ޝަރީއަތެއް ހިންގަމުންދާ މައްސަލައެއްގައި ހެކީންނަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރެވޭތީ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ މިއޮޕަރޭޝަންއާ ގުޅޭގޮތުން ފުލުހުން ބުނީ، ޝަަރީއަތް ހިންގަމުންދާ މައްސަލައެއްގެ ހެކީންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން 34 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ ދިރިއުޅޭތަން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް ޑިޖިޓަލް ޑިވައިސްތައް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެ އިތުރުން މި މައްސަލާގައި ތުހުމަތުގައި އިތުރު ދެ މީހެއްގެ ޑިޖިޓަލް ޑިވައިސްތައް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.