Advertisement
ކ. މާލެ
|
7 ޑިސެންބަރ 2025 | އާދީއްތަ 17:59
ބެނިންގެ ރައީސް ޕެޓްރިސް ޓެލޮން ގެ ސަރުކާރު ވައްޓާލި ކަމަށް ސިފައިންގެ ގްރޫޕަކުން ބެނިން ގެ ގައުމީ ޓީވީ އަށް ބަޔާނެއް ދެނީ - ޑިސެމްބަރު 7، 2025
ބެނިންގެ ރައީސް ޕެޓްރިސް ޓެލޮން ގެ ސަރުކާރު ވައްޓާލި ކަމަށް ސިފައިންގެ ގްރޫޕަކުން ބެނިން ގެ ގައުމީ ޓީވީ އަށް ބަޔާނެއް ދެނީ - ޑިސެމްބަރު 7، 2025
ރޮއިޓަރސް
ބެނިން
ބެނިން ގެ ސަރުކާރު ވައްޓާލުމަށް ކުރި ބަޣާވާތް ސަރުކާރަށް ވަފާތެރި ސިފައިން ހުއްޓުވައިފި ކަމަށް އެގައުމުގެ ދާޚިލީ ވަޒީރު ވިދާޅުވެއްޖެ
ބެނިންގެ އިސް އޮފިޝަލަކު ބީބީސީ އަށް ބުނީ، ރައީސް ސަލާމަތުން ހުންނެވި ކަމަށާއި، އޭނާ ހުންނެވީ ފަރަންސޭސި އެމްބަސީ ގައި ކަމަށް.

ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ބެނިން ގެ ސަރުކާރު ވާއްޓާލަން ސިފައިންގެ ގުރޫޕަކުން ހިންގަން އުޅުނު ބަޣާވާތް ސަރުކާރަށް ވަފާތެރި ސިފައިން ނާކާމިޔާބު ކޮށްލައިފި ކަމަށް އެ ގައުމުގެ ދާޚިލީ ވަޒީރު އިއުލާންކޮށްފި އެވެ.

އާދިއްތަ ދުވަހު ލެފްޓިނަންޓް ކާނަލް ޕާސްކަލް ޓިގްރީގެ އިސްވެ ހުރެ ސިފައިންގެ ގުރޫޕަކުން ގައުމީ ޓީވީ ގައި ރައީސް ޕެޓްރިސް ޓެލޮން ރައީސް ކަމުން ދުރުކޮށް ޤާނޫނުއަސާސީ ސަސްޕެންޑް ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

ސޯޝަލް މީޑިއާ ޕޯސްޓްތަކެއް ގައި، ބެނިން ގައި ހުންނަ ފަރަންސޭސި އެމްބަސީން ބުނީ، ރައީސްގެ ގެކޮޅުގެ ކައިރީގައި ބަޑިޖަހާ އަޑު އިވިފައިވާކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ހާދިސާ ދުށް ފަރާތްތަކުން ބީބީސީ އަށް މައުލޫމާތު ދެމުން ބުނީ، އެފަރާތްތަކަށް ބަޑީގެ އަޑު އިވިފައިވާކަމަށާއި، ސަރުކާރުގެ ބްރޯޑްކާސްޓަރ ގައި މަސައްކަތްކުރާ ބައެއް ޖާނަލިސްޓުން ބަންދުކޮށްފައިވާކަމަށެވެ.

ރިޔާސީ މުޝީރަކު ފަހުން ބީބީސީ އަށް ބުނީ، ރައީސް ސަލާމަތުން ހުންނެވި ކަމަށާއި، އޭނާ ހުންނެވީ ފަރަންސޭސި އެމްބަސީ ގައި ކަމަށެވެ.

އެފްރިކާގެ ޗާޓު ގައި ބެނިން އޮންނަ ސަރަހައްދު

"އާދީއްތަ ދުވަހުގެ ހެނދުނު، 7 ޑިސެމްބަރު 2025، ސިފައިންގެ ކުޑަ ގުރޫޕަކުން ދައުލަތާއި ދައުލަތުގެ މުއައްސަސާތަކަށް ލޮޅުން އަރުވާލުމުގެ ބޭނުމުގައި ބަޣާވާތެއް ފަށައިފި،" ދާހިލީ ވަޒީރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ހުވަޔަށް ވަފާތެރި ސިފައިންނާއި ސިފައިންގެ ވެރިން މަސައްކަތް ކޮށް ބަޣާވާތް ނާކާމިޔާބު ކޮށްލާފައިވާ ކަމަށެވެ.

އެހެން ކަމުން ރައްޔިތުން އާންމު ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް ދާޚިލީ ވަޒީރުގެ ބަޔާނުގައި ބުނެފައި ވެއެވެ.

ވެރި ރަށް ކޮޓޮނޫ ގެ މަތިން ހެލިކޮޕްޓަރުތައް އުދުހެމުން ދާ ކަމަށާއި ގިނަ އަދަދެއްގެ ސިފައިން މަގުތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށް ރިޕޯޓް ތައް ބުނެ އެވެ.

ކުރީގެ ފަރަންސޭސި ކޮލޮނީ އެއް ކަމަށްވާ ބެނިން އަކީ އެފްރިކާ ގައި އެންމެ ސުލްހަވެރި ޑިމޮކްރަސީ އޮތް ގައުމުގެ ގޮތުގައި މިހާތަނަށް ބެލެވިފައިވާ ގައުމެވެ.

މިއީ އެފްރިކާ ގައި އެންމެ ގިނައިން ކަފަ އުފައްދާ އެކްސްޕޯޓު ކުރާ ގައުމު ކަމުގައި ވިޔަސް، ދުނިޔޭގެ އެންމެ ފަޤީރު ގައުމުތަކުގެ ތެރޭގައި ބެނިން ހިމެނެއެވެ.

- ކޮމެންޓް