އެންމެ ފަހުން ކުޅުނު މެޗުތަކަށް ފަހު، މިހާރު ވަނީ 48 ޖާގައިގެ ތެރެއިން 42 ޖާގަ ކަށަވަރުވެފަ އެވެ. ތިރީގައި މިވަނީ ސަރަހައްދުތަކަށް ބެހިފައިވާ ގޮތުގެ ފުރިހަމަ ތަފްސީލެވެ:
މުބާރާތް ބާއްވާ ގައުމުތައް: ކެނެޑާ، މެކްސިކޯ، އެމެރިކާ
އޭއެފްސީ: އޮސްޓްރޭލިއާ، އީރާން، ޖަޕާން، އުރުދުން، ދެކުނު ކޮރެއާ، ގަތަރު، ސައުދީ އަރަބިއްޔާ، އުޒްބެކިސްތާން
ސީއޭއެފް: އަލްޖީރިއާ، ކޭޕް ވާޑޭ، އައިވަރީ ކޯސްޓް، މިސްރު، ގާނާ، މޮރޮކޯ، ސެނެގާލް، ދެކުނު އެފްރިކާ، ޓިއުނީޝިއާ
ކޮންކަކަފް: ކުރަސައު، ހެއިޓީ، ޕެނަމާ
ކޮންމެބޯލް: އާޖެންޓީނާ، ބްރެޒިލް، ކޮލޮމްބިއާ، އިކުއެޑޯ، ޕެރަގުއޭ، އުރުގުއޭ
އޯއެފްސީ: ނިއުޒީލެންޑް
ޔޫއެފާ: އޮސްޓްރިއާ، ބެލްޖިއަމް، ކްރޮއޭޝިއާ، އިނގިރޭސިވިލާތް، ފްރާންސް، ޖަރުމަނު، ނެދަލެންޑްސް، ނޯވޭ، ޕޯޗުގަލް، ސްކޮޓްލެންޑް، ސްޕެއިން، ސްވިޓްޒަލެންޑް.
މުބާރާތުގައި ވާދަކުރާ 48 ޓީމު ކަށަވަރުވެ އެނގިގެން ދާނީ 31 މާރިޗު 2026 އާ ހަމައިންނެވެ.
ޔޫރަޕްގެ ޕްލޭއޮފް އާއި އިންޓަރކޮންޓިނެންޓަލް ޕްލޭއޮފް ގެ ފައިނަލް މެޗުތައް ކުޅޭނީ މާރޗު 2026 ގައެވެ. މީގެ މާނަ އަކީ، މުބާރާތް ފެށުމަށް ތިން މަހަށް ވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ނޫނީ ކޮލިފައިވި ހުރިހާ ޓީމެއްގެ ލިސްޓު ފުރިހަމަ ނުވާނެ ކަމެވެ.
ޔޫރަޕްގެ ޕްލޭއޮފް ގައި ވާދަކުރާ ޓީމުތައް (16 ޓީމު، ބާކީ 4 ޖާގަ)
އަލްބޭނިއާ، ބޮސްނިއާ އެންޑް ހާޒިގޮވީނާ، ޗެކިއާ، ޑެންމާކް، އިޓަލީ، ކޮސޯވޯ، ޕޮލެންޑް، ރިޕަބްލިކް އޮފް އަޔަލެންޑް، ސްލޮވާކިއާ، ތުރުކީ، ޔޫކްރެއިން، ވޭލްސް، ރޫމޭނިއާ، ސްވިޑެން، ނޮދަން އަޔަލެންޑް، އުތުރު މެސެޑޯނިއާ.
ހަތަރު ފަހަރުގެ ވޯލްޑް ޗެމްޕިއަން، އިޓަލީ އަކީ ކޮލިފައިން ގްރޫޕުގެ އެއްވަނަ ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބު ވުމުން ހާސްކަން ބޮޑު މި މަރުހަލާ އަށް އައި ޓީމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ޓީމެވެ.
އިންޓަރކޮންޓިނެންޓަލް ޕްލޭއޮފް ގެ ޓީމުތައް (6 ޓީމު، ބާކީ 2 ޖާގަ)
އިރާގު، ޑީއާރު ކޮންގޯ، ޖެމެއިކާ، ސުރިނާމް، ނިއު ކެލެޑޯނިއާ، ބޮލީވިއާ
ފުޓްބޯޅައިގެ ނަން ހިނގާ ބައެއް ގައުމުތައް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިން އިން ވަނީ ހައިރާންކުރުވަނިވި ގޮތަކަށް ކަޓައިގެން ގޮސްފައެވެ. މިއީ، އަންނަ އަހަރުގެ މުބާރާތުގެ ވާދަވެރިކަމަށް ބަދަލުތަކެއް އަންނާނެ ކަމެކެވެ. ނައިޖީރިއާ ގެ ކެމްޕޭން ނިމުމަކަށް އައީ ކޮންގޯ އަތުން ބަލިވުމުންނެވެ. އަދި ކުރިން ސެމީ ފައިނަލުގައި ވާދަކޮށްފައިވާ ޗިލީ ވެސް ވަނީ މުބާރާތުން ކަޓައިފައެވެ. ދެވަނަ ފަހަރަށް ވޯލްޑް ކަޕުގައި ވާދަ ކުރުމުގެ ޗައިނާގެ އުންމީދުތައް ވެސް ވަނީ ކޮލިފައިންގެ ކުރީކޮޅު ނިމިފައެވެ. އަދި ކެމަރޫން، މާލީ، ކޮސްޓަރިކާ، ގްރީސް އަދި ސާބިއާ ފަދަ ޓީމުތައް ވެސް ވަނީ ކޮލިފައިން ގައި ދަށް ކުޅުމެއް ދައްކައި، ފުރުސަތުތައް ނަގާލުމު ގެ ސަބަބުން ކަޓައިފައެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ޕޯޗުގަލްގެ ތަރި ވަނީ މިއީ އޭނާގެ ފަހު ވޯލްޑް ކަޕް ކަން ކަށަވަރު ކޮށްދީފައެވެ:
”އެއީ ޔަގީން ކަމެއް... އަހަރެންގެ އުމުރުން 41 އަހަރު ވާނެ.“
ކޮލިފައިން ގައި ރަތް ކާޑެއް ދެއްކި ނަމަވެސް، އޭނާގެ ފަހު ވޯލްޑް ކަޕުގައި ޕޯޗުގަލް އަށް ކެޕްޓަންކަން ކޮށްދިނުމަށް އޭނާ ހުރީ ތައްޔާރަށެވެ.
ލިއޮނެލް މެސީ
މެސީ ވަނީ އާޖެންޓީނާ އާ އެކު ވޯލްޑް ކަޕް ދިފާއު ކުރުމަށް ބޭނުންވާ ކަމަށް ބުނެފައެވެ. ނަމަވެސް އެކަން ކަށަވަރެއް ނުކޮށްދެއެވެ. އޭނާ ބުނި ގޮތުގައި މުބާރާތުގައި ކުޅެވޭނީ އޭނާގެ ފިޓްނަސް ހުރި ގޮތަކުންނެވެ:
”އަހަރެން އެކަން ވަޒަން ކުރާނަން... އަދި އަހަންނަށް ހަގީގަތުގައި ވެސް 100 އިންސައްތަ ފިޓްކޮށް ހުރެވޭތޯ ބަލާނަން.“
ތާރީޚު: 5 ޑިސެމްބަރު 2025
ތަން: ކެނެޑީ ސެންޓަރ، ވޮޝިންގޓަން، ޑީ.ސީ.
ގަޑި: މެންދުރު 12:00 (ޖީއެމްޓީ ގަޑިން 17:00)
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ރަސްމިއްޔާތުގައި އޭނާ ބައިވެރިވެވަޑައިގެންފާނެ ކަމަށް އިޝާރާތް ކުރައްވާފައެވެ.
ފުރަތަމަ މެޗު: 11 ޖޫން 2026 (މެކްސިކޯ ސިޓީ)
ފައިނަލް މެޗު: 19 ޖުލައި 2026 (މެޓްލައިފް ސްޓޭޑިއަމް، ނިއު ޖާޒީ)