ކ. މާލެ
|
31 އޮކްޓޯބަރ 2025 | ހުކުރު 13:44
ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން
ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން
އިސްލާމިކް މިނިސްޓްރީ
ހުކުރު ޚުތުބާ
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
''އިސްލާމީ ރިސާލަތަކީ ލޯތްބާއި ރަހުމަތުގެ ރިސާލަތެއް'' މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ އިސްލާމީ ރިސާލަތަކީ މުޅި އިންސާނިއްޔަތަށް ހިދާޔަތު ދެއްވުމަށް މާތް ﷲ ފޮނުއްވި މަތިވެރި ރިސާލަތު ކަމަށާއި، މި ރިސާލަތުގެ މައިގަނޑު އަސާސްތައް ބިނާވެފައިވަނީ ލޯތްބާއި ރަހުމާއި އޯގާތެރިކަމާއި، ހަމަޖެހުމާއި އަމާންކަމުގެ އަސާސުގެ މައްޗަށް ކަމަށެވެ.

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ.

''އިސްލާމީ ރިސާލަތަކީ ލޯތްބާއި ރަހުމަތުގެ ރިސާލަތެއް'' މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ އިސްލާމީ ރިސާލަތަކީ މުޅި އިންސާނިއްޔަތަށް ހިދާޔަތު ދެއްވުމަށް މާތް ﷲ ފޮނުއްވި މަތިވެރި ރިސާލަތު ކަމަށާއި، މި ރިސާލަތުގެ މައިގަނޑު އަސާސްތައް ބިނާވެފައިވަނީ ލޯތްބާއި ރަހުމާއި އޯގާތެރިކަމާއި، ހަމަޖެހުމާއި އަމާންކަމުގެ އަސާސުގެ މައްޗަށް ކަމަށެވެ.

އިސްލާމް ދީނަކީ ހިތްތިރިކަމާއި މަޑުމައިތިރި ކަމަށް ގޮވަލާ ދީން ކަމަށާއި، ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމާއި، ގެއްލުންތަކަށް މަގުފަހިވާ ކަންތައްތަކުން ދުރުހެލިވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރި ވެފައެވެ.

މީގެ އިތުރުން ޚުތުބާ ގައި ބުނީ ރިވެތި އަހުލާގުން ގިޔާމަތް ދުވަހުގައި އެ މީހާގެ ދަރަޖަ އުފުލޭ ކަމަށެވެ.

މުޖުތަމައުގެ ހުރިހައި އަފުރާދުންގެ މެދުގައި ހެޔޮ ގޮތުގައި ގުޅުންތައް ބިނާކޮށް، ދެމެހެއްޓުމުގެ މައްޗަށް ދީން ބާރު އަޅާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އިސްލާމް ދީނާ މެދު، މި ދީނުގެ އަދުއްވުން ކުރަހައިފައިވާ ބިރުވެރި، އަނދިރި މަންޒަރަކީ ހަގީގަތާ ޚިލާފަށް ކުރަހައިފައިވާ މަންޒަރު ތަކެއް ކަމަށެވެ.

މުއުމިނުންގެ މެދުގައި އޮންނަ މި ގުޅުމަށް ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ބާރުއަޅުއްވައިފައިވަނީ އެއީ މުސްލިމު ޖަމާޢަތަށް ބާރާއި ވަރުގަދަކަން ލިއްބައިދޭ ކަމަކަށް ވާތީ އެވެ. ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީޘްކުރައްވައިފައި ވެއެވެ. (مَثَلُ الْـمُؤْمِنِيْنَ فِيْ تَوَادِّهِمْ، وَتَرَاحُمِهِمْ، وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى.) މާނައީ: "އެކަކު އަނެކަކަށް ލޯބިވުމާއި، އޯގާތެރިވުމާއި، ރަޙުމްކުރުމުގައި މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެވެ. އޭގެ ގުނަވަނަކަށް އުނދަގުލެއް ތުރާލެއް ކުރިމަތިވެއްޖެ ނަމަ، ހަށިގަނޑުގެ އެހެން ގުނަވަންތައް ހުންއައުމުންނާއި ނިދިނަގައިލުމުން، އެ ގުނަވަނަކަށް އިޖާބަދީ ބައިވެރި އެވެ.

ހުކުރު ޚުތުބާ

މީގެ އިތުރުން ޚުތުބާ ގައި ވަނީ ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް މައްކާގެ މުޝްރިކުން އެކަލޭގެފާނު އަވަހާރަކޮށްލުމަށް މަސައްކަތްކުރަމުން ދިޔަ އިރު، އެކަލޭގެފާނު އެމީހުންނާ މެދު އޯގާތެރި ވެވަޑައިގަތްކަން ފާހަގަ ކޮށްފައިވެ އެވެ.

އެހެންކަމުން އިސްލާމީ އުންމަތުގެ އަފުރާދުންނަކީ، އެއް ބަޔަކު އަނެއް ބަޔަކަށް ރަހުމްކުރާ، އޯގާތެރި، ބަޔަކަށްވުމަށް ޚުތުބާގައި ވަނީ ގޮވާލާފަ އެވެ.

- ކޮމެންޓް