Advertisement
ކ. މާލެ
|
7 ޑިސެންބަރ 2025 | އާދީއްތަ 13:04
ތިނަދޫ ސިޓިއަށް ކުރި ވިއްސާރައިގައި ފެންބޮޑުވުން
ތިނަދޫ ސިޓިއަށް ކުރި ވިއްސާރައިގައި ފެންބޮޑުވުން
ތިނަދޫ ކައުންސިލް
ގދ. ތިނަދޫ
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ގދ އަތޮޅުގެ ރަށްތަކަށް
ރޭ ދަންވަރު 1:30 ހާއިރުން ފެށިގެން ހުއްޓާނުލާ ވާރޭ ވެހުމުގެ ސަބަބުން ގިނަ ގެތަކެއްގައި ފެންބޮޑުވެ ބައެއް ގެތަކުން ކަރަންޓު ވެސް ވަނީ ކެނޑިފަ
އާދިއްތަ ދުވަހުގެ ހަވީރު 5 ޖެހުމާ ހަމައަށް ރާއްޖޭގެ އުތުރާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކޮށް ބައެއް ރަށްރަށަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ

ރާއްޖެ އަށް ކުރަމުންދާ ވިއްސާރަ 3ގައި ހޮނިހިރު ދުވަހުގެ ރޭ ދަންވަރުން ފެށިގެން މެދުކެނޑުމެއްނެތި ކުރަމުންދިޔަ ވިއްސާރައިގެ ސަބަބުން ގދ.ތިނަދޫ ގެ އާންމު ގެތަކަށާއި ސަރުކާރު ގެ ބައެއް އިމާރާތްތަކު ގައި ފެންބޮޑުވެ އެކިވަރުގެ ގެއްލުން ވެއްޖެ އެވެ.

ގދ. ތިނަދޫ އަށް ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ހުއްޓާ ނުލައި ބޯކޮށް ވާރޭވެހި ފެންބޮޑުވެ، އެކި ވަރުގެ ގެއްލުންތައް ލިބިފައިވާއިރު ރާއްޖެއަށް މޫސުން ގޯސްކޮށް އުޅޭތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވަނީ ވެފަ އެވެ. ރާއްޖޭ ގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރަމުންދާއިރު، ރާއްޖޭ ގެ މޫސުމާބެހޭ ގައުމީ އިދާރާ (މެޓް)އިން އާދިއްތަ ދުވަހު އާންމުކުރި މައުލޫމާތުން ދައްކާ ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ގދ. އަތޮޅުގެ ރަށްތަކަށެވެ.

މަުލޫމާތު ލިބޭ ގޮތުގައި ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 1:30 ހާއިރުން ފެށިގެން ހުއްޓާނުލާ ވާރޭ ވެހުމުގެ ސަބަބުން، ގިނަ ގެތަކެއްގައި ފެންބޮޑުވެ، ބައެއް ގެތަކުން ކަރަންޓު ވެސް ވަނީ ކެނޑިފަ އެވެ. އަދި އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް އައީ ކުރަމުންނެވެ. އެމްއެންޑީއެފް އާއި އާންމު ރައްޔިތުން ގެ އެއްބާރުލުމާއެކު ވަރަށް ބޮޑަށް ފެންގަނޑު މިހާރު ވަނީ ހިންދާލެވިފަ ކަމަށް މައުލޫމާތު ލިބެ އެވެ.

މީގެ އިތުރުން ކައުންސިލުން އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބައެއް ގެތަކުގައި ވަނީ ފޫޓަކަށް ވުރެ މައްޗަށް ފެން ބޮޑުވެފަ އެވެ. އަދި ބައެއް ގޭގެ ގައި ފެންބޮޑުވުމުގެ ސަބަބުން ފަރުނީޗަރުތަަކަށް ވެސް ގެއްލުން ލިބިފައިވެ އެވެ.

އާދިއްތަ ދުވަހުގެ ހަވީރު 5 ޖެހުމާ ހަމައަށް ރާއްޖޭގެ މޫސުން މެޓުން ލަފާކުރާ ގޮތަށް ބަލާއިރު، އުތުރާއި ދެކުނު ގެ އެކި ހިސާބަށް ވިއްސާރަ ކޮށް، ބައެއް ރަށްރަށަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ އެވެ. އަދި މެދުރާއްޖޭގެ ބައެއް ރަށްތަކަށް ވެސް ކެރީގެ އަސަރު ފޯރާނެ އެވެ.

- ކޮމެންޓް