ކ. މާލެ
|
2 ނޮވެންބަރ 2025 | އާދީއްތަ 17:43
ބަޖެޓު ހުސްވެ ބޯހިކުނު އިރުވެސް މުޢީއްޒު އަށް އެންމެ ގާބުރިއެއްވެސް އަދި ބާއްވާނުލެވޭ
ބަޖެޓު ހުސްވެ ބޯހިކުނު އިރުވެސް މުޢީއްޒު އަށް އެންމެ ގާބުރިއެއްވެސް އަދި ބާއްވާނުލެވޭ
ރާއްޖެއެމްވީ
ބޯހިޔާވަހިކަން
ބޯހިޔާވަހިކަމުގެ ބަޖެޓު ހުސްވެ ބޯހިކުނު އިރުވެސް މުޢިއްޒު އަށް އެންމެ ގާބުރިއެއް ވެސް އަދި ބާއްވާ ނުލެވޭ!
ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ސަރުކާރު ނިމި ރައީސް ޑރ. މުއިއްޒަށް ވެރިކަން ލިބި މި ވެރިކަމަށް 2 އަހަރު ފުރޭ އިރުވެސް ރައީސް ޞާލިހްގެ ހިޔަނީގައި ސަޅިބައިސާ ކެޑުން ނޫން ދެވަނަ ކަމެއް ރައީސް މުޢިއްޒު ނުކުރެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ސަރުކާރު ނިމި ރައީސް ޑރ. މުއިއްޒަށް ވެރިކަން ލިބި މި ވެރިކަމަށް 2 އަހަރު ފުރޭ އިރުވެސް ރައީސް ޞާލިހްގެ ހިޔަނީގައި ސަޅިބައިސާ ކެޑުން ނޫން ދެވަނަ ކަމެއް ރައީސް މުޢިއްޒު ނުކުރެ އެވެ. ކޮވިޑް-19ގެ ތެރޭ ސަރުކާރަށް 30އަކަށް ބިލިއަން ރުފިޔާގެ އާމްދަނީއެއް ނުވަދެ ގެއްލުމެއްވި ނަމަވެސް، 4،000 ފުލެޓުގެ މަސައްކަތް ގާތްގަނޑަކަށް ނިންމައި ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރުމާ ހަމައަށް އެއްބަސްވުން އެކުލަވާލައި، ބާކީ 7،000 ފްލެޓު އަޅަން އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ފައިސާ ހަމަޖައްސައި ފުލެޓުތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ވެސް ރައީސް ޞާލިހް ގެ ސަރުކާރުންނެވެ. ކުރީ ސަރުކާރުން މުޢިއްޒަށް ވަސިއްޔަތް ކުރީ އެ ފުލެޓު ތައް އޭގެ ހައްގުވެރިންނަށް ރައްދު ކޮށްދިނުމަށެވެ.

މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހަށް ދައުލަތުގެ ބަޖެޓު ހުށަހެޅިގެން ދިޔައިރު، ރައީސް މުހައްމަދު މުއިއްޒުން ފެށިގެން ސަރުކާރުގެ ވެރިންނާއި ސޯޝަލްމީޑިއާގައި ހުރިހާ ކަމެއްގައި އަޑުގަދަކުރާ އެކްޓިވިސްޓުން އާރުލާފައި ބުނަމުން ދިޔައީ އެ ބަޖެޓަކީ 'ގެދޮރުވެރިކަމުގެ ބަޖެޓު' ކަމަށެވެ. މިހެން ބުނެ ރައްޔިތުންނަށް މި ބަޖެޓު ވިއްކީ ރައްޔިތުންގެ އެންމެ ބޮޑު ތަކުލީފު ކަމުގައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް އޮތް މައްސަލައިގެ ހައްލު ކަމަށް ބުނެ އެވެ.

މި އަހަރަށް ފާސްކޮށްފައިވާ 56.6 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ހައުސިން މަޝްރޫއުތައް ހިންގަން 1.8 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައި ވެ އެވެ. ނަމަވެސް އަހަރު ނިމެން އެއް މަސް ވާން ގާތްވެފައިވާއިރު އެންމެ ފާރުބުރިއެއްވެސް ހިއްލާ ނުލެވެ އެވެ. ނުވިތާކަށް ރައީސް ޞާލިހް މުޅިންހެން ނިންމާފަ ދިން ފުލެޓުތައްވެސް އޭގެ ހައްގުވެރިންނަށް ރައްދު ނުކޮށްދެވުނެވެ.

ރައީސް މުޢިއްޒު ގެ ވެރިކަމުގައި ދެ އަހަރު ނިމިގެން މިދަނީ ފަތު އަޑު ގޮވާވަރަށް ވައުދު ވަމުންނެވެ. ކޮންމެ ރަށަކަށް އެތައް ވައުދެކެވެ. މަޝްރޫއު ފަށަން އެ އަޅާ ސިމެންތި ކޮޅު ނޫނީ އެއްކަމެއްވެސް ކުރިއަކަށް ނުދެ އެވެ.

މުޢިއްޒު ވެރިކަމަށް އެރި ގޮތައް 4000 ފުލެޓު އެޅައި ނިންމުމާއި ހަމައަށް އެލޮކޭޓުކޮށްފައި ހުރި ފައިސާ ބަދަލުކޮށްލީ ފުށިދިއްގަރުފަޅު ހިއްކަންވެގެންވެ. ނަތީޖާއަކަށް ވެގެން ދިޔައީ މި ސަރުކާރަށް އެންމެ ފުލެޓެއް ވެސް ނޭޅި، އެ އެޅިފަހުރި 4،000 ފުލެޓުގަނޑު ވެސް ދިވެހި ރައްޔިތުންނަށް ނުދެވި އެވެ.

ހެޔޮކަމެއް ރައްޔިތަކަށް ކޮށްދޭނެ ނަމަ، އެމްޑީޕީ ސަރުކާރުން ނެރެފައިވާ ލިސްޓާ އެއްގޮތަށް ގެދޮރުވެރިޔާގެ ދަށުން ފުލެޓުތައް ދީ، އެހެން ސްކީމެއްގެ ދަށުން ފުލެޓާއި ގޯތި ދޫކުރަން މުޢިއްޒު ފެށްޓެވި ނަމަ އެމަނިކުފާނަށް ރައްޔިތުން އިތުބާރުކުރީހެވެ.

ބޯހިޔާވަހިކަމެއްގެ ބަޖެޓެއް ނިމިދާއިރު ބޯހިޔާވަހިކަން ގާއިމުކުރަން، އެންމެ ގާގަނޑެއް ވެސް އެންމެ ވެލިކޮޅެއް ވެސް ނޭޅުނީމާ ދެން އެ ނޫން ބަޖެޓެއްގައި ބޯހިޔާވަހިކަމަށް ކުރެވޭނީ ކޮން ކަމެއްތޯ؟ ބޯހިޔާވަހިކަމަށް ޚާއްސަކުރި ބަޖެޓުން ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން އެއްކަމެއް ވެސް ނުކުރެވުނީމާ ދެން އެ ނޫން ބަޖެޓަކުން ކުރެވޭނީ ކޮން ކަމެއްތޯ އެވެ.

ރައްޔިތުންނަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ އަށް، ހައްލެއް ނުލިބި ހާއްސަކޮށް، މާލޭ ސަރަހައްދުން ބޯހިޔާ ވަހިކަމެއް ހޯދުން އާންމު އިންސާނީ މުސީބާތަކަށްވެފައި ވާއިރު މަނިކުފާނު ވީ ވައުދާ އެއްގޮތަށް ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން 65000 ހާސް ފްލެޓް އަޅަން ވިދާޅުވާއިރު އަދި ތިޔަ އުޅުއްވަނީ ގައުމަކުން ލޯނެއް ނުވަތަ ހިލޭ އެހީ ގަނޑެއް ނުލިބިގެން ނެވެ. ދުނިޔޭގެ ނަންހިގާ ކުންފުންނިތަކުގެ މިސްރާބު ހުރީ މަނިކުފާނާއި ފެއަށެވެ. ދުނިޔޭގެ އެންމެ ބޮޑެތި ކްރެޑިޓް ރޭޓިން އެޖެންސީތަކުން ދެނީ ރާއްޖެ ބަގުރޫޓް ވެދާނެ ކަމުގެ އިންޒާރެވެ.

ވާނީވެސް ދެން އެހެންތާ އެވެ. މަނިކުފާނަށް ތިޔަ އުޅުއްވެނީ އަދި އެންމެ ފްލެޓް ގަޑެއްވެސް ބިމުން މައްޗަށް ހިއްލާ ނުލެވިގެންނެވެ. ރަސްމާލެގައި 65000 ހައުސިން ޔުނިޓް އެޅޭނީ ހަރުލާ ގޮތަކަށް "ގާބުރިއެއް" ނަމަވެސް ތަނެއްގައި ބޭއްވިގެންތާ އެވެ.

- ކޮމެންޓް