Advertisement
ކ. މާލެ
|
19 ސެޕްޓެންބަރ 2025 | ހުކުރު 10:39
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުން ހޯދަމުން ދިޔަ ޝަހީބު އިބްރާހިމް
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުން ހޯދަމުން ދިޔަ ޝަހީބު އިބްރާހިމް
ޕޮލިސް
އިބްރާހިމް ޝަހީބު
130 ކިލޯގެ ޑްރަގުގެ މައްސަލައިގައި ހިމެނޭ ޝަހީބު އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ހައްޔަރުކޮށްފި
ޝަހީބުގެ މައްޗަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލައިގައި ދަޢުވާ އުފުލައިފައިވޭ
މީގެ ކުރިން ކޯޓުން ވަނީ ޝަހީބު ބަންދުން ދޫކޮށްލުމަށް ނިންމާފަ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހޯދަމުންދިޔަ 130 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައެއްގައި 2020 ވަނަ އަހަރު ހައްޔަރުކުރުމުން، ކްރިމިނަލް ކޯޓުން ދޫކޮށްލި ޕީއެންސީގެ އެކްޓިވިސްޓް ޝަހީބު އިބްރާހިމް އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ހައްޔަރުކޮށްފިއެވެ.

ޝަހީބު ހޯދަން އެދި ދެފަހަރެއްގެ މަތިން ފުލުހުން އިއުލާނުކުރިއެވެ. ފުލުހުން ބުނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދިޔަ ކަމަށެވެ.

‎މި އަމުރާ ގުޅިގެން ހޯދަމުންދިޔައީ ގއ. ވިލިނގިލި / ލައިޓްހައުސް، ޝަހީބް އިބްރާހީމް (47އ) އެވެ.

‎ޝަހީބް އިބްރާހިމް ހޯދަމުންދިޔައީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2025 ސެޕްޓެންބަރު 23 ވަނަ ދުވަހުގެ 18:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ނަމަވެސް ބުރާސްފަތި ދުވަހުުގެ ރޭ ފުލުހުން ބުނީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހޯދަމުންދިޔަ ޝަހީބު ބުރާސްފަތި ދުވަހުގެރޭގެ އަމިއްލައަށް ފުލުހުންގެ މައި މަރުކަަޒަށް ހާޒިރުވުމުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޝަހީބު ހޯދަން ފުލުހުން އިއުލާނު ކުރި އިރު އޭނާގެ މައްޗަށް ނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް އުޅުނުކަމަށް ބުނެ ދައުލަތުން ދައުވާ އުފުލައި ޝަރީއަތް ކުރިއަށް އެބަދެއެވެ. މި މައްސަލައިގައި މިހާރު އޮތީ ހެކިބަސް ނެގުމުގެ މަރުޙަލާގައެވެ. އެގޮތުން ދައުލަތުގެ 5 ހެއްކެއްގެ ހެކިބަސް ނެގުން އަދިވެސް ކުރިއަށް އެބައޮތެވެ.

ބަންދު މުރާޖައާ ކުރުމަށް ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ ބާކީ ތިބި 5 ހެކިންނަކީ ޝަހީބުގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅޭ ކަމެއް ސާބިތު ކުރުމަށް ހުށައަޅާފައިވާ ހެކިތަކެއް ނޫންކަމަށް ވުމާއެކު، އޭނާ ބަންދުން ދޫކޮށްލުވުމަށް ނިންމާފައެވެ. ގާޒީ ވަނީ އޭނާގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ފެނިވަޑައިނުގަންނަވާކަމަށް ނިންމަވާފައެވެ.

ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާއި ގުޅިގެން ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުން ކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކޮށްފައިވާއިރު، އެދޯނިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އަދި މި އޮޕަރޭޝަނުގައި ހުޅުމާލެއާއި މާލޭގެ ގެތަކެއްވެސް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން ފުލުހުން ބުނެފައިވާ ގޮތުގައި، މިތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށް ތިބީ ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި ހއ. ހޯރަފުށި، ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) އެވެ.

ޝަހީބް އިބްރާހީމާއި އަހްމަދު މޫސާގެ އިތުރުން 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ދައުވާކޮށްފައިވަނީ، ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރާއި ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިންގެ އިތުރުން، ބަންގްލަދޭޝް ދެ މީހެއް ކަމަށްވާ މުހައްމަދު ރިޔާޒާއި އިގްބާލްގެ މައްޗަށެވެ.

އެއީ މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ރާއްޖެ އެތެެރެކުރުމުގެ ކުށުގެ ދައުވާއަކާއި ޖަދުވަލް 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއަކާއި އަދި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއެވެ.

- ކޮމެންޓް