Advertisement
ކ. މާލެ
|
14 ނޮވެންބަރ 2025 | ހުކުރު 21:48
ރަތް ކާޑު ދެއްކުމުން ރޮނާލްޑޯ ނުރުހުން ފާޅުކުރަނީ
ރަތް ކާޑު ދެއްކުމުން ރޮނާލްޑޯ ނުރުހުން ފާޅުކުރަނީ
ރޮއިޓަރސް
ވޯލްޑް ކަޕް ކޮލިފައިން
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ
ވޯލްޑް ކަޕްގެ ކޮލިފައިންގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ދެއްކި ރަތް ކާޑާ އެކު އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ޕޯޗުގަލް ރަށުން ބޭރުގައި 2-0 އިން ރިޕަބްލިކް އޮފް އަޔަލެންޑް އަތުން ވަނީ ބަލިވެފައެވެ.

ވޯލްޑް ކަޕްގެ ކޮލިފައިންގައި ބުރާސްފަތި ދުވަހުގެ ރޭ، ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ދެއްކި ރަތް ކާޑާ އެކު އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ޕޯޗުގަލް އިން އިން ރިޕަބްލިކް އޮފް އަޔަލެންޑް އަތްދަށުވެއްޖެ އެވެ.

ރަށުން ބޭރުގައި ކުޅުނު މި މިމެޗުން ޕޯޗުގަލް ބަލިވީ 2-0 އިން ނެވެ. 

ގްރޫޕް އެފްގެ މި މެޗުގައި އަޔަލެންޑުން ވަނީ ފުރަތަމަ ހާފް ވެސް ދެ ގޯލުގެ ލީޑަކާއެކު ނިންމާލާފަ އެވެ. މެޗުގެ 17 ވަނަ މިނެޓްގައި އަޔަލެންޑަށް ލީޑު ނަގައިދިނީ ޓްރޮއި ޕެރޮޓް އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އަޔަލެންޑްގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ޕެރޮޓް އެވެ.

ޕޯޗުގަލް އަށް އިތުރު މައްސަލަތަކެއް ދިމާވީ މެޗުގެ 61 ވަނަ މިނެޓްގައި ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ އަށް ރަތްކާޑު ދެއްކުމުންނެވެ. މިއީ ޕޯޗުގަލް އަށް ކުޅެދިން 226 މެޗުގައި ރޮނާލްޑޯ އަށް ދެއްކި ފުރަތަމަ ރަތް ކާޑެވެ. ރޮނާލްޑޯ އަށް ރަތްކާޑު ދެއްކީ އަޔަލޭންޑްގެ ޑިފެންޑަރު އޯޝެއާ އަށް އުޅަބޮށިން ހަމަލާދީ ވައްޓާލުމުންނެވެ.

މި މެޗުން ބަލިވި ނަމަވެސް ފަސް މެޗުން 10 ޕޮއިންޓު ހޯދައިގެން ޕޯޗުގަލް އޮތީ ގްރޫޕް އެފްގެ އެއްވަނައިގަ އެވެ. ދެވަނައިގައި ފަސް މެޗުން 8 ޕޮއިންޓު ހޯދައިގެން ހަންގޭރީ އޮތްއިރު ތިންވަނައިގައި ފަސް މެޗުން ލިބުނު 7 ޕޮއިންޓާއެކު އޮތީ އަޔަލެންޑް އެވެ. ގްރޫޕްގެ ފުލުގައި ތިން ޕޮއިންޓާއެކު އޮތީ އަރްމީނިއާ އެވެ.

ގްރޫޕްގެ ފަހު މެޗުގައި އަރްމީނިއާ އަތުން މޮޅުވެގެން ޕޯޗުގަލް އަށް ވޯލްޑް ކަޕަށް ކޮލިފައި ވެވޭނެ އެވެ. ގްރޫޕްގެ އެއްވަނަ ހޯދާ ޓީމަށް ވޯލްޑް ކަޕަށް ސީދާ ކޮލިފައިވާއިރު ދެވަނަ ހޯދާ ޓީމަށް ޕްލޭއޮފް މެޗުތައް ކުޅެން ޖެހޭނެ އެވެ.

- ކޮމެންޓް