ކ. މާލެ
|
3 ސެޕްޓެންބަރ 2017 | އާދީއްތަ 23:27
އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ - ޕޮރޮޖެކްޓް ހަވާލުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް
އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ - ޕޮރޮޖެކްޓް ހަވާލުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް
އަޝްވާ ފަހީމް
ކޮރަޕްޝަން
އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތުގެ ކޮރަޕްޝަން
އެ އިމާރާތުގެ މަސައްކަތް 53 މިލިއަން ޑޮލަރަށް ކޮށް ނިންމުމަށް އިތުރު ކުންފުންޏަކުން ޕްރޮޕޯޒަލް ހުށަޙަޅާފައިވޭ
އެ ކުންފުނިން ލަފާކޮށްފައިވާގޮތުގައި އިމާރާތުގެ ޑިޒައިނިންއަށް ޚަރަދުވާނީ އެންމެ 1.2 މިލިއަން ޑޮލަރު
ރައީސް އޮފީހުންނާއި، އިވެލިއޭޓްކުރި ކޮމެޓީން އައިޖީއެމްއެޗަށް ސިޓީ ފޮނުވާފައިވަނީ އެއްބަސްވުމުގައި ސޮއިކުރި ފަހުން

އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) އަށް ސިންގަޕޫރު ޝެންހުއާ ކުންފުންޏާއި ހަވާލު ކުރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެގެންދިޔަ އެވެ. ކަމުގެ ތަޖުރިބާކާރުންގެ ވެސް ބޮޑު ފާޑުކިޔުމެއް އަމާޒުވެގެންދިޔައީ ދެ ގުނަ ބޮޑު އަގެއްގައި މަސައްކަތް ބަޔަކާއި ހަވާލުކުރުމުގެ ސަބަބުންނެވެ.

 

އިމާރަތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރުން ބުނާ ގޮތުގައި އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ސަރުކާރުން ހަވާލުކުރި އަގަށް ވުރެ ކުޑައަގެއްގައި ކޮށް ނިންމާލެވޭނެ އެވެ. އަދި ސަރުކާރުން އެ ކުރާ ޚަރަދުގެ ދެބައިކުޅައެއްބަޔަށްވުރެ ބޮޑު އިންސައްތައެއް ސަލާމަތްކުރެވޭނެ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

 

ބޮޑު އަގެއްގައި މަސައްކަތް، ސިންގަޕޫރު ޝެންހުއާ ކުންފުންޏާއި ހަވާލުކުރުމާއެކު އެކަމުގައި ކޮރަޕްޝަންގެ ބޮޑެތި ކަންތައްތަކެއް ހިނގާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންގެންދިޔަ އެވެ. ޕްރޮޖެކްޓުގެ ކަޓުގެ ގޮތުގައި ސަރުކާރުގެ ބައެއް އިސް ބޭފުޅުން 10 މިލިއަން ޑޮލަރުން ފައިސާތައް ނަންގަވާފައިވާކަމަށް ތުހުމަތުކުރަމުންގެންދިޔަ އެވެ.

 

ސިންގަޕޫރު ޝެންހުއާ ކުންފުންޏާއި މަސައްކަތް ހަވާލުކުރީ ކޮންގޮތަކަށް ބަލާފައިކަމެއް ސަރުކާރުން މިހާތަނަށްވެސް ހާމަކޮށްފައެއް ނުވެ އެވެ. އަދި އެ ކުންފުންޏާއެކު ޕްރޮޕޯޒަލް ހުށަހެޅި ފަރާތްތަކުން ހުށަހެޅި އަގުތަށްވެސް ހިއްސާކޮށްފައެއް ނުވެއެވެ. އެ ހުރިހާ ކަމެއް ސަރުކާރުން ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުންނެވެ. ނަމަވެސް މިހާތަނަށް ހާމަވެފައިވާ ބައެއް މައުލޫމާތުތަކަށް ބަލާއިރު، މަސައްކަތް ސިންގަޕޫރު ޝެންހުއާ ކުންފުންޏާއި ހަވާލުކުރުމުގައި ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަވާފައިވެއެވެ.

 

އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ - ޕރޮޖެކްޓް ހަވާލުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް -- ފޮޓޯ: ރާއްޖެ.އެމްވީ

 

އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް 140 މިލިއަން ޑޮލަރަށް ނުވަތަ 2.1 ބިލިއަން ރުފިޔާއަށް ސިންގަޕޫރު ޝެންހުއާ ކުންފުންޏާއި ހަވާލުކުރިއިރު، އެ އިމާރާތުގެ މަސައްކަތް 53 މިލިއަން ޑޮލަރަށް ކޮށް ނިންމުމަށް އިތުރު ކުންފުންޏަކުން ޕްރޮޕޯޒަލް ހުށަހަޅާފައިވެއެވެ. ސިންގަޕޫރު ޝެންހުއާ ކުންފުނިން އިމާރާތުގެ ކުރެހުމާއި ޑިޒައިނިންއަށް 27 މިލއަން ޑޮލަރު ހަރަދުވާނެ ކަމަށް ބުނެފައިވީ ނަމަވެސް މި ދެންނެވި ކުންފުނިން ލަފާކޮށްފައިވާގޮތުގައި އިމާރާތުގެ ޑިޒައިނިންއަށް ޚަރަދު ވާނީ އެންމެ 1.2 މިލިއަން ޑޮލަރު އެވެ. އުފެދޭ ސުވާލަކީ، 53 މިލިއަން ޑޮލަރަށް މަސައްކަތް ނިންމާނެކަމަށް ބުނެ ކުންފުންޏަކުން ޕްރޮޕޯޒަލް ހުށަހަޅާފައިވަނިކޮށް، އެ މަސައްކަތް 140 މިލިއަން ޑޮލަރަށް ސިންގަޕޫރު ޝެންހުއާ ކުންފުންޏާއި ހަވާލުކުރީ ކީއްވެތޯ އެވެ.

 

އެކަން އެއްފަރާތުގައި ބޭއްވުމަށް ފަހު، މަސައްކަތް ކުންފުންޏާއި ހަވާލުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފައިވަނީ އާދަޔާ ހިލާފު ގޮތަކަށެވެ. އެގޮތުން ރައީސް އޮފީހުންނާއި، މިފަދަ ބޮޑެތި ޕްރޮޖެކްޓްތައް އިވެލުއޭޓްކުރުމަށް އޮންނަ ކޮމެޓީން މަސައްކަތް ސިންގަޕޫރު ޝެންހުއާ ކުންފުންޏާއި ހަވާލު ކުރުމަށް ނިންމާފައިވަނީ މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ވެސް ސޮއި ކުރިފަހުންނެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގޭގޮތުގައި މަސައްކަތް ސިންގަޕޫރު ޝެންހުއާ ކުންފުންޏާއި ހަވާލުކޮށް، އައިޖީއެމްއެޗުން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ. އޭގެ ދެ ދުވަސްފަހުން ޕްރޮޖެކްޓް ސިންގަޕޫރު ޝެންހުއާ ކުންފުންޏާއި ހަވާލު ކުރުމަށް އަންގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އައިޖީއެމްއެޗަށް ސިޓީއެއް ފޮނުވައިފައިވެއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިޓީ ފޮނުވިތާ ދުވަސްތަކެއް ފަހުން، ފެބުރުއަރީ މަހުގެ 11 ވަނަ ދުވަހުގައި ޕްރޮޖެކްޓް އިވެލުވޭޓްކުރާ ކޮމެޓީގެ ބައްދަލުވުމެއް ބާއްވާ ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހު ސިންގަޕޫރު ޝެންހުއާ ކުންފުންޏާއި މަސައްކަތް ހަވާލުކުރުމަށް ކޮމެޓީން ނިންމާފައިވާކަން އައިޖީއެމްއަޗަށް އަންގާފައިވެއެވެ. ކޮމެޓީން ނިންމުން ނިންމިއިރު ވެސް، އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފިހުން ޕްރޮޖެކްޓް ސިންގަޕޫރު ޝެންހުއާ ކުންފުންޏާއި ހަވާލުކުރުމަށް އަންގާ ސިޓީ ފޮނުވިއިރު ވެސް މަސއްކަތް އައިޖީއެމްއެޗުން އޮތީ ސިންގަޕޫރު ޝެންހުއާ ކުންފުންޏާއި ހަވާލުކޮށްފަ އެވެ.

 

އެ ހިސާބުންވެސް ސުވާލުތައް އިތުރުވެގެންދެ އެވެ. ސަރުކާރުން ނިންމަންޖެހޭ ނިންމުންތަކާއި، ފޮނުވަންޖެހޭ ލިޔެކިޔުންތައް ވެސް ފުރިހަމަ ނުކޮށް، އަވަސް އަރުވާލާފައި މަސައްކަތް ސިންގަޕޫރު ޝެންހުއާ ކުންފުންޏާއި ހަވާލުކުރީ ކީއްވެތޯ އެވެ. ކޮރަޕްޝަންގެ ބޮޑެތި ކަންތައްތަކެއް ނުވާނަމަ އެހާ އަވަސް އަރުވާލަންޖެހޭތޯ އެވެ.

 

އައިޖީއެމްއެޗް ކުރިމަތީގައި އޮންނަ ހުސްބިމުގައި 25 ބުރީގެ އިމާރާތް އެޅުމަށް ސިންގަޕޫރުގެ ޝެންހުއާ ކުންފުންޏާ ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން -- ވީފައިލް ފޮޓޯ

 

މިކަމުގެ ތެރެޔަށް އިތުރަށް ވެސް ބަލައިފިނަމަ އިތުރު ކަންތައްތައް ހާމަވާނެ އެވެ. ސަބަބަކީ ޕްރޮޖެކްޓް ކުންފުންޏާއި ހަވާލުކުރުމުގެ ކަންތައްތައް ކުރިއަށްގެންގޮސްފައިވަނީ އާދައިގެ ގޮތަކަށްކަން ނުވާތީ އެވެ. އެހެންކަމުން އިތުރަށް ބަލައިފިނިމަ ކަޓުގެ ގޮތުގައި ފައިސާ ލިބުނު ފަރާތްތަކާއި، އެހެނިހެން މަންފާތައް ވެސް ލިބުން ފަރާތްތައް ހާމަވާނެކަމަށް ގަބޫލުކުރަންޖެހެ އެވެ. ނަމަވެސް ހިތާމައަކީ މިފަދަކަންކަން ބަލާއި، ކަންކަން އިސްލާހު ކުރާނެ ދައުލަތުގެ އިދާރާއެއް ނެތްކަމެވެ. މިނިވަންކަމާއެކު މައްސަލަތައް ބަލާނެ މުއައްސަސާއެއް ނެތްކަމެވެ. މިފަދަ ޕްރޮޖެކްޓްތަކުގެ ސަބަބުން ދައުލަތަށާއި، ރައްޔިތުންނަށް ލިބުނު ގެއްލުންތައް ބަލާނެ ފަރާތެއް ނެތި ޒިންމާދާރުކުރާނެ ފަރާތެއް ނެތުމެވެ.

 

ޔަޤީނުންވެސް އެނގެނީ މިފަދަ ކަންކަން ބަލައި ތަހުޤީޤެއް ހިންގާ ދުވަހަކުން ދައުލަތުގެ އިސްވެރިންގެ ހުތުރު އަމަލުތައް ފަޅާއަރާނެކަމެވެ. އަދި ދުރު ނޫން ތާރީހެއްގައި އެ ދުވަސް ފެނުމަކީވެސް ހަމަ އެކަށީގެންވާ ކަމެއް ކަމެވެ.

 

އައިޖީއެމްއެޗުގައި 25 ބުރީގެ އިމާރާތް އެޅެންވެސް ވާނެ، ބްރިޖްވެސް އެޅެންވާނެ އަދި އެހެން ކަންތައްވެސް ކުރެވެންވާނެ އެވެ. ނަމަވެސް ދައުލަތުގެ ވެރިންގެ ޖީބަށް މިލިއަނުން މިލިއަނުން ޑޮލަރު އަޅާ ކަމުގެ ތުހުމަތު ނެތް ގޮތަށް އެކަން ކުރަން ދަސްކުރަންޖެހެ އެވެ.

 

 

- ކޮމެންޓް
5 ސެޕްޓެންބަރ 2017 | އަންގާރަ 10:24
އައްޔު
ޓްރީޓޮޕް 5 ބުރި އިމާރާތަށް 90 މިލިއަން ޑޮލަރު އަރާއިރު 25 ބުރިއަށް 140 މިލިއަން ޑޮލަރު ވީމަ ރަނގަޅެއްނުން
4 ސެޕްޓެންބަރ 2017 | ހޯމަ 11:19
މެންބަރު
އަސްލު ޕްރޮޖެކްޓުގެ އަގަކީ 40 މިލިޔަން ޑޮލަރު. ދެން އަނެއް 100 މިލިޔަން ޑޮލަރަކީ ކޮން ފައިސާއެއްކަން ނުބުންޏަސް އެނގެއެންނު ދޯ؟ ދެން އަތްޖަހާ. 2018 ޔަޤީން 100 މިލިޔަން ޑޮލަރަށް
4 ސެޕްޓެންބަރ 2017 | ހޯމަ 11:15
ޝަރިފް
ތިޔަ 25 ބުރީގެ އިމާރާތުން އެކަންޏެއް ނޫން އިންތިހާ ދަރަޖައިގެ ކަޓް ނަގަނީ. އެއަރޕޯޓް އަޕްގްރޭޑް ކުރާ މަޝްރޫޢުގެ ތެރެއިން 300 ވަރަކަށް މިލިއަން ޑޮލަރ އެބަ ނަގާ ވަގަށް. މިހާރު އެބަކިޔާ 1200 މިލިއަން ޑޮލަރު އަރޭނޭ ނިމޭ އިރު . އެމް އޭސީއެލް ން ޚަރަދު ކޮށްގެން މިހާރު ކުރެވިފައިވާ މަސައްކަތާއި ލޯނު ތަކުގެ އިކުއިޓީ އަށް އެމްއޭސީއެލް ން ދައްކާ 15 ޕަސެންޓާއި އެކު އެމީހުން އަތުން ވެސް އެބަދޭ 180 ވަރަކަށް މިލިއަން ޑޮލަރ. ބޭރުން ނަގަން މިހާރު ހަމަ ޖެހިފައި ހުރި ލޯނުގެ އަދަދު 800 މިލިއަން ޑޮލަރަށް އަރާ . އެމް އޭސީ އެލް ން ނާއި އެހެނިހެން ގޮތް ގޮތުން އަދިވެސް ފައިސާ ޚަރަދު ކުރަން ޖެހޭ ކަމަށް ވަނީ. 1 ބިލިއަން ޑޮލަރ ނުވަތަ 1.2 ބިލިއަން ޑޮލަރ އަރާނެ މަސައްކަތެއް ނޫން އެމީހުން ކުރަން އެކިޔާ ކަން ކަމަކީ. ކޮންމެ ގޮތަކަށް ވިޔަސް އަލުން ސްކްޗުން ފެށިގެން އަޅާ ހަދާ އެއަރޕޯޓެއް ނޫން. ދުނިޔޭގެ އެންމެ ބޮޑޮތި ބިޒީ އައަރޕޯޓް ހިންގާ ތަން ތަނުގައިވެސް މޭޖަރ އަޕްގްރޭޑަކަށް ބިލިއަން ޑޮލެއް ނާރާ. ބަލާބަލަ ރަންވޭ އެކަނި އަޅަން 373 މިލިއަން ޑޮލަރ ދާނެ ކަމަށް ހަދައިގެން އުޅެނީ. އެއީވެސް ބޮޑުވެގެން 180 ވަރަކަށް މިލިއަން ޑޮލަރުން ނިމޭނޭ. ހިއްކުމާއި އެކުވެސް. ދެން ބުނެފާނެ ބޮޑުވީ ހިއްކައިގެން ހެދީމާއޭ. ބުނާ އިރު ހިއްކުމަށް ދާ އަގު އެންމެންނަށް ވެސް އެބަ އެނގޭ. މިހާރު ހިއްކާ ރޭޓަށް ބަލާ އިރު އެއަރޕޯޓް ހެދުމަށް ހިއްކިތަނަށް ދާނީ ދިހަވަރަކަށް މިލިއން ޑޮލަރ. އައްޑޫ ގަމުގައިވެސް އެއޮތީ ހިއްކައިގެން 900 މީޓަރ ދިގުމިނުގެ ރަންވޭ ހިއްކައިގެން އަލުން އާޅާފައި. އަދި ކުރީގެ ރަންވޭ ގައި ވެސް ޓޮޕް ލޭޔަރ އަޅާފައި 4 އިންޗި ބޯ މިނުގެ . ސީޕްލޭން ބޭސް އާއި އެކު މުޅި ޖުމްލަ އިންވެސްޓް ކޮށްފައި ވަނީ 31 މިލިއަން ޑޮލަރެވެ. ވީ އިރު 3 ކިލޯ މީޓަރ ގެ ރަންވޭ އެއް 100 މިލިއަނާއި 150 މިލިއަނާއި ދެމެދުގެ އަދަކަށް އިންވެސްޓް ކޮށްގެން ނެހެދެންވީ ކީއްވެ ހެއްޔެވެ. އައްޑޫގައި ކުރަން މާ ބޮޑު ޚަރަދު ދާނެ ކަން ވެސް ޔަގީން. އައްޑޫގައި ކަން ކަން ކުރުމަށް ލޮޖިސްޓިކަށް ދާ ޚަރަދަށް ވުރެން ކުޑަ ޚަރަދަކުން މާލޭގައި ކުރެވޭނެ.