Advertisement
ކ. މާލެ
|
17 އޮކްޓޯބަރ 2025 | ހުކުރު 23:34
ރައީސް މުއިއްޒު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްބާސް ޝަރީފު ޢައްޔަންކުރެއްވުން: ޝިފާއު ސަލާމަތްވާގޮތަށް އެއްބަސްވުން ހަދާފައިވަނީ ޕްރޮސިއުޓާ ޖެނެރަލްގެ އޮފީހުން
ރައީސް މުއިއްޒު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްބާސް ޝަރީފު ޢައްޔަންކުރެއްވުން: ޝިފާއު ސަލާމަތްވާގޮތަށް އެއްބަސްވުން ހަދާފައިވަނީ ޕްރޮސިއުޓާ ޖެނެރަލްގެ އޮފީހުން
ރައީސް އޮފީސް
ޕީޖީ އޮފީސް
އިންޓަޕޯލް އިން ރެޑް ނޯޓިސް އޮތް މީހަކު، އުުމުރު ދުވަހުގެ ޖަލު ހުކުމަކުން ސަލާމަތްކޮށްދޭން ސާރުކާރުން އުޅެފި
ޝިފާއުގެ މައްޗަށް އުފުލާފައިވާ 23 ދައުވާ ސާބިތުވެއްޖެނަމަ، އެންމެ މަދުވެގެން 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެ
ޝިފާއު އަކީ ރައީސް މުއިއްޒުގެ އަރިސް ފަރާތެއްކަމަށް ގިނަބަޔަކު ތުހުމަތުކުރޭ
ރައީސް މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅު ޝިފާއު ސިޔާސީ މަގާމަކަށް އައްޔަންކުރި

ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ބޭރުގެ ކުންފުނިތަކާއެކު ވިޔަފާރީގެ މުއާމަލާތް ހިންގައި، އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ލަފާކުރެވޭ މައްސަލައެއްގައި ދައުވާ ލިބިފައިވާ ހުސެއިން ޝިފާއު ޖަލު ހުކުމުން ސަލާމަތްކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މަސައްކަތްކޮށްފިއެވެ.

ޝިފާއުގެ މައްޗަށް އުފުލާފައިވާ 23 ދައުވާގެ ތެރޭގައި ހިމެނެނީ އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ 9 ދައުވާއާއި، މަކަރާއި ހީލަތް ހެދުމުގެ 7 ދައުވާ އަދި މަނީ ލޯންޑްރިންގގެ 7 ދައުވާއެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ، އެންމެ މަދުވެގެން 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. ޝިފާއު މިކުށުގެ އަމަލު ހިންގާފައިވަނީ ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން އޭނާ ގަނެފައިވާ ތަކެއްޗަށް ފައިސާ ދިންކަމަށް ދެއްކުމުގެ ގޮތުން ސައްހަނޫން ލިޔުން އުފައްދައި ހުށަހަޅައިގެން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ކުރިން ބުނެފައެވެ.

މި މައްސަލައިގައި ޝާމިލްވާ، މއ. ހަނީސަކްލް-1، ހުސައިން ޝިފާއު

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހެޅި އިއުތިރާފުގެ އެއްބަސްވުމުގައި، މަކަރާއި ހީލަތް ހެދުމުގެ 7 ދައުވާ ފިޔަވައި އެހެން ހުރިހާ ދައުވާއެއް އަނބުރާ ގެންދިއުމަށް ހުށަހަޅާފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން ކޯޓުގައި ކުރިއަށް ގެންގޮސް ސާބިތުކުރުމަށް އެއްބަސްވެފައި އޮތީ އަދަބު ކުޑަކޮށް ހުރި، މަކަރާއި ހީލަތްހެދުމުގެ ހަތް ދައުވާއެވެ. މި ދައުވާތަކަށް ޝިފާއުގެ މައްޗަށް އަންނާނީ 88 ދުވަހުގެ ޖަލު ހުކުމަކާއި 184،600 ރުފިޔާގެ ޖޫރިމަނާއެކެވެ. ދައުވާ ލިބޭ މީހާ ބަންދުގައި ހުރި މުއްދަތު، ޖަލު ހުކުމުން އުނިކުރަން ޖެހޭތީ މި ހުކުމާ އެކު ޝިފާއު ސަލާމަތްވާނެ އެވެ.

ދައުލަތުން ޝިފާއު ސަލާމަތްކުރުމަށް އެއްބަސްވުމެއް ހެދި ނަމަވެސް، މައްސަލަ ބައްލަވާ ގާޒީ ވަނީ މި އެއްބަސްވުން ބަލައިނުގަތުމަށް ނިންމަވާފައެވެ. ގާޒީ ވިދާޅުވެފައިވަނީ މިއީ މައްސަލައިގެ ބާވަތާއި، ތަހުގީގުގައި ހާމަވެފައިވާ ކަންކަމަށް ބަލާއިރު އެކަށީގެންވާ އެއްބަސްވުމެއް ނޫންކަމަށެވެ.

"ކިންގްޑަމް އޮފް ފުރުޓްސް" ނަމަކަށް ކިޔާ ކުންފުންޏެއް މެދުވެރިކޮށް ހިންގި މި މަކަރާއި ހީލަތުގެ ޢަމަލުތަކާ ގުޅިގެން 2023 ވަނަ އަހަރު ޝިފާއު ހައްޔަރުކުރެވުނެވެ. ހައްޔަރުކުރުމަށް ފަހު ކޯޓުން ދޫކޮށްލުމުން އޭނާ ފިލައިގެން ރާއްޖެއިން ބޭރަށް ދިޔުމާ ގުޅިގެން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެވުނެވެ. އޭގެފަހުން އޭނާ ރާއްޖެ އައުމުން ހައްޔަރުކުރެވި، ޕާސްޕޯޓް ވަނީ ހިފަހައްޓަފައެވެ.

ޝިފާއު އަކީ ރައީސް މުއިއްޒުގެ އަރިސް ފަރާތެއްކަމަށް ގިނަބަޔަކު ތުހުމަތުކުރެއެވެ. މިކަން ހާމަވަނީ ރައީސް މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅު ޝިފާއު ސިޔާސީ މަގާމަކަށް އައްޔަން ކުރެއްވުމުންނެވެ. ނަމަވެސް މިކަމާ ގުޅިގެން އުފެދުނު ފާޑުކިޔުންތަކާ ގުޅިގެން 2024 ވަނަ އަހަރުގެ މެއި މަހު އޭނާ ވަނީ އެ މަގާމުން ވަކިކުރެވިފައެވެ.

- ކޮމެންޓް