ކ. މާލެ
|
28 ސެޕްޓެންބަރ 2017 | ބުރާސްފަތި 09:38
ހެފްނަރ އެންމެ ފުރަތަމަ ޕްލޭބޯއީ މެގަޒިން ޝާއިއުކުރަން ފެށީ 1953 ވަނަ އަހަރު
ހެފްނަރ އެންމެ ފުރަތަމަ ޕްލޭބޯއީ މެގަޒިން ޝާއިއުކުރަން ފެށީ 1953 ވަނަ އަހަރު
ރޮއިޓަރސް
ޕްލޭބޯއީ ފައުންޑަރ މަރުވުން
ޕްލޭބޯއީ ފައުންޑަރ ހިއު ހެފްނަރ 91 އަހަރުގައި މަރުވެއްޖެ
ޕްލޭބޯއީ މެގަޒިން ނެރެން ފެށީ 1953 ވަނަ އަހަރު
މެގަޒިންވަނީ އެއް ދުވަސްވަރެއްގައި ދުނިޔޭގައި އެންމެ ގިނައިން ވިކުނު ފިރެހެނުންގެ މެގަޒިންއަށް ވެގެން ގޮސްފައި

ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން ނެރޭ ޕްލޭބޯއީ މެގަޒިންގެ ފައުންޑަރ ހިއު ހެފްނަރ އުމުރުން 91 އަހަރުގައި މަރުވެއްޖެއެވެ.

ޕްލޭބޯއީ އެންޓަޕްރައިސަސް ކޯޕަރޭޝަނުން ބުނީ އޭނާ މަރުވީ އާއްމު ގުދުރަތީ މަރަކުން ގޭގައި ކަމަށެވެ.

ހެފްނަރ އެންމެ ފުރަތަމަ ޕްލޭބޯއީ މެގަޒިން ޝާއިއުކުރަން ފެށީ 1953 ވަނަ އަހަރު އޭނާގެ ގޭ ބަދިގޭގައެވެ. އެ މެގަޒިން ވަނީ އެއް ދުވަސްވަރެއްގައި ދުނިޔޭގައި އެންމެ ގިނައިން ވިކުނު ފިރެހެނުންގެ މެގަޒިންއަށް ވެގެން ގޮސްފައެވެ. އެ ދުވަސްވަރު މަހަކު ހަތް މިލިއަން ކޮޕީ ވިކިފައި ވެއެވެ.

ހިއު ހެފްނަރގެ ފިރެހެން ދަރިފުޅު ކޫޕަރ ހެފްނަރ ބުނީ އެތައް ބަޔަކަށް އޭނާގެ ބައްޕަ ނެތުމުގެ ފަޅުކަން އިހުސާސް ކުރެވޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް