Advertisement
ކ. މާލެ
|
23 އޮކްޓޯބަރ 2025 | ބުރާސްފަތި 13:10
ފީފާގެ ރައީސް އިންފަންޓީނޯ ފުޓުބޯޅައަކާ އެކު
ފީފާގެ ރައީސް އިންފަންޓީނޯ ފުޓުބޯޅައަކާ އެކު
ރޮއިޓަރސް
އެފްއޭއެމް
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
މި މެޗު އޮންނާނީ، ހުކުރު ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގަ އެވެ. މިއީ ހުކުރު ދުވަހު އިންފަންޓީނޯ ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންދެވޭ ޚާއްސަ ޙަރަކާތެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ ބައިވެރިވެ ވަޑައިގަންނަވާ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުމަށް ނިންމައިފި އެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހާމަ ކޮށްފައިވާ ގޮތުގައި މި މެޗު އޮންނާނީ، ހުކުރު ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގަ އެވެ. މިއީ ހުކުރު ދުވަހު އިންފަންޓީނޯ ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންދެވޭ ޚާއްސަ ޙަރަކާތެކެވެ.

އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވާއިރު، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓޮމް ވަނީ އިންފަންޓީނޯއާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގެ ފޮޓޯ ހިއްސާ ކުރައްވައި، އިންފަންޓީނޯ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ވިދާޅުވެފައި ވަނީ، ޓޮމްއާ އެކު ބޭއްވި ބައްދަލުވުމުގައި ގިނަ ކަންކަމާ މެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ފީފާ އާއި އެފްއޭއެމް ގުޅިގެން ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެ ޕޯސްޓުގައި އިންފަންޓީނޯ ވިދާޅުވެފައި ވަނީ، މީގެ ކުރިން ފުޓުބޯޅަ ކުޅުންތެރިޔެއްގެ ގޮތުގައި ވެސް ކުޅެފައިވާ ޓޮމްގެ ލީޑާޝިޕްގެ ދަށުން ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މިއީ ފީފާގެ ރައީސްގެ ހައިސިއްޔަތުން ރަސްމީ ދަތުރުފުޅެއްގައި އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އިންފަންޓީނޯ ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ޗުއްޓީ ހޭދަ ކުރެއްވުމަށް ރާއްޖެ ވަޑައިގެންފަ އެވެ. އެގޮތުން 2022 ވަނަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ވާރލްޑް ކަޕަށް ފަހު އިންފަންޓީނޯ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.

މީގެ ކުރިން ފީފާގެ ރައީސް އަކު ރާއްޖެ ވަޑައިގެންފައި ވަނީ 2006 ވަނަ އަހަރު އެވެ. އެއީ 2004 ގެ ސުނާމީ ހާދިސާގައި ގެއްލުން ލިބުނު ޤައުމު ތަކަށް ކުރެއްވި ދަތުރުފުޅެއްގައި، ފީފާގެ އޭރުގެ ރައީސް ސެޕް ބްލެޓާ އެވެ. އެ ދަތުރުފުޅުގައި ބްލެޓާ ވަނީ، ރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމްއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

- ކޮމެންޓް