ކ. މާލެ
|
3 ނޮވެންބަރ 2025 | ހޯމަ 21:35
ޙައްޖުވެރިން ކަޢުބާގެ ވަށައިގެން ނަމާދު ކުރުމުގައި
ޙައްޖުވެރިން ކަޢުބާގެ ވަށައިގެން ނަމާދު ކުރުމުގައި
ގެޓީއިމޭޖަސް
ސައޫދީ އަރަބިއްޔާ
އުމުރާ ވިސާ ދޫކުރާތާ 30 ދުވަސް ތެރޭގައި ސައުދީ އަށް އެތެރެ ނުވެއްޖެ ނަމަ ވިސާ ބާތިލު ވާނެ
ސައުދީ އަރަބިއްޔާއިން ޢުމްރާ ވިސާގެ ވެލިޑިޓީ މުއްދަތު ތިން މަހުން އެއް މަހަށް ކުރުކޮށް، 30 ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ނުކުރާ ނަމަ ވިސާ ބާތިލުވާ ގޮތައް ގަވާއިދަށް ވަނީ ބަދަލު ގެނެސްފައި.

ސައުދީ އަރަބިއްޔާ އިން ޢުމްރާ އަށް ދޫކުރާ އެންޓްރީ ވިސާގެ ވެލިޑިޓީ މުއްދަތު ދޫކުރާ ތާރީޚުން ފެށިގެން ތިން މަހުން އެއް މަހަށް ކުރުކޮށްފިއެވެ.

ނަމަވެސް، ޙައްޖު އަދި ޢުމްރާ މިނިސްޓްރީގެ ފަރާތުން އަލް-އަރަބިއްޔާ އަށް ދީފައިވާ މަޢުލޫމާތަށް ބަލާއިރު، ސައުދީ އަރަބިއްޔާ އަށް އެތެރެވުމަށް ފަހު ތިބެވޭނެ މުއްދަތު ތިން މަހުގެ މައްޗަށް ބަދަލެއް ގެނެސްފަ އެއް ނުވެއެވެ.

އާ ޢުމްރާ މޫސުން ފެށުނީއްސުރެ، ޖޫން މަހުގެ ކުރީކޮޅުން ފެށިގެން، ބޭރުގެ އުމުރާވެރިންނަށް ދޫކޮށްފައިވާ ވިސާގެ އަދަދު ހަތަރު މިލިއަނަށްވުރެ އިތުރުވެފައިވެއެވެ. މިއަހަރުގެ ޢުމްރާ މޫސުމަކީ، ކުރީގެ މޫސުންތަކާ އަޅާބަލާއިރު، އެންމެ ފަސް މަސްދުވަހުގެ ތެރޭގައި ރެކޯޑު މުގުރާލި މޫސުމެކެވެ.

މިނިސްޓްރީން ޢުމްރާ ވިސާގެ ގަވާއިދުތަކަށް ބައެއް ބަދަލުތައް ގެނެސްފައިވެއެވެ. ބަދަލު ކުރެވުނު ގަވާއިދުތަކުގެ ދަށުން، އުމުރާވެރިއަކު ސައުދީ އަރަބިއްޔާ އަށް އެތެރެވުމަށް ރަޖިސްޓަރީ ނުކޮށްފިނަމަ، ވިސާ ދޫކުރާތާ 30 ދުވަހުގެ ފަހުން ޢުމްރާ ވިސާ ބާތިލު ކުރެވޭނެއެވެ. މި އާ ގަވާއިދުތައް ޢަމަލުކުރަން ފަށާނީ އަންނަ ހަފުތާއިން ފެށިގެން ކަމަށް މަޞްދަރުތަކާ ހަވާލާ ދީ ސަައުދީ މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

ނޭޝަނަލް ކޮމިޓީ ފޮރ ޢުމްރާ އެންޑް ވިޒިޓްގެ ލަފާދޭ ބޭފުޅެއްކަމުގައިވާ އަޙްމަދު ބަޖައިފަރ ވިދާޅުވި ގޮތުގައި، މި ނިންމުމަކީ ޢުމްރާވެރިންގެ އަދަދު އިތުރުވާނެކަމަށް ލަފާކުރެވޭތީ މިނިސްޓްރީން އެކަމަށް ތައްޔާރު ވުމުގެ ގޮތުން ގެނައިބަދަލެކެވެ. މީގެ މަޤްޞަދަކީ މައްކާ އާއި މަދީނާގައި ތޮއްޖެހުން ކުޑަކުރުމެވެ.

- ކޮމެންޓް