްގެ ހުރިހާ ފިހާރައަކުން ވެސް ކަސްޓަމަރުންނަށް ތަކެތި ބައްލަވައިގަންނަން ވަރަށް ފަސޭހަވާނެ މިހާރު. ސަބަބަކީ އެގޮތުން އިސްލާމިކް ބެންކާއި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ އާއި އީޒީ ޕޭ  މެދުވެރިކޮށްގެން އިންސްޓޯލްމަންޓަށް ތަކެތި ބަލައިގަތުމުގެ ފުރުސަތު މިވަނީ ހުޅުވާލައިފައި" ރިފާއު ވިދާޅުވި އެވެ.

ރިފާއު އިތުރަށް ވިދާޅުވީ އެލްމޯބައިލްގެ ހުރިހާ ފިހާރަތަކުން ވެސް ފަހުގެ ޕްރޮޑަކްޓްތައް ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެ ކަމަށާއި އެގޮތުން އެންމެ ފަހުގެ އައިފޯން އެކްސް ޕްލަސް ވެސް ލިބޭނެ ކަމަށެވެ.

"އެލްމޯބައިލް ޕްލަސް ޓޫ" އިން ގޭތެރޭގައި ގެންގުޅޭ ސާމާނާއި މޯބައިލް ފޯންތައް ލިބެން ހުންނާނެ އެވެ. އެގޮތުން ދޮންނަމެޝިނާއި ޓޯސްޓަރާއި މޯބައިލް ފޯނުގެ އެކި ބްރޭންޑްތައް ލިބެން ހުންނާނެ އެވެ.

"އެލްމޯބައިލް ޕްލަސް ޓޫ"ގެ ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ހަބޭސް ބޮޑުބެރު ގްރޫޕުން ވަނީ އެމީހުންގެ ހުށަހެޅުންތައް ނެށުމުގެ ފަރި ހަރަކާތްތަކާއި އެކު ހުށަހަޅައިދީ ފަ އެވެ.

   

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް