Advertisement
ކ. މާލެ
|
8 އޮކްޓޯބަރ 2025 | ބުދަ 13:00
އެޓާނީ ޖެނަރަލް އޮފީހުގެ ދަށުން ހިންގަމުންދާ ސިވިލް ރައިޓްސް އޮފީހުގެ ވެރިޔަކަށް އައްޔަންކުރެއްވި އޭޖީ އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސިލް ފައެނާ ފައްޔާޒު
އެޓާނީ ޖެނަރަލް އޮފީހުގެ ދަށުން ހިންގަމުންދާ ސިވިލް ރައިޓްސް އޮފީހުގެ ވެރިޔަކަށް އައްޔަންކުރެއްވި އޭޖީ އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސިލް ފައެނާ ފައްޔާޒު
ސޯޝަލް މީޑިއާ
ފައެނާ ފައްޔާޒް
ސިވިލް ރައިޓްސް އޮފީހުގެ ވެރިޔާ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކުރެވުނު ފައެނާ ފައްޔާޒަކީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އުފެއްދި ސިވިލް ރައިޓްސް އޮފީހުގެ ވެރިޔާ
އެޕާޓްމަންޓުން 33 ގްރާމްގެ މަސްތުވާތަކެތި ފެނުނު
މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ ފަރާތުގެ ތަފްސީލީ މައުލޫމާތު ފުލުހުން އާންމުކޮށްފައެއް ނުވެ

ދިރިއުޅޭ އެޕާޓްމަންޓުން މަސްތުވާތަކެތި ފެނިގެން ސިވިލް ރައިޓްސް އޮފީހުގެ ވެރިޔާ އަދި އެޓާނީ ޖެނެރަލް އޮފީހުގެ ސީނިއަރ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒާއި އޭނާގެ ފިރިމީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން ރޭ އިރާކޮޅު ހުޅުމާލޭގައި ހުންނަ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު، އެތަނުން މަސްތުވާތަކެތި ވަނީ ފެނިފަ އެވެ.

މި މައްސަލައިގައި ހައްޔަރު ކުރެވުނު ފައެނާ ފައްޔާޒަކީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އުފެއްދި ސިވިލް ރައިޓްސް އޮފީހުގެ ވެރިޔާގެ މަގާމަށް 26 ނޮވެމްބަރު 2023 ގައި އައްޔަންކުރެވުނު ފަރާތެވެ. އޭނާއަކީ 12 އަހަރުގެ ތަޖުރިބާ ލިބިފައިވާ ގާނޫނީ ވަކީލެއް ކަމާއި، ބަންޑާރަ ނައިބު އޮފީހުގެ ހިއުމަން ރައިޓްސް އެންޑް އިންޓަނޭޝަނަލް އެފެއާޒް ޑިވިޝަން ބަލަހައްޓަވާ ފަރާތްވެސް މެއެވެ.

އިތުބާރު ހުރި ފަރާތަކުން މައުލޫމަތު ދިން ގޮތުގައި ދިރިއުޅޭ ގެ ބަލައި ފާސްކުރުމުގެ ތެރެއިން 33 ގްރާމްގެ މަސްތުވާތަކެތީގެ ބާވަތެއް ވަނީ ފެނިފަ އެވެ. އަދި އެތަނުގެ ތެރެއިން ފައިސާވެސް ފެނިފައިވާ ކަަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ފުލުހުން މިފަދަ މައްސަލަތަކުގައި ހައްޔަރުކުރެވޭ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް ހާމަކުރާއިރު، މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ ފަރާތުގެ ތަފްސީލީ މައުލޫމާތު މިވަގުތާ ހަމައަށް އާންމުކޮށްފައެއް ނުވެއެވެ. މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށް ކަމަށް ފުލުހުން ބުނެއެވެ.

- ކޮމެންޓް