Advertisement
ކ. މާލެ
|
6 ޑިސެންބަރ 2025 | ހޮނިހިރު 11:09
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ގާނޫނީ ވަކީލު މުސްތަފާ ހަމީދު ވާހަކަ ދައްކަވަނީ
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ގާނޫނީ ވަކީލު މުސްތަފާ ހަމީދު ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ޝަރުއީ ދާއިރާ
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރައްޔިތުން ނިންމާ ނިންމުމެއް 2028 ވަނަ އަހަރު ކޯޓުން ބަދަލު ކުރާނެ: ވަކީލު މުސްތަފާ
ރާއްޖޭގެ މިހާރު ހިންގަމުންދާ މިދާ ސިސްޓަމަށް ބަލާއިރު، ރައްޔިތުން ނުރުހުން އޮތް މިންވަރު ހާމަވޭ
މުޅި ނިޒާމު މި ސަރުކާރުގެ ބޭފުޅުންނަށް ކޮންޓްރޯލް ކުރެވޭ ގޮތަށް ބައްޓަން ކުރުމުގެ މަސައްކަތް ދަނީ ކުރަމުން
ރައްޔިތުންގެ ހައްގުގައި ބަސްބުނާނެ އަދި މަސައްކަތް ކުރާނެ މިނިވަން މުއައްސަސާއެއް ނެތް

ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރައްޔިތުން ނިންމާ ނިންމުމެއް 2028 ވަނަ އަހަރު ކޯޓުން ބަދަލު ކުރާނެ ކަމަށް ގާނޫނީ ވަކީލު މުސްތަފާ ހަމީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ވަކީލު މުސްތަފާ ވަނީ ޝަރުއީ ދާއިރާ މިނިވަން ކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

މުސްތަފާ ވިދާޅުވީ ރާއްޖޭގެ ތާރީޚުހުގައި ފުރަތަމަ ކޯޓަކުން ރައްޔިތުން ނިންމާ ނިންމުމެއް ބަދަލު ކުރާނެ ކަމަށާއި، 2028 ވަނަ އަހަރު އެ މަންޒަރު ފެންނާނެ ކަމަށެވެ. އަދި އެއީ ޝައްކަތްވެސް އޮތް ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މުސްތަފާ ވިދާޅުވީ، ރާއްޖޭގެ މިހާރު ހިންގަމުންދާ މިދާ ސިސްޓަމަށް ބަލާއިރު، ރައްޔިތުން ނުރުހުން އޮތް މިންވަރު ހާމަ ވަމުންދާ ކަމަށެވެ. މިހާރުގެ ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދާއި، ވޯޓު ނުލިބޭނެކަން ޔަގީންވާތީ މުޅި ނިޒާމު މި ސަރުކާރުގެ ބޭފުޅުންނަށް ކޮންޓްރޯލް ކުރެވޭ ގޮތަށް ބައްޓަން ކުރަމުންދާ ކަމަށް މުސްތަފާ ވިދާޅުވި އެވެ. އަދި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ވެސް މިލިޓަރީ ބެކްގްރައުންޑް އޮތް ބޭފުޅުން އައްޔަން ކުރަމުންދާ ކަމަށާއި، އެއީ މި މަސައްކަތުގެ ބައެއް ކަމަށެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ރާއްޖޭގެ ތަރީހުގައި ފުރަތަމަ ފަހަރަށް ރައްޔިތުން ނިންމާ ނިންމުމެއް ބަދަލު ކުރާނެ 2028 ގައި ކޯޓުން. ރިކޯޑަށްޓަކައި މައްސަލައެއް ނެތް ބޭންދިޔަސް. ދިވެހި ރާއްޖޭގައި ތާރީހުގައި ފުރަތަމަ ފަހަރަށް ރައްޔިތުން އިލެކްޝަނެއްގައި ނިންމާ ނިންމުން ކޯޓުން ބާތިލް ކުރާނެ. އެއީ އަޅުގަނޑަށް ޔަގީން.

ގާނޫނީ ވަކީލު މުސްތަފާ ހަމީދު

މިނިވަން މުއައްސަސާތަކާ ސަރުކާރުގެ އޮފީސްތަކަށް އިޝާރާތް ކުރައްވައި މުސްތަފާ ވިދާޅުވީ މުޒަހަރާއެއްގައި މީހަކު ދެއްކި ވާހަކާއަކާ ގުޅިގެން ހުރިހާ ތަނަކުން ކުއްލި އަކަށް ބަޔާންތައް ނެރުނު މަންޒަރު ފެނިގެން ދިޔަ ކަަމަށެވެ. އެއީ މިފަދަ ހަލާތްތަކުގައި އަމަލު ކުރާ ގޮތް ކަމަށާއި، ނަމަވެސް ރައްޔިތުންގެ ހައްގުގައި ބަސްބުނާނެ އަދި މަސައްކަތް ކުރާނެ މިނިވަން މުއައްސަސާއެއް މި ގައުމުގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

- ކޮމެންޓް