ކ. މާލެ
|
30 ސެޕްޓެންބަރ 2017 | ހޮނިހިރު 11:04
އެމްޓީސީސީގެ ޓަވާ
އެމްޓީސީސީގެ ޓަވާ
މުހައްމަދު ޝަރުހާން
އެމްޓީސީސީ
އެމްޓީސީސީން ހިއްސާ ވިއްކަން ފަށަނީ
ހިއްސާ ވިއްކަން ފެށުމަށް ބާއްވާ ހާއްސަ ޖަލްސާ އޮންނާނީ މިރޭ

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ހިއްސާ ވިއްުކުމަށް ނިންމައިފިއެވެ. 

އެމްޓީސީސީ އިން މައުލޫމާތުދޭ ގޮތުގައި އެ ކުންފުނީގެ ހިއްސާ ވިއްކަން ފެށުމުގެ  ގޮތުން ހާއްސަ ރަސްމީއްޔާތެއް ބާއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ރަސްމީއްޔާތު ބޭއްވުމަސް ހަމަޖެހިފައި ވަނީ މިރޭ ހޮޓަލް ޖެންގައެވެ. 

އެމްޓީސީސީން ދިގު މުއްދަތަކަށް ފަހު އެ ކުންފުނީގެ ހިއްސާ ވިއްކުމަށް ނިންމިއިރު ވިއްކާނީ ކިހާ އަދަދެއްގެ ހިއްސާ އެއް ކަމެއް އަދި ހާމައެއް ނުކުރެއެވެ. އަދި ހިއްސާ ވިއްކާނީ ކިހާ ވަރަކަށް ކަމެއް ވެސް މިހާތަނަށް އެމްޓީސީސީ އިން ހާމަކޮށްފައެއް ނުވެއެވެ. 

އެމްޓީސީސީ އިން ހިއްސާ ވިއްކަން ފަށާއިރު އެ ކުންފުނީގެ އެންމެ ފަހުގެ އަހަރީ އާންމު ޖަލްސާއިން ނިންމީ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 24ރ. ބެހުމަށެވެ. 

އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް 12 މިލިއަން ރުފިޔާ ( ހިއްސާއަކަށް 24ރ.) ދިނުމަށް ފާސްކޮށްފަ އެވެ. މިގޮތަށް ފާސްވެފައި ވަނީ ހާޒިރުވެފައިވާ ހިއްސާދާރުންގެ 99 ޕަސެންޓް ވޯޓު ލިބިގެންނެވެ. އެމްޓީސީސީގެ އާންމު އަހަރީ ޖަލްސާއަށް 194 މީހުން ވަނީ ހާޒިރުވެފަ އެވެ.

އެމްޓީސީސީގެ 2016 ވަނަ އަހަރުގެ އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވާ އިރު ސާފު ފައިދާގެ ގޮތުގައި 115.3 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާ އިރު 26 ޕަސެންޓް ދަށް އަދަދެކެވެ. އެކުންފުންނިން ވަނީ ވިޔަފާރި ފުޅާކުރުމުގެ ގޮތުން ވެސް މިިދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން 124.8 މިލިއަން ރުފިޔާ ވިޔަފާރި ފުޅާ ކުރުމަށް ވަނީ ޚަރަދު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް