Advertisement
ކ. މާލެ
|
7 ސެޕްޓެންބަރ 2025 | އާދީއްތަ 11:35
ރަޝިޔާގެ ޑްރޯން ހަމަލާގައި ގެއްލުން ލިބުނު އިމާރާތެއްގައި ކުއްލި ހާލަތުގައި މަސައްކަތްކުރާ މީހުން އަލިފާން ނިއްވަން މަސައްކަތް ކުރަނީ
ރަޝިޔާގެ ޑްރޯން ހަމަލާގައި ގެއްލުން ލިބުނު އިމާރާތެއްގައި ކުއްލި ހާލަތުގައި މަސައްކަތްކުރާ މީހުން އަލިފާން ނިއްވަން މަސައްކަތް ކުރަނީ
ރޮއިޓަރސް
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ
ރަޝިޔާ އިން ދިން ހަމަލާގައި ޔުކްރެއިން ސަރުކާރުގެ އިމާރާތެއްގައި އަލިފާން ރޯވެއްޖެ
ކީވްގެ މޭޔަރު ވިޓަލީ ކްލިޗްކޯ ވިދާޅުވީ، ޑްރޯމް ހަމަލާތަކަށް ފަހު، މިސައިލް ހަމަލާތަކެއް ވެސް ދީފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އެ ސިޓީގެ މެދު ތެރޭގައި ހުރި ސަރުކާރުގެ އިމާރާތެއްގައި އަލިފާން ރޯވެފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގައި، ޔުކްރެއިން އަށް އަމާޒުކޮށް ރަޝިޔާ އިން ދިން ހަމަލާއެއްގައި ޔުކްރެއިން ސަރުކާރުގެ އިމާރާތެއްގައި އަލިފާން ރޯވެއްޖެ އެވެ.

ޔުކްރެއިންގެ ވެރި ރަށް ކީވް އަށް އަމާޒުކޮށް ރަޝިޔާ އިން ދިން މި ހަމަލާގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި އެއް ކުޑަ ކުއްޖަކު ވެސް ހިމެނެ އެވެ. މީގެ އިތުރުން އެ ހަމަލާގައި 18 މީހަކަށް އެކި ވަރުގެ ޒަޚަމުތައް ލިބިފައިވާ ކަމަށް ވަނީ ހާމަކޮށްފަ އެވެ. އެ ހަމަލާގައި ޔުކްރެއިންގެ ސަރުކާރުގެ އިމާރާތެއް ހިމެނޭ ގޮތަށް، ގިނަ އިމާރާތްތަކެއްގައި ވަނީ އަލިފާން ރޯވެފަ އެވެ.

އެކަމާ ގުޅިގެން ކީވްގެ މޭޔަރު ވިޓަލީ ކްލިޗްކޯ ވިދާޅުވީ، ޑްރޯމް ހަމަލާތަކަށް ފަހު، މިސައިލް ހަމަލާތަކެއް ވެސް ދީފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އެ ސިޓީގެ މެދު ތެރޭގައި ހުރި ސަރުކާރުގެ އިމާރާތެއްގައި އަލިފާން ރޯވެފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ. ރޮއިޓާސްގެ ނޫސްވެރިން ބުނެފައިވާ ގޮތުގައި، ޕެޗާސްކީ ސަރަހައްދުގައި ހުރި އިމާރާތުން ބޯ ދުން ތަކެއް އަރަމުން ދިޔަ މަންޒަރު ވަނީ ފެނިފަ އެވެ.

ޔުކްރެއިންގެ މިލިޓަރީ އެޑްމިނިސްޓްރޭޝަންގެ އިސްވެރިޔާ، ޓިމުރް ޓްކަޗެންކޯ ވިދާޅުވެފައިވާ ގޮތުގައި، ރަޝިޔާ އިން ހަމަލާތައް އަމާޒު ކުރަމުން ދަނީ މަދަނީ ތަންތަނަށެވެ. އެއީ ރަޝިޔާ އިން ގަސްތުގައި ކުރަމުން އަންނަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ހަމަލާތަކާ ގުޅިގެން ރަޝިޔާ އިން މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނުވެ އެވެ. ރަޝިޔާ އިން 2022 ވަނަ އަހަރު ފެށި މި ހަނގުރާމައިގައި ޔުކްރެއިން އަށް ގިނަ ހަމަލާތަކެއް ދެމުން އަންނައިރު، ޔުކްރެއިން އިން ވެސް އަންނަނީ ބަދަލުގައި ހަމަލާތައް ދެމުންނެވެ.

މަސްދަރު: ރޮއިޓާސް
- ކޮމެންޓް