Advertisement
ކ. މާލެ
|
9 އޮކްޓޯބަރ 2025 | ބުރާސްފަތި 20:41
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި އާ ޕެސެންޖަރ ޓާމިނަލް
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި އާ ޕެސެންޖަރ ޓާމިނަލް
x/@muththo
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް
ނޮވެމްބަރު 9 ގައި ހަނިމާދޫ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވަނީ
ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑެތި އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢު ކަމުގައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ނޮވެމްބަރު 9 ގައި ހުޅުވޭނެއެވެ. އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށް ފަރުމާކުރެވިފައިވާ މި ޓާމިނަލަކީ ރާއްޖޭގެ އުތުރުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ގެނެވޭ އެންމެ ބޮޑު އެއް ކުރިއެރުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ތަރައްގީ ކުރަން ފެށި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ފަސިންޖަރުންގެ އައު ޓާމިނަލް އަންނަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ހުޅުވާ ގޮތައް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ.

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް އާ ހަވާލާދީ ރާއްޖޭގެ މީޑިއާ އަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އައު ޓާމިނަލް ހުޅުވުމަށް ކުރަންޖެހޭ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ. އޭނާ ވިދާޅުވީ، މި މަހުގެ ކުރީކޮޅު އެއަރޕޯޓުގެ ހިންގުން އައު ޓާރމިނަލަށް ބަދަލުކުރެވޭނެ ކަމަށެވެ. އެއީ މިހާރު ހުރި ޓާރމިނަލް ތަޅާލުމަށް ފުރުސަތު ތަނަވަސް ކުރުމުގެ ގޮތުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައު ޓާމިނަލް ހުޅުވުމުގެ ކުރިން އެތަނުގެ ހިންގުމުގެ އިންތިޒާމުތަކާ ބެހޭގޮތުން ސަރުކާރުގެ އިދާރާތަކާއި ކަމާ ބެހޭ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް މި ހަފްތާގެ އާދީއްތަ ދުވަހު ސްޓޭކްހޯލްޑަރުންގެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.

އިންޑިއާގެ ލައިން އޮފް ކްރެޑިޓެއްގެ ދަށުން ފައިނޭންސްކޮށް، އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސް އިން ކުރިއަށްގެންދާ ހަނިމާދޫ އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢަކީ ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑެތި އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން މަޝްރޫއެކެވެ.

މި މަޝްރޫޢުގައި ހިމެނެނީ ބޮޑެތި މަތިންދާބޯޓުތައް ޖެއްސޭ ވަރުގެ 2.7 ކިލޯމީޓަރުގެ ރަންވޭއަކާއި، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށް ފަރުމާކުރެވިފައިވާ އައު ޓާރމިނަލަކާއި، އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި، ކާގޯ ފެސިލިޓީތަކަކާއި، ޒަމާނީ ފިއުލް ފާމެކެވެ.

136 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާ) ގެ އަގު ހުރި މި މަޝްރޫޢަކީ އިންޑިއާއިން ދިވެހިރާއްޖެ އަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ އެގްޒިމް ބޭންކް ލައިން އޮފް ކްރެޑިޓްގެ ބައެކެވެ.

- ކޮމެންޓް