ގަވައިދާ ހިލާފަށް ސިނގިރެޓުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ސެޕްޓެމްބަރު 12 ވަނަ ދުވަހުގެ ވަގުތެއްގައި، ހުޅުމާލެ ފޭސް 1، ކަންނެލި ޖެޓީ ކައިރީ އިން މީހަކަށް ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ފެނުމުން, އަމަލުތައް ހުރި ގޮތުން ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެމީހާ އާއި އެމީހާ ގެންގުޅުނު ތަކެތި ބަލައި ފާސްކުރި އިރުގައި ގިނަ އަދަދެއްގެ ސިނގިރެޓް ފޮއްޓާއި، ދުންފަތާއި، ސިނގިރެޓް ފިލްޓަރާއި ރިޒްލާ ކަރުދާސް ފެނިފައިވާ ކަމަށެވެ. އަދި އެކު ޖުމްލަ 53،000 އަށްވުރެ ގިނަ ރުފިޔާ އާއި ސިނގިރެޓް އަނބުރަން ބޭނުންކުރާ ފޮއްޓެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ގަވައިދާ ހިލާފަށް ސިނގިރެޓުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އެމީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ. އަދ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބަންގުލަދޭޝް އަށް ނިސްބަތްވާ 32 އަހަރުގެ އެމްޑީ ސައްދާމް ހޮސައިން އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.