Advertisement
ކ. މާލެ
|
3 ޑިސެންބަރ 2025 | ބުދަ 15:09
މުދަލު ޒަކާތް އިސްލާމިކް މިނިސްޓްރީން ބަލައިގަތުން
މުދަލު ޒަކާތް އިސްލާމިކް މިނިސްޓްރީން ބަލައިގަތުން
އިސްލާމިކް މިނިސްޓްރީ
ރައްޔިތުންގެ މަޖިލިސް
ޒަކާތު ގެ ބިލު މަޖިލީހުން ފާސްކޮށްފި
ބިލު ދިރާސާ ކުރުމަށްފަހު އިޖުތިމާއީ ކޮމިޓީއިން ވަނީ ބިލަށް ބައެއް އިސްލާހުތައް ގެނަސްފައި
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ޒަކާތު ފަންޑުގެ ނަމުގައި ފަންޑެއް އުފެދޭނެ
ބިލު ތަސްދީގުވެ ގާނޫނަކަށްވާތާ ދެ މަސް ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލްގެ ނަމުގައި ކައުންސިލެއް އުފައްދަން ޖެހޭނެ

ދިވެހިރާއްޖޭ ގައި ޒަކާތް ދެއްކުމާއި، ބަލައިގަތުމާއި ޒަކާތު ގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ހުށަހެޅި ޒަކާތު ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ބުދަ ދުވަހު ގެ ރައްޔިތުންގެ މަޖިލީހު ގެ ޖަލްސާގައި މި ބިލު ފާސްކޮށްފައި ވަނީ 63 މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރު ގެ ފަރާތުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު ހުށަހެޅުއްވި މި ބިލު ދިރާސާ ކޮށްފައި ވަނީ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީ އިންނެވެ. ކޮމިޓީ އިން ބިލު ދިރާސާ ކުރުމުގައި ޒަކާތު ހައުސްގެ ކަމާގުޅުން ހުރި ބޭފުޅުންނާ ވެސް ބައްދަލު ކޮށްފައިވެ އެވެ.

ބިލު ދިރާސާ ކުރުމަށް ފަހު އިޖުތިމާއީ ކޮމިޓީ އިން ވަނީ ބިލަށް ބައެއް އިސްލާހުތައް ގެނަސްފަ އެވެ.

ބިލުގައި ބުނީ މި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އަމާނާތްތެރި ކަމާއެކު ބަލަހައްޓާ، އެ ފައިސާ ޒަކާތުގެ ބެހެނިވެރިންނާ ބޭނުންތަކަށް ދޫކުރުމާ، ޝަރީއަތާ އެއްގޮތްވާ ގޮތުގެ މަތިން އިންވެސްޓު ކުރުމަށް 'ޒަކާތު ފަންޑު' ގެ ނަމުގައި ފަންޑެއް އުފެދޭނެ ކަމަށެވެ.

މި ފަންޑު ބަލަހައްޓާނީ މާލިއްޔަތާ ބެހޭ މިނިސްޓްރީ އިން ކަނޑައަޅާ ގޮތެއްގެ މަތިން ޕަބްލިކް ބޭންކް އެކައުންޓާ ވަކިން އެމްއެމްއޭ ގައި ގާއިމް ކުރެވޭ ވަކި އެކައުންޓެއް ގައި ކަމަށް ކޮމިޓީ އިން ހުށަހެޅި އިސްލާހުގައި ވެއެވެ.

ބިލުގައި ބަޔާން ކޮށްފައި ވާގޮތުން ޒަކާތުގެ ކަސްޓޯޑިއަން ގެ ގޮތުގައި މަސައްކަތް ކުރާނީ އެމްއެމްއޭ އެވެ.

މި ބިލު ތަސްދީގުވެ، ގާނޫނަކަށްވާތާ ދެ މަސް ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލްގެ ނަމުގައި ކައުންސިލެއް އުފައްދަން ޖެހޭނެ އެވެ.

އެ ކައުންސިލްގައި ތިއްބަވާނީ އިސްލާމިކް މިނިސްޓަރާއި، ޑިރެކްޓަރު ޖެނެރަލަކާއި، އެމްއެމްއޭއިން ކަނޑައަޅާ މުވައްޒަފަކާއި، ގުރުއާނާ ބެހޭ މަރުކަޒުގެ މުވައްޒަފަކާއި، ފިނޭންސް މިނިސްޓްރީގެ މުވައްޒަފަކާއި، ފަތުވާދޭ މަޖިލީހުގެ މުވައްޒަފަކާއި، މިނިސްޓްރީގެ މުވައްޒަފެއްގެ އިތުރުން، ޒަކާތުގެ ކަންކަން ދަންނަ ދެ މާހިރުން ތިބެން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބަޔާން ކޮށްފަ އެވެ.

- ކޮމެންޓް