ކ. މާލެ
|
3 ސެޕްޓެންބަރ 2017 | އާދީއްތަ 17:48
ފީފާ 18ގެ ކަވާ ފޮޓޯ
ފީފާ 18ގެ ކަވާ ފޮޓޯ
ގޫގުލް
ފީފާ 18
ފީފާ 18: ވީޑިއޯ ގޭމުގެ ދުނިޔެ ފަތަހަކުރަން ތައްޔާރު
މި ގޭމް ރިލީސް ކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު

ފުޓުބޯޅައަށް ޝައުގުވެރިކަން ހުންނަ ކޮންމެ މީހަކުވެސް މިހާރު އެންމެ ބޮޑަށް އިންތިޒާރު ކުރަމުން ދަނީ މި މަހުގެ ފަހުކޮޅު ބާޒަރަށް ނެރެވޭ "ފީފާ 18" ވީޑިއޯ ގޭމަށެވެ.

މިއަހަރު ބާޒާރަށް ނެރޭ ފީފާ ފްރެންޗައިސްގެ ގޭމް ވެގެންދާނީ މީހާތަނަށް މި ފްރެންޗައިސްގައި ނެރެވޭ 24 ވަނަ ގޭމަށެވެ. ޒަމާން ބަދަލުވެ ޓެކްނޮލޮޖީގެ ވަސީލަތްތައް ކުރިއެރި ވަރަކަށް މި ފްރެންޗައިސްއިން ވެސް އަންނަނީ ނެރޭ ގޭމްތަކުގެ ފެންވަރު ރަނގަޅު ކުރަމުންނެވެ.

މިއަހަރުގެ ގޭމުގައި އެންމެ ފާހަގަކުރެވެނީ ގޭމުގެ ބޭރު ކަވާ ތަރިއަކަށް ރެއާލް މެޑްރިޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހަމަޖެހިގެން ދިޔުމެވެ. މިއީ މި ގޭމުގެ ކަވާއިން ރޮނާލްޑޯ ފެންނާނެ ފުރަތަމަ ފަހަރެވެ.

އީއޭ ސްޕޯޓްސްއިން އުފައްދާ މިއަހަރުގެ ގޭމްގައި އެންމެ ފާހަގަކުރެވޭ ކަންކަމުގެ ތެރޭގައި "ރިއަލް ޕްލޭޔާ މޯޝަން ޓެކްނޮލޮޖީ" ހިމެނެއެވެ. މި ފީޗާގެ ސަބަބުން ދަނޑު މަތީގައި ކުޅުންތެރިންގެ ފަރާތުން ފެންނަ ސިފަތަކާ ހުނަރުތައް ވަރަށް ފުރިހަމައަށް ގޭމުގައި ހިމެނިގެންދާނެއެވެ. ހަމައެހެންމެ ގޭމްޕްލޭ ފުރިހަމަ ކުރުމުގެ ގޮތުން ހުރަސް ނަގައިދިނުމާ ލަނޑު ޖެހުމަށް މުޅިން އާ ކޮންޓްރޯލްތަކެއް އިތުރުކުރެވިފައިވެއެވެ.

މި ގޭމުގެ ކެރިއާ މޯޑު އަސްލާ އެއްގޮތް ކުރުމަށް އެތަކެއް ފީޗާތަކެއް އިތުރުކުރެވިފައިވެއެވެ. ހަމައެހެންމެ މުޅިން އާ 15 ސްކިލް ޑްރިލްތަކެއް ފީފާ 18ގައި ހިމެނެއެވެ. ފީފާ 18 ގައި މުޅިން އާ ސްޓޭޑިއަމްތަކާ ލީގުތައް ހިމެނިފައިވާ އިރު މިދިޔަ އަހަރެކޭ އެއްގޮތަށް "ޖާނީ މޯޑް" އަދި "ވިމެންސް" ފުޓުބޯޅަ ހިމެނިފައިވެއެވެ.

ފީފާ 18 ގެ ޑެމޯ ވާޝަން މި މަހުގެ މެދުތެރޭގައި ނެރުމަށް ހަމަޖެހިފައިވާ އިރު މި ގޭމް ރިލީސް ކުރުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. ފީފާ 18ގެ އައިކަން އެޑިޝަން ވިއްކަން ހަމަޖެހިފައި ވަނީ 90 ޕައުންޑަށެވެ. އަދި ރޮނާލްޑޯ އެޑިޝަން ވިއްކާނީ 80 ޕައުންޑަށެވެ.

ފީފާ 18 ރިލީސް ކުރަން ހަމަޖެހިފައި ވަނީ ޕީއެސް ފޮ، ޕީއެސް ތްރީ، އެކްސްބޮކްސް 360، ނިންޓެންޑޯ ސްވިޗްގެ އިތުރުން ޕީސީއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް