ކ. މާލެ
|
18 ސެޕްޓެންބަރ 2017 | ހޯމަ 12:50
ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު
ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު
ފޭސްބުކް
ރައީސް ނަޝީދު
ވަކީލުންގެ ދިފާއުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ތެދުވެ ވަޑައިގަތްކަމީ ރައްޔިތުންނަށް ލިބޭނެ ބޮޑު ހިތްވަރެއް: ރައީސް ނަޝީދު
ފާއިޒް ވަނީ ސަސްޕެންޑްކުރި ވަކީލުންގެ ދިފާއުގައި ފާއިޒާއެކު 35 ވަކީލަކު ވަނީ ސްޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅުއްވާފައި
56 ވަކީލުން ސަސްޕެންޑްކޮށްފައިވަނީ ސެޕްޓެމްބަރު 10 ވަނަ ދުވަހު

ވަކީލުންގެ ދިފާއުގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ތެދުވެ ވަޑައިގަތްކަމީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ ބޮޑު ހިތްވަރެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހޯމަ ދުވަހު ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ޝަރުއީ ދާއިރާގައި ހުރި ގިނަ މައްސަލަތައް ފާހަގަކޮށް އެކަންތައްތައް އިސްލާހު ކުރުމަށް ގޮވާލުމުން ސަސްޕެންޑް ކުރި 56 ވަކީލުންގެ ދިފާއުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒާއެކު ޖުމުލަ 35 ވަކީލަކު ސްޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅުއްވާފައި ވަނިކޮށެވެ.

 

ސަސްޕެންޑްކުރި ވަކީލުންގެ ދިފާއުގައި ނުކުމެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި  ފާއިޒާއި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ، ގާނޫނު އަސާސީ އެކުލަވާލި މަޖިލީހުގެ ނައިބު ރައީސް ޝާހީން ހަމީދު ހިމެނިވަޑައިގަންނަވައެވެ. ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާއި ކުރީގެ ޑެޕިއުޓީ އެޓަރނީޖެނެރަލް އަހުމަދު މުހައްމަދާއި މަޝްހޫރު ގާނޫނީ ވަކީލު މައުމޫނު ހަމީދާއި ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލާއި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވެސް ސަސްޕެންޑްކުރި ވަކީލުންގެ ދިފާއުގައި ސޮއި ކުރެއްވެވި އެވެ. މީގެ އިތުރުން ވެސް ކުރީގެ ގާޒީންނާއި މެޖިސްޓްރޭޓުންނާއި ކޯޓުތަކުގައި ވަކާލާތު ކުރައްވާ ގިނަ ވަކީލުން މި ލިސްޓްގައި ހިމެނިވަޑައިގަންނަވައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް