އެތައް ބަޔަކު އިންތިޒާރު ކުރަމުންދިޔަ 'ޕަރީ' ގެ ޓްރެއިލަރ ރިލީޒްކޮށްފި އެވެ.
މިފިލްމުގެ ލީޑު ރޯލުން ފެނިގެންދާ ތަރިންގެ މޮޅު ހުނަރު ފެނިގެންދާ މިޓްރެއިލާ އިން ބިރުވެރި ކަންތައްތަކެއްގެ ހިންގާ އެންމެން ހާސްކަމެއްގެ ތެރޭގައި ތިބޭ މަންޒަރު ފެނެ އެވެ.
މިފިލްމަކީ ބެލުންތެރިންނާއި ހަމައަށް ގެނެސްދޭ ވަރަށް ވެސް ތަފާތު ފިލްމަކަށް ވާއިރު މިއީ މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމެކެވެ. މިފިލްމު ވެގެންދާނީ އަންނަ އަހަރު ސިނަމާއިން ފެންނާނެ އެންމެ މޮޅު ފިލްމަކަށެވެ.
މި ފިލްމަކީ އަހުމަދު އަހުސަން އާއި އަލީ ސީޒަން ޕްރޮޑިއުސްކުރާ ފިލްމަކަށް ވާއިރު، މިއީ ދިވެހި ސިނަމާ އަށް ތިން އަހަރަށް ފަހު ސީޒަން ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ.
މިފިލްމުގެ ޓްރެއިލާ ރިލީޒް ކޮށްފައިވާއިރު، ޓިކެޓް ވިއްކުން މި ޑިސެމްބަރު މަހުގެ ތެރޭގައި ފައްޓާނެ އެވެ. އަދި މި ފިލްމް ވެގެންދާނީ ފަހުގެ ތާރީހުގައި ދިވެހި ސިނަމާ އަށް، ބެލުންތެރިންނާި ހަމައަށް ގެނެސްދޭ އެންމެ ތަފާތު ބޮޑު ބިރުވެރި ފިލްމަށެވެ.
ފިލްމުގެ ކާސްޓުންނަކީ ފިލްމް ޝައުގުވެރިކޮށްދޭ އަނެއް ސަބަބެވެ. ފިލްމްގެ ކާސްޓުންގެ ތެރޭގައި ޝީލާ ނަޖީބް، ރިޝްމީ ރަމީޒް، އައިޝަތު ލަމްސާ ލަތީފް، ޖުމައްޔިލް ނިމާލް، މުހައްމަދު ނައުޝާދު އަލީގެ އިތުރުން އަލީ ސީޒަން ފަދަ މޫނުތައް ފާހަގަކޮށްލެވެއެވެ. ފިލްމްގެ ކާސްޓުންގެ ގޮތުގައި ތިބީ ދިވެހިންގެ ތަރުހީބު ލިބިފައިވާ ކުޅަދާނަ ފަންނާނުން ކަމަށް ވުމާއި އެކު މި ކާސްޓާއި އެކު ޕަރީ ފިލްމް ދިވެހިންނާއި ހަމައަށް އަންނާނެ އިރެއްގެ އިންތިޒާރުގައި މިހާރުވެސް ސިނަމާ އަށް ލޯބިކުރާ އެތައް ބަޔަކު ތިބިކަން ފާހަގަކޮށްލެވެ އެވެ.
ޕަރީގެ ޓީމުން މިފިލްމުގެ ޕްރޮމޯޝަނަށް ގިނަ މަސައްކަތެއް ކުރަމުންދާއިރު، އެންމެ ފާހަގަކޮށްލެވުނީ މިހާތަނަށް ފިލްމެއްގެ ޕްރޮމޯޝަންގެ މަސައްކަތް ކުރުމަށްޓަކައި ތަފާތު ކަމެއް މިޓީމުން ކޮށްފައިވާ ކަމެވެ. އެގޮތުން ޖަގަހަ – ހައުސް އޮފް ޕަރީގެ ނަމުގައި ޖަގަހަ އެއް ހުޅުވާފައިވާއިރު، މިތަން ހުންނަނީ އޭޑީކޭ އުތުރު މަގު ގައި ކަމަށް ސީޒަން ބުންޏެވެ.
މިފަދަ ގޮތަކަށް ޖަގަހައެއް ހުޅުވީ ގިނަ އަދަދެއްގެ ފިލްމީ ތަރިންގެ ބައިވެރިވުމާއި އެކު އުފައްދާފައިވާ ފިލްމަކަށްވާއިރު، މިފިލްމުގެ ޕްރޮމޯޝަންގެ މަސައްކަތް ކުރިއަށްދާ ދުވަސްވަރު އެންމެން އެއްތަނަކުން ބައްދަލުވެ، ފިލްމުގެ ޕްރޮމޯޝަންގެ މަސައްކަތް ފަސޭހަ ކަމާއި އެކު ކުރެވޭނެ ގޮތެއް ހޯދައިދިނުމުގެ ގޮތުން ކަމަށް ސީޒަން ވަނީ ބުނެފަ އެވެ.
އަދި މިފިލްމުގެ ޕްރޮމޯޝަނަލް މެޓީއަރިއަލްތައް ވެސް އެ ޖަގަހައިން ލިބެން ހުންނާނެ ކަމަށް ސީޒަން ބުންޏެ އެވެ. މީގެ އިތުރުންވެސް މިފިލްމުގެ ޕްރޮމޯޝަންގެ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް އެބަގެންދެ އެވެ.