ހަތާ މޯލްޑިވްސްގެ ޕެޓްރޯލާއި ޑީސަލް ޝެޑެއް ގދ.ތިނަދޫގައި ހުޅުވައި، ހިދުމަތް ދޭން ފަށައިފި އެވެ.
ހަތާ މޯލްޑިވްސް ބުނީ ތިނަދޫގައި ޝެޑެއް ނެތުމުން ވެހިކަލްތަކަށް ތެޔޮ އަޅައިދިނުމުގެ ހިދުމަތް ފޯރުކޮށް ދެމުން އައީ ބައުޒަރު މެދުވެރިކޮށް ކަމަށެވެ.
ނަމަވެސް ޝެޑް ހުޅުވައި ހިދުމަށްދޭން ފެށުމުން ތިނަދޫގައި ވެހިކަލް ގެންގުޅޭ ފަރާތްތަކަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބި ހިދުމަތުގެ ފެންވަރު ރަގަޅުވެގެން ދާނެކަމަށް ހަތާ މޯލްޑިވްސްގެ މެނޭޖަރ އަހްލަމް ރުޝްދީ ވިދާޅުވިއެވެ.
ހަތާ މޯލްޑިވްސް އަށް 15 އަހަރު ފުރުމާދިމާކޮށް ހުޅުވި މިތަނުގައި ހަތާ މޯލްޑިވްގެ އޮފީހުގެ އިތުރުން ދިރާގުގެ ޕާރޓްނާ ޝޮޕްގެ ހިދުމަތްވެސް ލިބެން ހުންނާނެ ކަމަށް ހަތާ އަހްލަމް ވިދާޅުވިއެވެ.
އެންމެ ޒަމާނީ ފެންވަރަށް ތިނަދޫ ބަދަރުމަތީގައި ހަދާފައިވާ ޝެޑް ހުޅުއްވައި ދެއްވީ ދިރާގުގެ ހުވަދޫ މެނޭޖަރ މުންތާޒް ހުސެއިން އެވެ. ރަސްމިއްޔާތުގައި ހަތާ މޯލްޑިވްސްގެ އިސް ވެރިންނާއި، ސްޓާފުން އަދި ތިނަދޫގެ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ.
ހަތާ މޯލްޑިވްސް އަކީ 2002 ވަނަ އަހަރުންފެށިގެން ހުވަދު އަތޮޅުގައި އެންމެ ފުޅާކޮށް ޕެޓްރޯލް އަދި ޑީސެލް ގެ ހިދުމަތް ފޯރުކޮށްދެމުންއަންނަ ޕްރައިވެޓް ކުންފުންޏެވެ.
ހަތާ މޯލްޑިވްއިން ވިއްކާތެޔޮ ގދ.ތިނަދޫގެ އިތުރުން ގއ.ވިލިގިލީގައި ލިބެންހުރެއެވެ. އަދި ގއ.ކަންޑުހުޅުދޫގައި ތެލުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ތައްޔާރީތައް ދަނީ ކުރަމުން ކަމަށް އަހްލަމް ވިދާޅުވިއެވެ.