އެތައް ބަޔަކު އިންތިޒާރު ކުރަމުންދިޔަ 'ޕަރީ' ގެ ޓްރެއިލަރ ރިލީޒްކުރުމަށް ކ. ހިންމަފުށީ ގައި ޕަރީ ފެސްޓިވަލް އެއް ބާއްވައިފި އެވެ.
ހިންމަފުށީ ގައި ބޭއްވި މި ފެސްޓިވަލްގެ ތެރެއިން 'ޕަރީ' ގެ ޓްރެއިލަރ ރިލީޒްކޮށްދެއްވީ ކައުންސިލްގެ ނައިބް ރައީސް ސުޒެއިން ހަލީލު އެވެ.
ވަރަށް ބޮޑު ތަރުހީބެއް ލިބުނު މިފެސްޓިވަލްގެ ތެރެއިން ކުޑަ ކުދިންނަށް ހާއްސަކޮށްގެން ތަފާތު ގިނަ ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ.
މި ފިލްމުގެ އެއް ޕްރިޑިއުސަރ އަދި ޑައިރެކްޓަރ އަލީ ސީޒަން ރާއްޖެއެމްވީ އަށް ބުނީ ފެސްޓިވަލްގެ ތެރެއިން ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ކުރީ ޒަމާނުގައި ކުޅުނު ކުޅިވަރުތައް ކޮންމެވެސް ވަރަކަށް މޮޑިފައި ކޮށްގެން ކުދިން ގަޔާވާ ގޮތަށް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ކޮންމެ ކުޅިވަރެއްގައި ވެސް ބައިވެރިވެގެން ހާއްސަ އިނާމް ތަކެއް ދީފައިވާ ކަމަށެވެ.
އަދި މި ފިލްމުގެ ޕްރޮމޯޝަންގެ ތެރެއިން މިފަދަ ގިނަ ފެސްޓިވަލްތައް އަދިވެސް ކުރިއަށް އެބަހުރި ކަމަށް ސީޒާން ބުންޏެވެ.
ސީޒަން ބުނީ ޓްރެއިލަރ ލޯންޗް ކުރި ފަހުން މިވީ ވަގުތުކޮޅު ތަކުގެ ތެރޭގައި، މިހާތަނަށް ޓްރެއިލަރ އެއް ވަރަށް ރަނގަޅު ތަރުހީބެއް ލިބިފައިވާ ކަމަށާއި މިއީ މުޅި ކެރިއަރ ގައި ވެސް މިހާތަނަށް އެންމެ ގިނަ މީހުންގެ މިހާ ބޮޑު ސަޕޯޓެއް ލިބުނު ޓްރެއިލަރ ކަމަށެވެ.
މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ ތަރިންގެ މޮޅު ހުނަރު ފެނިގެންދާ މިޓްރެއިލާ އިން ބިރުވެރި ކަންތައްތަކެއް ހިންގާ އެންމެން ހާސްކަމެއްގެ ތެރޭގައި ތިބޭ މަންޒަރު ފެނެ އެވެ.
މި ފިލްމަކީ ބެލުންތެރިންނާއި ހަމައަށް ގެނެސްދޭ ވަރަށް ވެސް ތަފާތު ފިލްމަކަށް ވާއިރު މިއީ މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމެކެވެ. މިފިލްމު ވެގެންދާނީ އަންނަ އަހަރު ސިނަމާއިން ފެންނާނެ އެންމެ މޮޅު ފިލްމަކަށެވެ.
މި ފިލްމަކީ އަހުމަދު އަހުސަން އާއި އަލީ ސީޒަން ޕްރޮޑިއުސްކުރާ ފިލްމަކަށް ވާއިރު، މިއީ ދިވެހި ސިނަމާ އަށް ތިން އަހަރަށް ފަހު ސީޒަން ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ.
މި ފިލްމުގެ ޓްރެއިލާ ރިލީޒް ކޮށްފައިވާއިރު، ޓިކެޓް ވިއްކުން މި ޑިސެމްބަރު މަހުގެ ތެރޭގައި ފައްޓާނެ އެވެ. އަދި މި ފިލްމް ވެގެންދާނީ ފަހުގެ ތާރީހުގައި ދިވެހި ސިނަމާ އަށް، ބެލުންތެރިންނާި ހަމައަށް ގެނެސްދޭ އެންމެ ތަފާތު ބޮޑު ބިރުވެރި ފިލްމަށެވެ.
ފިލްމުގެ ކާސްޓުންނަކީ ފިލްމް ޝައުގުވެރިކޮށްދޭ އަނެއް ސަބަބެވެ. ފިލްމްގެ ކާސްޓުންގެ ތެރޭގައި ޝީލާ ނަޖީބް، ރިޝްމީ ރަމީޒް، އައިޝަތު ލަމްސާ ލަތީފް، ޖުމައްޔިލް ނިމާލް، މުހައްމަދު ނައުޝާދު އަލީގެ އިތުރުން އަލީ ސީޒަން ފަދަ މޫނުތައް ފާހަގަކޮށްލެވެއެވެ. ފިލްމްގެ ކާސްޓުންގެ ގޮތުގައި ތިބީ ދިވެހިންގެ ތަރުހީބު ލިބިފައިވާ ކުޅަދާނަ ފަންނާނުން ކަމަށް ވުމާއި އެކު މި ކާސްޓާއި އެކު ޕަރީ ފިލްމް ދިވެހިންނާއި ހަމައަށް އަންނާނެ އިރެއްގެ އިންތިޒާރުގައި މިހާރުވެސް ސިނަމާ އަށް ލޯބިކުރާ އެތައް ބަޔަކު ތިބިކަން ފާހަގަކޮށްލެވެ އެވެ.
ޕަރީގެ ޓީމުން މިފިލްމުގެ ޕްރޮމޯޝަނަށް ގިނަ މަސައްކަތެއް ކުރަމުންދާއިރު، އެންމެ ފާހަގަކޮށްލެވުނީ މިހާތަނަށް ފިލްމެއްގެ ޕްރޮމޯޝަންގެ މަސައްކަތް ކުރުމަށްޓަކައި ތަފާތު ކަމެއް މިޓީމުން ކޮށްފައިވާ ކަމެވެ. އެގޮތުން ޖަގަހަ – ހައުސް އޮފް ޕަރީގެ ނަމުގައި ޖަގަހަ އެއް ހުޅުވާފައިވާއިރު، މިތަން ހުންނަނީ އޭޑީކޭ އުތުރު މަގު ގައި ކަމަށް ސީޒަން ބުންޏެވެ.