ކ. މާލެ
|
1 އޮކްޓޯބަރ 2017 | އާދީއްތަ 15:20
ބުކް ފެއާ
ބުކް ފެއާ
ގެޓީ އިމޭޖަސް
ނޮވެލްޓީ ބުކް ފެއާ
ނޮވެލްޓީ ބުކް ފެއާ: ގުރުއަތުން ހޮވޭ ފަރާތަކަށް 11،111.11 ޑޮލަރު
މި ފެއާ ނިމޭނީ މިމަހުގެ 7 ވަނަ ދުވަހުގައި

ނޮވެލްޓީ ބުކް ފެއާ ފަށައިގެން ކުރިއަށް ދާއިރު މިފަހަރު ވަނީ ގުރުއަތުން ހޮވޭ ފަރާތަކަށް 11،111.11 ޑޮލަރު ހުށައަޅާފައެވެ.

ނޮވެލްޓީން ކޮންމެ އަހަރަކު ވެސް ބާއްވަމުން ގެންދާ ބުކް ފެއާ ކުރިއަށް ދާނީ މިމަހުގެ 7 ވަނަ ދުވަހާ ހަމައަށެވެ. މި ފެއާ ކުރިއަށް ދާނީ ނޭޝަނަލް އާރޓް ގެލެރީގައެވެ. 

މި ގުރުއަތުގައި ބައިވެރިވުމަށް ކޫޕަން ދޫކުރާނީ ފެއާގައި ކުރާ ކޮންމެ 100ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއްގެ މަގުންނެވެ.

މައުރަޒުގެ ތެރެއިން 10 ޕަސެންޓުން ފެށިގެން 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް ނޮވެލްޓީއިން މައުލޫމާތު ދެއެވެ.

ނޮވެލްޓީއިން މައުލޫމާތު ދޭގޮތުގައި 100،000 އަށް ވުރެ ގިނަ ފޮތް މިފަހަރުގެ ފެއާއިން ލިބެން ހުންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް