ކ. މާލެ
|
2 އޮކްޓޯބަރ 2017 | ހޯމަ 09:48
އެސްޓީއޯ
އެސްޓީއޯ
ގޫގުލް
އެސްޓީއޯ
އެސްޓީއޯއިން ބާޒާރުގައި ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި
ތެލުގެ އަގު ބޮޑުކޮށްފައިވަނީ ޑީސަލް ލީޓަރަކުން 0.53 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 0.57 ލާރި

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އެ ކުންފުނިން ވިއްކާ ޑީސަލާއި ޕެޓްރޯލުން ބޮޑުކޮށްފައި ވަނީ މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ތެލުގެ އަގު ބޮޑުކޮށްފައިވަނީ ޑީސަލް ލީޓަރަކުން 53 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 57 ލާރި އެވެ. އެހެން ކަމުން މިހާރު ޑީސަލް ލީޓަރެއް ލިބޭނީ 9.17ރ. އަށް އަދި ޕެޓްރޯލް ލީޓަރެއް 9.52ރ. އަށެވެ. ކުރިން ޑީސަލް ލީޓަރެއް ވިއްކަމުން އައީ 8.64ރ. އަށެވެ. ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 8.95ރ. އެވެ. އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު މިދިޔަ މަހު ވެސް ބޮޑުކޮށްފައި ވެއެވެ. 

އެސްޓީއޯއިން ބުނީ ތެލުގެ އަގު ބޮޑު ކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާ ގުޅިގެން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް